Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުން

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ މަސްތުވާތަކެތީގެ ވިޔަފާރަވެރިންނަށް އަދަބުދެވިގެން : ޕީޖީ

20 މާރިޗު 2021 | ހޮނިހިރު 08:28

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާނަމަ، ކުށްވެރި ނުވާނެ ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 20 މާރިޗު 2021 | ހޮނިހިރު 08:28
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

މުޖުތަމައުގައި އާންމުވެފައިވާ މަސްތުވާތަކެތީގެ ވަބާ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހައްލުކުރެވޭނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި، ފައިސާ ވެރިން ހޯދިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

"މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި ފައިސާވެރިންގެ ފަހަތުން ދިޔުން" މި ސުރުޚީގެ ދަށުން ޝަމީމް ގެ ބްލޮގްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ، މުޖުތަމައުގައި މަސްތުވާތަކެތީގެ މައްސަލަ އާންމުވެފައިވާ މިންވަރާއި، އެކަން ހައްލުކުރެވެން އޮތް ގޮތާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅުން ނެތް އިތުރު އެއްވެސް މައްސަލައެއް ޖިނާއީ އަދުލުގެ ނިޒާމުގައި ނެތްކަމަށާއި، ކޯޓުތަކުގައި ހުރި މައްސަލަތަށް ލަސްވަނީ ވެސް، މަސްތުވާތަކެތީގެ ތާސީރުގައި ޖެހިގެން ކުރާ ކުދި ކުދި ވައްކަމާއި ފޭރުންތަކުގެ މައްސަލަ ގިނަވެގެން ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރެވޭނެ ގޮތެއް ހޯއްދެވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ "ފަހަތުން ދެވޭނެ" ގޮތަކަށް ޕްރޮސެކިއުޝަންގެ ސިޔާސަތުތައް ބަދަލުކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެގޮތުން ފާއިތުވި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު، އެމައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފަށާފައިވާކަމަށެވެ. އަދި މީގެ ބޭނުމަކީ، އެފައިސާ ދައުލަތަށް ނަގައި، މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ހިންގާ ޕްރޮގްރާމުތަކަށް އެފައިސާ ޚަރަދު ކުރުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޤާނޫނު ނަންބަރު 10/2014 (މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރާގޮތަށް ސިޔާސަތު ބަދަލުކުރައްވާފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އަދި މިބާވަތުގެ ފުރަތަމަ މައްސަލަ މާޗު މަހުގެ 18ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.  ޝަމީމް ވިދާޅުވީ މި މައްސަލައިގައި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ހުށަހަޅާފައިވާކަމަށެވެ.

މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެހެންކަމުން އެޤާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެނަމަ ދައުވާ ކުރެވޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާނަމަ، ކުށްވެރި ނުވާނެ ކަމަށް ކަމަށާއި، ސިޔާސަތަށް ގެނައި ބަދަލާއެކު، އެވިސްނުން ނިމުމަކަށް އަންނާނެކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނެއް ފުރަތަމަ ފާސްކޮށްފައި ވަނީ 1977 އެވެ. މި ޤާނޫނުގެ މަގުސަދަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އަދަބުދިނުމެވެ. އޭގެފަހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާދީ، އެމީހުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަގުސަދުގައި 2011 ވަނަ އަހަރު މަސްތުވާތަކެއްޗާ ބެހޭ އާ ޤާނޫނެއް ފާސްކުރިއެވެ. މި ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް، ރައްޔިތުންގެ 2021ވަނަ އަހަރުގެ ފުރަތަމަ ދައުރަށް، ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ގަސްދުކޮށްފައިވާކަމަށް، އެޓަރނީ ޖެނެރަލްގެ އޮފީހުން ފެބްރުއަރީ މަހު ބުނެފައިވެއެވެ.

ހުސައިން ޝަމީމްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
22 އޮކްޓޯބަރު 2024

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
18 ސެޕްޓެމްބަރު 2024

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން
27 އޯގަސްޓު 2024

ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

27 އޯގަސްޓު 2024
ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް
23 ޖުލައި 2024

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި
20 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
06 ޖުލައި 2024

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި

06 ޖުލައި 2024
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
25 ޖޫން 2024

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

25 ޖޫން 2024
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް