Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު ޤަތަރަށް ކުރައްވާ ދަތުރުފުޅު

މިއުޒިއަމް އޮފް އިސްލާމިކް އަރޓްއަށް ރައީސްގެ ޒިޔާރަތް: އިސްލާމީ ތާރީހު ދަސްކުރަން ބޭނުންނަމަ މިއީ ޚަޒާނާއެއް

އެތަނަކީ އިސްލާމީ ތާރީހާއި ދީނީ ސަޤާފަތްތައް އިތުރަށް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚަޒާނާއެއްކަމަށް ރައީސް ލިޔުއްވާފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 15 މާރިޗު 2021 | ހޯމަ 16:12
މިއުޒިއަމް އޮފް އިސްލާމިކް އަރޓްއަށް ރައީސް ސޯލިހު ޒިޔާރާތްކުރެއްވުން

މިއުޒިއަމް އޮފް އިސްލާމިކް އަރޓްއަށް ރައީސް ސޯލިހު ޒިޔާރާތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ދޯހާގައި ހުންނަ މިއުޒިއަމް އޮފް އިސްލާމިކް އަރޓްއަށް ޒިޔާރާތްކުރައްވައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި މިއުޒިއަމް އޮފް އިސްލާމިކް އަރޓްއަށް ޒިޔާރަތް ކުރައްވާފައިވަނީ ހޯމަ ދުވަހުކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ އެ އެތަނަށް ޒިޔާރާތްކުރާ މީހުންގެ ރިވިއު ލިޔާ ގެސްޓު ފޮތުގައި އެތަނަކީ އިސްލާމީ ތާރީހާއި ދީނީ ސަޤާފަތްތައް އިތުރަށް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚަޒާނާއެއް ކަމަށް ރައީސް ލިޔުއްވާފައިވާ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ޤަތަރުގެ އަމީރުގެ އަނބިކަނބަލުން ޖަވާހަރް ބިންތި ހަމަދު ބިން ސުހައިމް އަލް ތާނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދަށް ދެއްވި ޕްރައިވެޓް ލަންޗަކަށްވެސް ވަޑައިގެންފައިވެއެވެ. މީގެ އިތުރަށް ޤަތަރުގެ އަމީރު ތަމީމް ބިން ހައްމާދުއާވެސް ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ގާއިމްކޮށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް ޤަތަރަށް ކުރައްވާ ދަތުރުފުޅަށް ފަހު މި މަހުގެ 17ގައި ދެކަނބަލުން ބަންގްލަދޭޝަށްވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. ރައީސް ސޯލިހުގެ މި ފުރަމާނަ ދަތުރުފުޅުގައި "ބަރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން"ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަނގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު