Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރވިސްޗާޖާ ބެހޭ ގަވާއިދު

ސަރވިސްޗާޖާ ބެހޭ ގަވާއިދު އެކުލަވާލައި ޢަމަލުކުރަން ފަށައިފި

17 މާރިޗު 2021 | ބުދަ 02:46

މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު ވެސް ކަނޑައަޅާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 މާރިޗު 2021 | ބުދަ 02:46
ރިސޯޓު މުވައްޒަފެއް

ރިސޯޓު މުވައްޒަފެއް

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާ ގުޅިގެން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލަންޖެހޭސަރވިސްޗާޖާބެހޭ ގަވާއިދުއެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދުގައި ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންޖެހޭ ގޮތާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމުގައި ޢަމަލުކުރަންޖެހޭގޮތާއި، ވަޒީފާދޭ ފަރާތްތަކުން ސަރވިސްޗާޖްގެ މަޢުލޫމާތު ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. 

Advertisement - newsAdvertisement

އެގޮތުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިންގ ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން %10 އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގަން ޖެހެއެވެ. އެހެންނަމަވެސް، އެފަދަ ތަންތަނުގައި މުދާ ވިއްކުމަށް ޤާއިމްކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސަރވިސްޗާޖް ނެގުން ލާޒިމެއް ނޫނެވެ.

މީގެ އިތުރުން ސަރވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސަރވިސްޗާޖް ނަގާނަމަ އަމަލުކުރާނެގޮތް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ކޮންމެ އަހަރެއްގެ އެޕްރީލްމަހުގެ 1 ވަނަ ދުވަހާއި އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހުގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާގޮތެއްގެ މަތިން، އެ އޮތޯރިޓީއަށާއި މީރާއަށް ހުށަހަޅަންޖެހެއެވެ.

ދިވެހި ވިޔަފާރިވެރިން ހިންގާ ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަށީގެންވާ މުސާރައާ ސަރވިސް ޗާޖް ނުދޭ މައްސަލައަކީ އަބަދުވެސް ރިސޯޓް މުވައްޒަފުން ކުރަމުން އަންނަ ޝަކުވާއެކެވެ. ބައެއް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންނާއި ބޭރު މުވައްޒަފުންނާއި ދޭތެރޭ ފަރަޤުތަކެއް ގެންގުޅޭ ވާހަކަވެސް ވަރަށް ގިނައިން ދައްކައި އުޅެއެވެ.

ސަރވިސްޗާޖް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
18 ޖެނުއަރީ 2022

ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި

18 ޖެނުއަރީ 2022
ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި
17 ނޮވެމްބަރު 2021

ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

17 ނޮވެމްބަރު 2021
ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި
16 ޖުލައި 2021

ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ

16 ޖުލައި 2021
ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ
19 މާރިޗު 2021

ސަރވިސްޗާޖްގެ ޤަވާއިދާއެކު މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުވެގެންދާނެތަ؟

19 މާރިޗު 2021
ސަރވިސްޗާޖްގެ ޤަވާއިދާއެކު މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުވެގެންދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް