Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިވަރުން ޕޮޒިޓިވުން

ދަރިވަރެއް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް މުޅި ކުލާސް ކަރަންޓީން ކުރާކަށް ނުޖެހޭނެ: ޑރ. ނަޒްލާ

މުޅި ކްލާސް އެއްކޮށް ކަރަންޓީން ކުރާ އުސޫލެއް ނޯންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2021 | ހޯމަ 05:26
ދަރިވަރުން ސްކޫލަށް ވަނުމަށް ކިޔު ހަދައިގެން،

ދަރިވަރުން ސްކޫލަށް ވަނުމަށް ކިޔު ހަދައިގެން،

ކުލާހެއްގެ ދަރިވަރެއް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް މުޅި ކުލާސް ކަރަންޓީން ކުރަން ނުޖެހޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ސްކޫލެއްގެ ކުއްޖަކު ޕޮޒިޓިވްވުމުން މުޅި ކްލާސް އެއްކޮށް ކަރަންޓީން ކުރާ އުސޫލެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ކްލާހުގައި ތިބި ކުދިން މާސްކް ނާޅާ ގައިދުރުކަމެއް ނެތި ކްލާސް ތެރޭގައި ހަރަކާތްތެރިވެފައިވާ ނަމަ މުޅި ކްލާސްރޫމް ކަރަންޓީން ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މުޅި ކްލާސްރޫމް ކަރަންޓީން ކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލާނެ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންއާއެކު، ކްލާސް ރޫމްއަކީ ވަރަށް ބޮޑަށް ބަންދުވެފައިވާ ތަނެއްތޯއާއި ސްކޫލުގެ ބޭރުން ދަރިވަރުން ބައްދަލުވެފައިވޭތޯ ބަލާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސްކޫލުތަކުގައި ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ތިން ފޫޓުގެ ދުރުމިނާއެކު ކްލާސްރޫމްގައި ދަރިވަރުން މާސްކް އަޅައިގެން ހަރަކާތްތެރިވެފައިވާނަމަ ދަރިވަރެއް ޕޮޒިޓިވްވި ނަމަވެސް މުޅި ކްލާސްރޫމް ކަރަންޓީންއެއް ނުކުރާނެއެވެ.

ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވި ކަމުގައިވީ ނަމަވެސް ގިނަ ދަރިވަރުން ސްކޫލަށް ދާ ކަމަށާއި، ސްކޫލުތަކުގެ ހާޒިރީ 80 އިންސައްތައިގައި އުޅޭކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވެއެވެ. އަދި މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ މޮނިޓަރކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންއާ އެއްގޮތަށް ސްކޫލުތަކުގައި ކިޔަވައިދެމުންދާއިރު، ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި، ޓީޗަރުން ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާތީ އެއްވެސް ސްކޫލެއްގައި މިހާތަނަށް ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުން ބައްޔަށް ހުށަހެޅިގެން ނުދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. މިހާލަތުގައި ޓީޗަރުންގެ ފަރާތުން ލިބޭ އެއްބާރުމުގެ އިތުރުން ބެލެވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އެމިނިސްޓްރީން ފާހަގަކުރެއެވެ.

ސްކޫލުހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ޑރ.ނަޒްލާ ރަފީގު

އިތުރަށް ކިޔާލަން

06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
22 ޖުލައި 2024

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި

22 ޖުލައި 2024
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
19 މެއި 2024

ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް

19 މެއި 2024
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
14 މެއި 2024

ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

14 މެއި 2024
ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
06 މެއި 2024

އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި

06 މެއި 2024
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
30 އެޕްރީލު 2024

ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް

30 އެޕްރީލު 2024
ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
29 އެޕްރީލު 2024

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް

29 އެޕްރީލު 2024
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު