Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޕާކިންގެ މައްސަލައަށް ހައްލު ހޯދައިދޭނެކަމަށް ބުނެ ޔާމީންގެ ސަރުކާރުން ކުރީ މިލިއަނުން އިސްރާފު!

މާލޭގައި 70000ށް ވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 17:03
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުންނެވި ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުންނެވި ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު

ޒަމާނުއްސުރެ ދައްކަމުން އަންނަ ވާހަކައަކީ މާލޭގެ ޓްރެފިކް ބޮޑު ވާހަކައެވެ. ޕާކު ކުރާނެ އެކަށީގެންވާ ޖާގަ ނެތް ވާހަކައެވެ. މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައާ ޕާކިންގެ މައްސަލައަށް އެދެވިގެންވާ ހައްލެއް އެއްވެސް ސަރުކާރަކަށް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުން ވެސް އަންނަނީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ގެނައުމުގެ ނަމުގައި ތަފާތު މަޝްރޫއުތައް ހިންގައި ރައްޔިތުންނަށް ހުވަފެންތަކެއް ދައްކަމުންނެވެ. ކުރީގެ ރައީސް އަބްދު ﷲ ޔާމީނުގެ ވެރިކަމުގައި، ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ޕާކިންއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަމާއެކު ބޮޑު އިސްރާފެއް ކޮށްފައިވުމަކީ ޕާކިންއަށް ދިމާވެފައިވާ މައްސަލައަށްވުރެ ބޮޑު މައްސަލައެކެވެ. ހިތާމަ ހުރި ކަމެކެވެ.

މާލޭގައި 70000ށް ވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު ޕާކުކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ނުވަތަ އޮޓޮމޭޓެޑް ޕާކިން ސިސްޓަމްތަކެއް ހަރުކުރަން ފެށިއެވެ. މިމަޝްރޫއުގެ މަސައްކަތް ފެށުމާއެކު މާލެއަށް މިއީ އެންމެ އެކަށީގެންވާ ސިސްޓަމެއްތޯ އޭރުވެސް ބައެއް މީހުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް މިހުރިހާ ކަމަކަށް ރައްދުދެއްވައި އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ޒަމާނަށް އަންނަ ބަދަލާއެކު މުޅި ގައުމަށް ގެންނަނީ ޒަމާނީ ތަރައްގީކަމަށެވެ. މި ސިސްޓަމްތަކުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 21 މާޗް 2016 ގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު އެބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ހަވާލުކުރިއެވެ. މިމަޝްރޫއުގެ ދަށުން މާލޭގައި ކާރު ޕާކް ކުރަން 10 ސިސްޓަމް އަދި ސައިކަލް ޕާކް ކުރަން ވެސް 10 ސިސްޓަމް ބަހައްޓަން ނިންމާފައިވެއެވެ. ނަމަވެސް މާލޭގައި ބެހެއްޓީ 4 ޕާކިން ސިސްޓަމްއެވެ. ބާކީ ސިސްޓަމްތަކަށް ވީގޮތެއް ނޭނގެއެވެ. އޭގެ ތެރެއިން ވެލާނާގެ ކައިރީގައި ކާރު ޕާކުކުރުމަށް ބެހެއްޓި ސިސްޓަމް 5 ޖެނުއަރީ 2017 ޓެސްޓު ކުރުމަށް ފަހު، ދެން އެސިސްޓަމް ބޭނުންނުކޮށް ބެހެއްޓުމުގެ ސަބަބުން ދަބަރަށްވެ ހަލާކުވެގެން ދިޔައީއެވެ.

މި ސިސްޓަމްތައް ހަރުކުރުމަށް އޭރުގެ ސަރުކާރުން ޖުމުލަ 58 މިލިއަން ރުފިޔާ ހޭދަކޮށްފައިވާތީ މިހާރު ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މިސަރުކާރުން ދަނީ ކުރަމުންނެވެ. ބޮޑު ހޭދައެއްކޮށްފައިވާ މަސައްކަތެއް އިސްރާފަށް ދޫކޮށްލަން މިސަރުކާރުން ބޭނުމެއް ނުވެއެވެ. މިމަސައްކަތާއި ބެހޭ ގޮތުން ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)ން ބުނެފައިވަނީ މިސިސްޓަމްތައް ބޭނުންކުރަން ފެށޭނީ ކޮންޓްރެކްޓަރަށް ފައިސާ ދައްކާ ނިމުމުން ކަމަށެވެ. މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށާއި، އެޗްޑީސީއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދެވިފައިނުވާތީ ކަމަށެވެ.

ހުޅުމާލޭގައި ބަހައްޓާފައިވާ ޕާކިން ސިސްޓަމްތަކުގައި 200 އަށް ވުރެ ގިނަ ކާރު ޕާކު ކުރެވުނު ނަމަވެސް މިހާރު ވެސް އެސިސްޓަމްތަކުގައި ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފައެވެ. ނަމަވެސް މިިސިސްޓަމް ބޭނުން ކުރެވޭ ގޮތް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ މެކޭނިކަލް ޕާކިން ސިސްޓަމްއަކީ ރާއްޖެއާ އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށާއި، އެ ސިސްޓަމްތަކުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރު އެބައޮތް ކަމަށެވެ. އެގޮތުން މިސަރުކާރުން ނިންމާފައިވަނީ މާލޭގެ ހަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންތަކެއް އެޅުމަށެވެ. އަދި މިހާރު ވެސް އެކިބިންތައް ހުސްކޮށް ޕާކިން ޒޯންތައް ހަދައި ޕާކު ކުރެވޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.

ޕަރކިންއިސްރާފު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށް އިސްކަންދޭ: ފުލުހުން

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށް އިސްކަންދޭ: ފުލުހުން

07 އޮކްޓޯބަރު 2024
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ

ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ

03 އޮކްޓޯބަރު 2024
ޕާކިންގެ މައްސަލަ ބޮޑު، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއް ސަބަބު: ފުލުހުން

ޕާކިންގެ މައްސަލަ ބޮޑު، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއް ސަބަބު: ފުލުހުން

22 ސެޕްޓެމްބަރު 2024
ޕާކިން ސްލޮޓްތައް އެބަ ހުރި ކުރަހާލާފަ އެގްރީމެންޓެއް ނެތި ދީފަ - އާޒިމް

ޕާކިން ސްލޮޓްތައް އެބަ ހުރި ކުރަހާލާފަ އެގްރީމެންޓެއް ނެތި ދީފަ - އާޒިމް

31 އޯގަސްޓު 2024

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު