Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ މުޒާހަރާ

އިދިކޮޅު މުޒާހަރާއިން 25 މީހަކު ހައްޔަރު ކޮށްފި

އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ހުކުރު ދުވަހު މުޒާހަރާ ކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 މާރިޗު 2021 | ހުކުރު 14:38
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މާލޭ ސިޓީގައި ކުރި މުޒާހަރާގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މާލޭ ސިޓީގައި ކުރި މުޒާހަރާގެ ތެރެއިން

އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގައި 25 މީހަކު ހައްޔަރުކޮށްފިއެވެ.

ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންޑިއާއަށް ދިވެހި ބިން ވިއްކާފައިވާ ކަމަށް ގޮވާފައެވެ. އަދި ދިވެހީންގެ މިނިވަންކަން އިންޑިއާއިން ނަގާލާފައިވާ ކަމަށް އިދިކޮޅުގެ ސަޕޯޓަރުން ގޮވިއެވެ.

Advertisement - newsAdvertisement

މި މުޒާހަރާގައި މިހާތަނަށް 25 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ހުކުރު ދުވަހު މުޒާހަރާ ކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. ފުލުހުން ވަނީ އާންމުންނަށް އެ ސަރަހައްދަށް ނުވަދެވޭނެހެން ބެރިކޭޓް ޖަހާ ބަންދުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސިލްސިލާކޮށް މާލެ ސިޓީގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ފުލުހުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފުވުމުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލަމުންނެވެ.

މިމުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިޔަށް ގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ހިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިދިކޮޅުން މުޒާހަރާ ކުރުން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު