Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުތުރުތިލަފަޅުގެ އެގްރީމަންޓް

އުތުރުތިލަފަޅުގެ އެގްރީމަންޓް ލީކްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ލިޔުމެއް: އެމްއެންޑީއެފް

އުތުރުތިލަފަޅުގެ އެއްބަސްވުން ސިޔާސީ ކުރުމަށް އިދިކޮޅުން މަސައްކަތް ކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 08:32
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި

އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި

އުތުރުތިލަފަޅުގެ އެގްރީމަންޓް ލީކްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ލިޔުމެއް ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އުތުރު ތިލަފަޅުގައި އިންޑިޔާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުމުގެ ކޮޕީއެއް ލިބުނު ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ޑްރާފްޓް ލިޔުމެއް ހިއްސާ ކުރައްވާފައެވެ. އަދި ބައެއް މީޑިއާތަކުން ވެސް ވަނީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުރައްކާވާނެ ފަދަ ވަރަށް ގިނަ ކަންތައްތައް އެބަސްވުމުގައި އެކުލެވިގެންވާ ކަމަށް ބުނެފައެވެ. އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ޚަބަރެއް ތަރައްޤީކުރެވޭނެ އެއްބަސްވުމުގެ ދަށުން އިންޑިޔާގެ ސިފައިންގެ އުޅަނދުފަހަރަށް އެ ތަނުގައި ޤާއިމުކުރާ ވަސީލަތްތައް އެއްވެސް ހުރަހެއް ނެތި ބޭނުންކުރެވޭނެ ކަމަށާއި ދެ ދައުލަތުގެ އަސްކަރީ މީހުންނާއި، ކަނޑުގެ އަދި ވައިގެ އުޅަނދުތަކަށް އެތަން ބޭނުންކުރެވޭނެ ކަމަށާއި އެތަނުގައި ޤާއިމުކުރާ މުވާސަލާތީ ނިޒާމުތައް ވެސް ދެ ޤައުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތަކީ 30 އަހަރު ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ އެ ދޮގު ލިޔުން ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ދައުރުކުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ލިޔުމެއް ކަމަށާއި ރާއްޖެއާއި އަވަށްޓެރި ޤައުމުތަކުގެ ގުޅުން ހީނަރުވާފަދަ ކަންތައް ނުކުރުމަށާއި އެފަދަ ލިޔުންތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް އެކުލަވާލި އެއްބަސްވުން ލީކްވި ކަމަށް ބުނެފައިމިވަނީ އެ އެއްބަސްވުން އިތުރަށް ސިޔާސީކޮށް، ޤައުމު ހަލަބޮލިކުރުމަށް އިދިކޮޅު ކޯލިޝަނުން ބޮޑެތި ރޭވުންތަކެއް ރާވަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު ކޯލިޝަންގައި ވެސް ހިޔާލު ތަފާތު ވެފައިވާ މި މައްސަލަ ހޫނުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އުތުރު ތިލަފަޅާ ގުޅޭ މި މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކޮށްފައިވަނީ ޕީޕީއެމްގެ އެކި ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މެމްބަރެކެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރުތިލަފަޅުގެ އެއްބަސްވުން ސިޔާސީކުރުމަށް އިދިކޮޅުން ރާވަމުންދަނީ ސީދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަޝްވަރާއާއި އިރުޝާދުގެ މަތިންނެވެ. އެހެންނަމަވެސް، އެކަމާ ޕީޕީއެމްގެ ބައެއް މެމްބަރުން ނުރުހުންވާކަން ފާހަގަކޮށް އޭނާ ވަނީ ދާދި ފަހުން އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ސުބްރަމަންޔަމް ޖައިޝަންކަރް އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ކަންބޮޑުވުން ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި އޭނާ ހިމެނޭ ގޮތަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ލީޑަރޝިޕްއާ އެ ކަންބޮޑުވުން ހިއްސާ ވެސް ކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އިދިކޮޅުން މިކަމުގައި ގެންގުޅޭ މައިގަނޑު ވިސްނުމަކީ އުތުރުތިލަފަޅު އެއްބަސްވުމަކީ ޤައުމީ ސަލާމަތަށް ފުށުއަރާ ކަމެއްގެ ގޮތުގައި ދެއްކުމެވެ. އަދި އެއަށްފަހު، މާލޭގައި ޙަރަކާތްތެރިވާ ގްރޫޕުތަކުގެ އެހީގައި މާލެތެރެ ހަލަބޮލިކޮށް، ސިޔާސީ ގޮތުން ޤައުމު ހަލަބޮލި ކުރުމަކީ ސަރުކާރަށް ޕްރެޝަރ ކުރުމަށްޓަކައި މިވަގުތު އެންމެ ފަސޭހަ އެއް މަގު ކަމަށް އިދިކޮޅުން ދެކޭކަން އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް، މި ވިސްނުމާ ޕާޓީގެ އެތެރޭގެ ބައެއް މެމްބަރުން ވެސް ވަނީ ހިޔާލު ތަފާތުވެފައެވެ.

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު" ގެ ނަމުގައި ގާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ސިފައިން ވެސް ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަން ވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. 

އުތުރު ތިލަފަޅު އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

17 ސެޕްޓެމްބަރު 2023
"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

13 ނޮވެމްބަރު 2021
ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟

ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟

18 އެޕްރީލު 2021
ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު