Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި ބޭނުންކުރާ އައްޑާތައް

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިބިލިޓޭޓްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖޫން 2024 | އަންގާރަ 14:33
ޑްރަގް ބޭނުން ކުރާ އައްޑާއެއްގެ ގޮތުގައި ބޭނުން ކުރި ތަނެއް

ޑްރަގް ބޭނުން ކުރާ އައްޑާއެއްގެ ގޮތުގައި ބޭނުން ކުރި ތަނެއް

މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެެރޭގައި ސަރުކާރުގެ އިމާރާތްތައް ހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އާއްމު އިމާރާތްތަކާއި ސަރުކާރު އިމާރާތްތަކުގައި ވެސް އެފަދަ ޢަމަލުތައް ހިނގާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވި ގޮތުގައި ފުލުހުން ދަނީ އެ ތަންތަނުގެ ވީޑިއޯތައް ނަގާ އެ ތަންތަނުގެ އެސެސްމެންޓްތައް ހަދަމުންނެވެ. އަދި އެ ތަންތަނަކީ ކޮބައިކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އޭގެ ތެރެއިން ސަރުކާރުގެ އިމާރާތްތަކަކީ ކޮބައިކަން އޭނާ ހާމައެއް ނުކުރައްވައެވެ. ޑްރަގް އައްޑާތަކުގެ ގޮތުގައި ބޭނުން ކުރާ ސަރުކާރުގެ ތިން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އެކަމަށް ބޭނުންވާ ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި ޑްރަގް ބޭނުން ކުރާ އައްޑާތަކުގެ ގޮތުގައި ބޭނުން ކުރާ އެހެން ބައެއް ތަންތަން ވެސް ބަންދުކުރުމުގެ ހުއްދަ ހޯދަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ ޑްރަގް ބޭނުން ކުރާ އައްޑާއެއްގެ ގޮތުގައި ބޭނުން ކުރާ ތަންތަން ނައްތާލުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

އިހުސާން އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުން މަދު ކުރެވެނީ މަސްތުވާތަކެތި އެތެރު ކުރާ މިންވަރު މަދު ކުރެވިގެން ކަމަށެވެ. އެކަމަށްޓަކާ ޤާނޫނީ ބަދަލުތަކެއް ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިބިލިޓޭޓްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންމަސްތުވާތަކެތި

އިތުރަށް ކިޔާލަން

13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
28 އޮކްޓޯބަރު 2024

ތަހުގީގަށް ހިފަހައްޓާ ފައިސާ ޤާނޫނާއި އެއްގޮތަށް ބަލަހައްޓާ - ޢަލީ އިޙްސާން

28 އޮކްޓޯބަރު 2024
ތަހުގީގަށް ހިފަހައްޓާ ފައިސާ ޤާނޫނާއި އެއްގޮތަށް ބަލަހައްޓާ - ޢަލީ އިޙްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު