Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހިކަލް ޓޯ ކުރުން

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށް އިސްކަންދޭ: ފުލުހުން

7 އޮކްޓޯބަރު 2024 | ހޯމަ 08:26

މަގުމައްޗަކީ އެންމެންގެ ތަނެއް، މަގު އެންމެނަަށް ރައްކާތެރިވާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2024 | ހޯމަ 08:26
ހުޅުމާލެ މަގުމަތީގައި ބާއްވާފައި އޮތް ޕިކަޕެއް ނަގަނީ

ހުޅުމާލެ މަގުމަތީގައި ބާއްވާފައި އޮތް ޕިކަޕެއް ނަގަނީ

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށް އިސްކަންދޭ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފް ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް ވިދާޅުވީ މަގުމައްޗަކީ އެންމެންގެ ތަނެއް ކަމަށާއި، މަގު އެންމެނަަށް ރައްކާތެރިވާންޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު މަގުމަތިން ހިނގާ މީހުންނަށް އުދަނގޫވާ ގޮތަށް ޕާކުކޮށްފައި ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުޅަނދުތައް ޓޯ ކުރުމުގައި ބޮޑަށް ބަލާ ކަންކަމަށް އިޝާރާތް ކުރައްވައި އަސްލަހް ވިދާޅުވީ މަގުގެ ކަންމަތީގައި ޕާކު ކޮށްފައި ހުރުމާއި، ޕޭމަންޓު މަތީގައި ޕާކު ކުރުމާއި، ޒިބްރާ ކްރޮސްމަތީގައި ޕާކު ކުރުމާއި، ސްކޫތަކުގެ ގޭޓް ދޮރުމަތީގައި ޕާކު ކުރުމާއި، އާއްމު ޚިދުމަތް ހޯދާ ސަރަހައްދުތަކުގައި އެތަނަށް ދާ މީހުންނަށް އުދަނގޫވާ ގޮތަށް ޕާކު ކުރުން އަދި ބާރު ސްޕީޑްގައި ދުއްވާ މަގުތަކުގައި އެއްފަޅީގައި ޕާކު ކުރާ އުޅަނދުތައް ޓޯ ކުރާ ކަމަށެވެ.

މީގެ އިތުރުން އަސްލަހް ވިދާޅުވީ ގަވާއިދަށް މިގެނެވުނު ބަދަލާއެކު، ޓޯ ކުރާ އުޅަނދު ދޫކުރާނީ 48 ގަޑިއިރު ފަހުން ފައިސާ ދެއްކުމުން ކަމަށެވެ. އަދި 48 ގަޑިއިރު ހަމަވުމަށްފަހު ވެސް އެއުޅަނދެއް ބަލައި ނާންނަ ކަމަށްވާނަމަ 7 ދުވަސް ތެރޭގައި އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން އަންގައި އިއުލާން ކުރާނެ ކަމަށެވެ. އޭގެފަހުން ވެސް ވެހިކަލް ނުގެންދާނަމަ އަލުން އިއުލާންކޮށް، 60 ދުވަހުގެ މުއްދަތެއް ދެވޭ ކަމަށާއި، 60 ދުވަސް ހަމަވުމުން އުސޫލުގެ ތެރެއިން އެ އުޅަނދެއް ނައްތާލާނެ ކަމަށް އަސްލަހް ވިދާޅުވިއެވެ.

މަލޭސިޓީގެ މަގުތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ސެޕްޓެންބަރު މަހުގެ ކުރީކޮޅު ފަށާފައިވަނީ ކުށްތައް އިތުރުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ކައިރި ކައިރީގައި ހިނގާފައިވާތީއެވެ.

މިހާރު އެކްސިޑެންޓްތައް މަދުވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންކުރި މަސައްކަތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުޅުމާލޭގެ 1266 ކާރު، 5427 ސައިކަލު ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ. 88 ކާރަށް ފިޔަވަޅު އަޅާފައިވާއިރު، 394 ސައިކަލަށް ފިޔަވަޅު އަޅާފައިވެއެވެ.

މީގެ އިތުރުން ލައިސަންސް ނެތި ދުއްވައިގެން 10 ކާރު، 102 ސައިކަލު ހުއްޓުވާފައިވެއެވެ. 85 ކާރު، 430 ސައިކަލު ހުއްޓުވައި ނަސޭހަތް ދީފައިވެއެވެ. ނުރައްކާތެރިކޮށް ދުއްވައިގެން 3 ކާރު، 40 ސައިކަލު ހުއްޓުވާފައިވެއެވެ. ޓްރެފިކް ވައިލޭޓްވެގެން 34 ކާރު ހިފަހައްޓާފައިވާއިރު، 148 ސައިކަލު ހިފަހައްޓާފައިވެއެވެ. އަދި 20 ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޕާކުޕަރކިންވެހިކަލް ޓޯ ކުރުން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
03 އޮކްޓޯބަރު 2024

ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ

03 އޮކްޓޯބަރު 2024
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ
22 ސެޕްޓެމްބަރު 2024

ޕާކިންގެ މައްސަލަ ބޮޑު، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއް ސަބަބު: ފުލުހުން

22 ސެޕްޓެމްބަރު 2024
ޕާކިންގެ މައްސަލަ ބޮޑު، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއް ސަބަބު: ފުލުހުން
31 އޯގަސްޓު 2024

ޕާކިން ސްލޮޓްތައް އެބަ ހުރި ކުރަހާލާފަ އެގްރީމެންޓެއް ނެތި ދީފަ - އާޒިމް

31 އޯގަސްޓު 2024
ޕާކިން ސްލޮޓްތައް އެބަ ހުރި ކުރަހާލާފަ އެގްރީމެންޓެއް ނެތި ދީފަ - އާޒިމް
25 ޖުލައި 2024

މަލްޓީ ސްޓޯރީ ޕާރކިން ބިލްޑިންތައް އަޅާ ފީއެއް ނަގައިގެން ޕާކިން ބިލްޑިންތައް އޮޕަރޭޓްކުރަނީ

25 ޖުލައި 2024
މަލްޓީ ސްޓޯރީ ޕާރކިން ބިލްޑިންތައް އަޅާ ފީއެއް ނަގައިގެން ޕާކިން ބިލްޑިންތައް އޮޕަރޭޓްކުރަނީ
16 އެޕްރީލު 2022

ލޮނުޒިޔާރަތް ޕާކު: އާންމުންނަށް އެންމެ ރަނގަޅަށް ބޭނުން ހިފޭތަ؟

16 އެޕްރީލު 2022
ލޮނުޒިޔާރަތް ޕާކު: އާންމުންނަށް އެންމެ ރަނގަޅަށް ބޭނުން ހިފޭތަ؟
03 އެޕްރީލު 2022

ސަލްމާން މިސްކިތް ނިންމަން ދިން ފައިސާއަށް ކުރީ ސަރުކާރުން ހެދި ގޮތެއް ނޭނގޭ: ޕްލޭނިން މިނިސްޓްރީ

03 އެޕްރީލު 2022
ސަލްމާން މިސްކިތް ނިންމަން ދިން ފައިސާއަށް ކުރީ ސަރުކާރުން ހެދި ގޮތެއް ނޭނގޭ: ޕްލޭނިން މިނިސްޓްރީ
05 މާރިޗު 2022

ކުރިއަށް އޮތް ހަފުތާތެރޭގައި 700 މީހުންނަށް ޕާކިންގ ސްލޮޓް ހަވާލުކުމަށް މަސައްކަތް ކުރަނީ

05 މާރިޗު 2022
ކުރިއަށް އޮތް ހަފުތާތެރޭގައި 700 މީހުންނަށް ޕާކިންގ ސްލޮޓް ހަވާލުކުމަށް މަސައްކަތް ކުރަނީ
10 ފެބުރުއަރީ 2022

ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ

10 ފެބުރުއަރީ 2022
ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް