Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލައިގައި ނައިފަރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި ގަރާރު އެންވައިރަންމެންޓް ކޮމެޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފި

ގަރާރު ކޮމެޓީން ދިރާސާކުރި ގޮތަށް ފާސްވީ 34 މެމްބަރުންގެ ވޯޓުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 09:04
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި، އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ދަތިތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިގަރާރު ފާސްވީ، ވޯޓުގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ. ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 35 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެޑައިގެންނެވީ 34 މެމްބަރުންނެވެ. މި ރިޕޯޓް ފާސްކުރުމަށް ފެންނަ ކަމަށް ވޯޓުދެއްވީ 34 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

Advertisement - newsAdvertisement

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ކޮންޓްރެކްޓް ކުއްލިގޮތަކަށް ބާތިލްކުރީ ކަމަށް ދޭހަވާގޮތަށް ނައިފަރު ދާއިރާގެ މެމްބަރު ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ ހަގީގަތާ ޚިލާފު މައުލޫމާތެއްކަން ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު ވިދާޅުވިއެވެ. އެހެންކަމުން ގަރާރު ފާސްނުކުރުމަށް ކޮމެޓީން ނިންމާފައިވާކަމަށް ވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.

މި ރިޕޯޓުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، މިސަރުކާރު އައިއިރު މި މަޝްރޫއުގެ ނިމިފައި އޮތީ 34.2 އިންސައްތައެވެ. އިތުރުކުރެވުނު މުއްދަތާއެކު ވެސް މަޝްރޫއުގެ މަސައްކަތް ލަސްވުމުން، މަޝްރޫއުގައި ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް ކޮންޓްރެކްޓްގައި ބުނާ އަދަދަށް ފައިސާ ކަނޑޭނެ އެންމެ މަތީ ނިސްބަތަށް ފައިސާ ކަނޑައި، ޑިލޭ ޑެމޭޖަށް ކެނޑޭނެ އިތުރު ފައިސާއެއް ނެތުމުން ސަރުކާރުން ކޮންޓްރެކްޓް ބާތިލްކުރަން ނިންމީކަމަށެވެ.

 ކޮންޓްރެކްޓް ބާތިލްކުރުމުގެ ނޯޓިސް ފޮނުވާފައިވަނީ އޭޖީގެ ވެސް ލަފަޔާއި، މަޝްރޫއުގެ ޑޯނަރ، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އިއުތިޒާޒެއް ނެތްކަމުގެ ލިޔުމަކާއެކުގައެވެ.

 23 ޖެނުއަރީ 2020 ގައި ކޮންޓްރެކްޓް ބާތިލްކުރިއިރު މަޝްރޫއުގެ 47 އިންސައްތަ ވަނީ ޚަރަދުވެފައެވެ.

ޅ. ނައިފަރާއި ތ. ވޭމަންޑޫ ހިމެނޭ ގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ލަކީ އެކްސްޕޯޓްސް ޓްރިވެނީ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ޖޮއިންޓް ވެންޗަރ އުސޫލުން މަސައްކަތް ހަވާލުކޮށްފައި އޮތީ 18 ޖޫން 2017 ގައެވެ. 148.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައި އޮތީ 3 ޖެނުއަރީ 2019 ގައި ނިންމުމަށެވެ. ކަނޑައާޅަފައިވާ މުއްދަތައް މަސައްކަތް ނުނިމޭތީވެ ދުވަސް އިތުރުކުރުމަށް މިނިސްޓްރީގައި އެދުމުން 249 ދުވަސް (9 މަސް) އިތުރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށް ރިޕޯޓުގައިވެއެވެ. މި މުއްދަތާއެކުން މަސައްކަތް ނިންމަންޖެހޭ ތާރީޚަކީ 9 އޮކްޓޯބަރ 2019 އެވެ.

މުއްދަތު ހަމަވިއިރުވެސް މި މަސައްކަތް ނުނިމޭތީއާއި، މަސައްކަތުގެ ސްޕީޑް ދަށްވުމާއި، ސައިޓަށް ބޭނުންވާ އިކްއިޕްމެންޓް ފޯރުކޮށްނުދެވުމާއި، ސަބްކޮންރެކްޓަރުންނަށް މަސައްކަތް ހަވާލުކުރިއިރު ލޭބަރުންގެ މައްސަލަތައް ދިމާވުންފަދަ ކަންކަން މަޝްރޫޢުގެ ކޮންސަލްޓެންޓް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެތައް ފަހަރެއްގެ މަތިން އަންގާފައިވާކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މިކަންކަން ހައްލުކުރުމަށް އެކިފަހަރުމަތިން ކޮންޓްރެކްޓަރާ ބައްދަލުކޮށްފައިވާކަމަށާއި، 28 ފަހަރެއްގެ މަތިން ކޮންޓްރެކްޓަރަށް ސިޓީ އާއި ނޯޓިސް ފޮނުވާފައިވާކަން ލިޔެކިޔުންތަކުން ފެންނަން އެބައޮތް ކަމަށާއި، ކޮމެޓީއިން ބެލިބެލުމުން އެނގުނުގޮތުގައި، މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކީ މިފަދަ މަސައްކަތްތަކުގެ ތަޖުރިބާއެއް ނެތް ކުންފުންޏެއްކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.   

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޑަބްލިއުއެސްސީ އާއެކު އާ އެއްބަސްވުމެއް 26 އޮކްޓޯބަރ 2020 ގައި ވަނީ ވެފައެވެ. މި މަސައްކަތް އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާކަން ކިތާބީ ހެކިތަކުން ފެންނަން އެބައޮތެވެ. އަދި އެމްޑަބްލިއުއެސްސީއިން 9 ޖުލައި 2021 ގައި ނިންމާނެ ކަމުގެ ޔަގީންކަން ކޮމެޓީއަށް ލިބިފައިވާކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު