Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ފުރަތަމަ ވަޑައިގެން މައްސަލައަށްފަހު، ވަރަށް އަވަހަށް އެކަމަށް ހޭނިގެން ދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2021 | ހުކުރު 17:10
ފުލުހުންގެ ޑީއެންއޭ ލެބޯޓަރީ ގެ ހެޑް އޮފް ޑިޕާރޓްމަންޓްސް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ އިހްތިޝާމް އަލީ (އިއްތި)

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީ ގެ ހެޑް އޮފް ޑިޕާރޓްމަންޓްސް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ އިހްތިޝާމް އަލީ (އިއްތި)

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އޮފް ޑިޕާރޓްމަންޓްސް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ އިހްތިޝާމް އަލީ (އިއްތި) ތައުލީމު ހާސިލު ކުރެއްވިއިރު، ފުލުހުންގެ މުއައްސަސާގައި ޑީއެންއޭ ލެބޯޓަރީއެއް ޤާއިމު ކުރުމުގެ މަޝްވަރާތައް ދިޔައީ ކުރެވެމުންނެވެ. ތައުލީމު ހާސިލު ކުރައްވައި، ލިބިވަޑައިގަތް ފުރުސަތުގައި ފުލުހުންގެ ފޮރެންސިކް ޚިދުމަތާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތް ކޮށްދެއްވުމުގެ ފޮނި އުއްމީދުގައެވެ. ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިއްތި ވަނީ މި ދާއިރާއަށް ވަދެވަޑައިގަތް ގޮތާއި، މަސައްކަތާ ގުޅޭ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

އިއްތި ތައުލީމު ހާސިލު ކުރައްވަން ފެއްޓެވީ ބައޯކެމިސްޓްރީގެ ދާއިރާއިންނެވެ. އެ ދާއިރާއިން ބެޗެލަރ އޮފް ސައިންސް ޙާސިލު ކުރެއްވުމަށްފަހު، އިއްތި ވަނީ އިމިއުނޯލޮޖީގެ ދާއިރާއިން މާސްޓަރސް ޙާސިލު ކުރައްވާފައެވެ. އެއަށްފަހު ދާދި ފަހުން އިއްތި ވަނީ ޔުނިވަރސިޓީ އޮފް ލެސްޓަރ އިން ޖެނެޓިކްސް ރިސަރޗްގެ ދާއިރާއިން ޕީއެޗްޑީ ޙާސިލު ކުރައްވާފައެވެ.

މަރުގެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްތި ވިދާޅުވީ، މަރުގެ މައްސަލަތަކުގެ ކުށުގެ ވެއްޓަށް ފުރަތަމަ ވަޑައިގެންނެވިއިރު، ކޮންމެސް ވަރަކަށް ޖެހިލުންވެވަޑައިގެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގެން މައްސަލައަށްފަހު، ވަރަށް އަވަހަށް އެކަމަށް ހޭނިގެން ދިޔަކަން އިއްތި ފާހަގަ ކުރެއްވިއެވެ. އިއްތި ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެޓެންޑް ކުރެއްވި މަރުގެ މައްސަލައަކީ މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައެވެ. މި މައްސަލައިގައި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަދުވަހު ހައިކޯޓުން ވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްވެސް ކޮށްފައެވެ.

އިއްތި ވިދާޅުވި ގޮތުގައި އަދާ ކުރައްވާ ވަޒީފާއާ ގުޅިގެން ސީދާ ގޮތެއްގައި އެއްވެސް ކަހަލަ އިންޒާރެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެގޮތުން ބައެއް ފަހަރު ކޯޓުތަކަށް ހެކިބަސް ދެއްވަން ވަޑައިގަންނަވާ ޙާލަތްތަކުގައިވެސް އެފަދަ ކަމެއް ދިމާވެފައި ނުވާކަން އިއްތި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ދާއިރާގައި އެންމެ ހަނދާނުން ފިލުވާލަން ދަތިވި އެއް ކަމެއްގެ ގޮތުން އިއްތި ފާހަގަ ކުރެއްވީ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައެވެ. އިއްތި ވިދާޅުވީ، އެ މައްސަލައިގައި ޑީއެންއޭ ލެބްގެ އެނަލިސްޓުން ކުރެއްވި މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމަށެވެ. އައި ލެބޯޓަރީން އުފައްދާ ނަތީޖާތަކުގެ މުހިއްމުކަން އެ ކޭސްއާ ގުޅިގެން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަކަމަށްވެސް އިއްތި ވިދާޅުވިއެވެ.

އިއްތި ވިދާޅުވާ ގޮތުގައި ފޮރެންސިކް މަސައްކަތްތައް ކުރާއިރު، މައިގަނޑު ދެ އުންސުރަކަށް ބަލަން ޖެހެއެވެ. އެއީ ސައިންސްގެ އިތުރުން، ޤާނޫނީ ގޮތުން ކުރިމަތިވެދާނެ މައްސަލަތައްކަން ފާހަގަ ކުރައްވައި އިއްތި ވިދާޅުވީ، މި މުޅި ޚިދުމަތަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންތެރި ޚިދުމަތެއް ކަމަށެވެ. އަދި އެ ދާއިރާއިން ތައުލީމު ޙާސިލު ކުރެއްވުމަށްފަހު، މަސައްކަތުގެ އަމަލީ ތަޖުރިބާ ގާތުން ހިއްސާ ކޮށްލައްވަން ލިބިވަޑައިގަތުމަކީ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ގޮތުގައި އިއްތި ވަނީ ސިފަ ކުރައްވާފައެވެ.

އޭގެ އިތުރުން، ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ފުޅާވަމުން އައިސް، ސައިންޓިފިކް ދާއިރާގެ ކަންކަންވެސް ކުރިއަރަމުން އަންނަ މަންޒަރު ފެނުމަކީ އުފާ ކުރައްވާ ކަމެއްކަމަށް އިއްތި ވިދާޅުވިއެވެ. އިއްތި ވިދާޅުވީ، ޑީއެންއޭ ލެބޯޓަރީއާއެކު، އެންމެ ބޮޑު ލުއިފަސޭހައެއް ވެގެން ދިޔަ އެއް ކަމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތަކުގެ ތަޙުޤީޤަށް ކަމަށެވެ.

މަސައްކަތުގެ ވާހަކަ ހިއްސާ ކުރައްވަމުން އިއްތި ވިދާޅުވީ، ފުލުހުންގެ ތަހުޤީޤާ ގުޅިގެން ހިންގާ ފޮރެންސިކް މަސަައްކަތްތަކުގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފުލުހުންގެ ލެބޯޓަރީގައިވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ތަޖުރިބާކާރު އެނަލިސްޓުންގެ ޓީމުތަކާއެކު، ގިނަ ވަގުތުތަކެއް އެކަމުގައިވެސް ލެބޯޓަރީގެ އޮފިސަރުން ހޭދަކޮށްފައިވެއެވެ. ކޮންމެ ދުވަހަކުވެސް ހުރިހާ އޮފިސަރުންވެސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރައްވަނީ މަސައްކަތަށް އޮންނަ ޝައުޤުވެރިކަމެއްގެ ސަބަބުންކަން އިއްތި ފާހަގަ ކުރެއްވިއެވެ

ދިވެހިންގެ ފުލުހުންގެ ޚިދުމަތުގައި ފާއިތުވި 14 އަހަރެއްހާ ދުވަސް ހޭދަ ކުރައްވާފައިވާ އިއްތި މި ދާއިރާގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ފޮރެންސިކް ތަހުލީލުތަކުގެ ތެރެއިން ނުކުންނަ ނަތީޖާތަކަށް އެކަށީގެންވާ ގޮތެއްގައި ޤާނޫނީ ބުރަދަން ދިނުމާއި ގުޅޭ ޤާނޫނުތަކަކާއި އުސޫލުތަކެއް ބައްޓަން ކުރުން މުހިންމު ކަމަށެވެ. ނިންމަވާލައްވަމުންވެސް އިއްތި ފާހަގަ ކުރެއްވީ، ފުލުހުންގެ މުޅި މުއައްސަސާގެވެސް އަމާޒަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިންސާފު ޤާއިމު ކޮށްދެއްވުމަށް ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު