Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

22 ހަފްތާ ނުވަނީސް ވިހައިފިނަމަ ކުއްޖާ މަރުވަންދެން ބާއްވާނީ، ފުރާނަ ސަލާމާތެއް ނުވާނެ: އައިޖީއެމްއެޗް

16 މާރިޗު 2021 | އަންގާރަ 16:40

ހަ މަސް ނުފުރޭ ކުއްޖާގެ ގުނަވަންތައް ފުރިހަމައެއް ނުވާނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 16 މާރިޗު 2021 | އަންގާރަ 16:40
އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހެއި ކުއްޖަކު މަރުވާން ދޫކުރިކަމުގެ ތުހުމަތު

އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހެއި ކުއްޖަކު މަރުވާން ދޫކުރިކަމުގެ ތުހުމަތު

މާބަނޑު އަންހެނެއްގެ ބަނޑަށް 22 ހަފްތާ ނުވަނީސް ކުއްޖާ ވިހައިފިނަމަ އެ ބަލާނީ ސްޕޮންޓޭނިއަސް އެބޯޝަންއެއްގެ ގޮތުގައކަމަށާއި އެފަދަ ހާލަތުގައި އަމަލުކުރާނެ ގޮތަކީ ކުއްޖާގެ ވިންދު ހުއްޓެންދެން ބޭއްވުންކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އެ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހެއި ކުއްޖަކަށް ފަރުވާ ނުދީ މަރުވާން ދޫކޮށްލިކަމުގެ ތުހުމަތުތައް އާއިލާއިން ވަނީ ކޮށްފައެވެ. އެ ކުއްޖާ ވިހެއީ ބަނޑަށް ފަސް މަހުގައެވެ. ހަފްތާއިން ބަލާ ނަމަ އެއީ 17 ނުވަތަ 18 ހަފްތާއެވެ. ކުއްޖާއަށް 22 ހަފްތާ ވަނީ ބަނޑަށް ހަ މަހުގައެވެ.

އެ ކުއްޖާ ވިހައިގެން އެއްވެސް ވަރަކަށް ނިވާ ނުކޮށް ސާފުވެސް ނުކޮށް، ނަރސިން ޓްރޭއެއްގައި ބާއްވާފައި އޮތް ފޮޓޯއާއި ވީޑިއޯ އާންމުކޮށް އާއިލާއިން ބުނީ ކުއްޖާ މަރުވީ ހަ ގަޑިއިރު ފަހުން ކަމަށާއި، އެތައް އާދޭހެއް ކުރުމުންވެސް އެއްވެސް ފަރުވާއެއް ނުދޭކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކަމާގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލަށް ކޮންމެ ފުރާނައެއްވެސް މުހިންމު ކަމަށެވެ. ސިއްހީ ފަރުވާއަކީ އިލާހީ ޤާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ ޢިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށެވެ. އެ ކަންކަމަށް ބަލާ ފުރާނަ ސަލާމަތްކުރުމަށް ދެވޭނެ ހުރިހާ ފަރުވާއެއްވެސް ހޮސްޕިޓަލުން ދޭނެ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ދިވެހި ބަހުންނަމަ ބައިގެން ދިއުން ކަމަށެވެ. ރާއްޖޭގައި ސްޕޮންޓޭނިއަސް އެބޯޝަންއެއްކަމަށް ބަލަނީ ބަނޑަށް 22 ހަފްތާ ނުވަނީސް ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމަ ކަމަށެވެ. އެގޮތުން ބަނޑަށް 12 ހަފްތާއިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެ ކަމަށާއި 22 ހަފްތާ ނުވަނީސް ވިހާއިރު ވިންދު ހުރިނަމަވެސް ބަރުދަނުގައި 500 ގްރާމް ހަމަ ނުވުމުގެ އިތުރަށް އިންސާނަކު ދިރި ހުރުމަށް ބޭނުންވާ ބައެއް ގުނަވަންތައްވެސް ފުރިހަަ ނުވާނެކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އުމުރުގައި ވިހާ ކުއްޖެއްގެ ނުވަތަ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން ކަމަށާއި މިފަދަ އަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން ކަމަށްވެސް ބުނެފައިވެއެވެ. އެއީ އާއިލާއަށްވެސް އަދި އެހެން މީހުންނަށްވެސް ބަލަން ތިބެން ފަސޭހަ މަންޒަރަކަށް ނުވި ނަމަވެސް އެފަދަ ހާލަތްތަކުގައި ކަންތައް ކުރާ ގޮތާއި ހާލަތުގެ ފުރިހަމަ މައުލޫމާތު ކުއްޖާގެ މައިންބަފައިންނަށް ދޭ ކަމަށާއި، އާއިލާގެ އެހެން މެމްބަރުންނާއި ތިން ވަނަ ފަރާތަކަށް އެ މައުލޫމާތުތައް ހިއްސާ ނުކުރާ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން މިހެން ބުނި ނަމަވެސް ކުއްޖާގެ މައިންބަފައިންނަށް އެ މައުލޫމާތުތައް ހިއްސާކޮށްފައި ނުވާކަމަށް އާއިލާއިން ބުނެއެވެ. އަދި ކުއްޖާގެ ބަރުދަން ބެލުމަށް ފަހު ސަލާމަތް ވުމަކީ ނާދިރު ކަމެއް ކަމަށް ބުނި ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް ނުދޭކަމަށް އާއިލާއިން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ އެފަދަ ހާލަތްތަކުގައި ހޮސްޕިޓަލާއި ހޮސްޕިޓަލްގެ މުވައްޒަފުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެފަދަ ކަންކަން ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އައިޖީއެމްއެޗް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް