Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭ މަސްމާރުކޭޓް މައްސަލަ

މާލޭގެ އައު މަސްމާރުކޭޓް ޑިޒައިންކުރީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން

މިހާރު މަސް މާރުކޭޓު ހިންގާ އިމާރާތުގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރު ހަމަވާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 07:50
އައު މަސްމާރުކޭޓްގެ ޑިޒައިން

އައު މަސްމާރުކޭޓްގެ ޑިޒައިން

މާލޭ އައު މަސްމާރުކޭޓް ޑިޒައިންކުރީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވަވަމުން މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވަނީ ސިޓީގެ ތަރައްޤީއަށް ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް އައު ޕާކިން ޒޯންތައް ތަރައްޤީކުރުމާއި، މާލޭ މަގުތައް މަރާމާތުކުރުމުގެ މަސައްކަތުގެ ތަފްސީލު ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މާލޭ ވެސްޓް ޕާކް ސަރަހައްދުގައި އާންމުންނަށް މަސްބާނާ ހެދުމަށް ތަރައްޤީކުރާ ފިޝިންގް ޕްލެޓްފޯމެއް ޤާއިމުކުރުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރުވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލޭގެ މަސް މާރުކޭޓަކީ ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާތަނެއްކަމަށް ސިފަކުރައްވާ މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ މިތަން ތަޅާލާ އައު މަސްމާރުކޭޓެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއާއެކު ބާރު ސްޕީޑްގަ އި މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން ޕްލޭނިންގް މިނިސްޓްރީއާއެކު މާލޭ މަސްމާރުކޭޓާއި، ވިލިމާލެ މަސް މާރުކޭޓް ޑިޒައިންކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ޝިފާ ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، މާލޭ އައު މަސްމާރުކޭޓް ޑިޒައިންކުރީ ޕްލޭނިންގް މިނިސްޓްރީއިން ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާ ޙަވާލުކޮށްގެން ކަމަށެވެ. އައު މަސް މާރުކޭޓް ތަރައްޤީ ކުރުމަށް ބަޔަކު ހޯދަން ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލުން ބުނީ ، މާލޭގައި މިހާރު ބޭނުންކުރާ މަސް މާރުކޭޓު ވިރާނާވެ ބޮލަށް ވެއްޓެން ކައިރިވެފައި ވާތީ ކައުންސިލުން ނިންމާފައި ވަނީ ކުރިން ވެސް ޕްލޭންކޮށްފައިވާ ގޮތަށް އައު މަސް މާރުކޭޓް މިހާރުގެ ލޯކަލް މާރުކޭޓު ހުރި ތަނުގައި ތަރައްޤީކުރުމަށް ކަމަށެވެ. އެގޮތުން 3 ބުރީގެ މި އިމާރާތުގެ ގްރައުންޑް ފްލޯގައި މަސް މާރުކޭޓު ހިންގަން ހަމަޖެހިފައިވާއިރު، މަތީ ދެ ފްލޯ ލޯކަލް މާރުކޭޓް އަދި އެހެނިހެން ވިޔަފާރީގެ އައުޓްލެޓްތަކަށް ޚާއްސަކުރުމަށް ވަނީ ނިންމާފައެވެ. މަސް މާރުކޭޓް ޑިޒައިންކުރީ 2020 ވަނަ ދުވަހު މާލޭ މަސްވެރިންނާ މަޝްވަރާކުރުމަށްފަހު މަސްވެރިންގެ ޚިޔާލާ އެކީ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

މިހާރު މަސް މާރުކޭޓު ހިންގާ އިމާރާތުގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރު ހަމަވާނެއެވެ. އޭގެ ކުރިން އައު މަސް މާރުކޭޓު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު