Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އެޓަލާންޓާ ކަޓުވާލުމަށްފަހު ރެއާލް ކުއާޓާއަށް

ރެއާލަށް ކުރި ލިބުނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 23:37
ރެއާލާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-1 ން

ރެއާލާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-1 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެޓަލާންޓާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން 3-1 ގެ ނަތީޖާއަކުން ރެއާލް މޮޅުވިއިރު، އެޓަލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ރެއާލް ވަނީ ފަހު ވަގުތު 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ރެއާލް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލީޑު ނަގައިދިނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބެންޒެމާ ކާމިޔާބުކުރި 70 ވަނަ ލަނޑެވެ. އެއާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް އެޓަލާންޓާގެ ރަފައެލް ޓޮލޯއި ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ލުއިސް މިއުރިއެލްގެ ލަނޑުން އެޓަލާންޓާއިން ފަރަގު ކުޑަކުރި ނަމަވެސް، އޭގެ ދެ މިނެޓު ފަހުން މާކޯ އެސެންސިއޯ ވަނީ ލަނޑެއް ޖަހައި، ރެއާލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް ރެއާލް ދަތުރުކުރިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް ކުޅޭނެ 36 ވަނަ ފަހަރެވެ. މިހާތަނަށް ހަ ޓީމެއް ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގަތައް ޔަގީންކޮށްފައިވާއިރު، މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު