Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ދަށަށް: އާދިއްތަ ދުވަހު 96 ކޭސް

14 މާރިޗު 2021 | އާދީއްތަ 18:01

75 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 14 މާރިޗު 2021 | އާދީއްތަ 18:01
ކޮވިޑް-19 - ރޭގަނޑު މާލޭގެ މަގުމަތި

ކޮވިޑް-19 - ރޭގަނޑު މާލޭގެ މަގުމަތި

އާދިއްތަ ދުވަހު ރާއްޖެއިން 96 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރު އޮއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހު އިރު އިއްސި ހަޔަކާ ދެމެދު ނެގި 3،071 ސާމްޕަލްއިން ޕޮޒިޓިވްވީ 96 މީހުންނެވެ. އޭގެ ތެރެއިން 75 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން 10 މީހުންނާއި ރިސޯޓުތަކުން 10 މީހަކު ޕޮޒިޓިވްވެފައިވާއިރު، އިންޑަސްޓްރިއަލް ރަށްތަކުން ޕޮޒިޓިވްވީ އެކަކެވެ.

Advertisement - newsAdvertisement

މިއާއެކު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 21،572ށް އަރާފައި ވާއިރު އޭގެ ތެރެއިން 19،095 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2،406 މީހުންނަށް ފަރުވާދެމުން އަންނައިރު 125 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކުހެން 150އިން މަތީ އަދަދުތަކުން ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ސަބަބުން މާލެ ސަރަހައްގައި ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު އިރު އޮއްސި ހައެއްގެ ފަހުން އެއްގަމު އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ. ރޭގަނޑު 8ގެ ފަހުން ކެފޭ ރެސްޓޯރަންޓުތަކުން ޑައިން އިން ހިދުމަތް ދިނުން ބަންދުކޮށްފައިވާއިރު، ރޭގަނޑު 11ގެ ފަހުން ވަނީ ބޭރުގައި އުޅުން މަނާކޮށް ކަރފިއު އިއުލާންކޮށްފައެވެ.

މީގެ އިތުރަށް ގްރޭޑް 7އިން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ނިންމާފައިވާއިރު، މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަން ވެސް ވަނީ އަންގާފައެވެ.

މި ފިޔަވަޅުތަކަށް މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު ފާއިތުވި އެއް ހަފްތާއެއްހާ ދުވަސް ތެރޭގައި ކޭސްތައް އަންނަނީ މަޑުމަޑުން ދަށް ވަމުންނެވެ. އެގޮތުން ކޭސްތަކުގެ އަދަދު 100ން ދަށުގައި ހުންނަތާ ވެސް މިހާރު ވަނީ ދެ ދުވަސް ވެފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ބިންދާލިއިރު އެޗްޕީއޭއިން މަސައްކަތްކުރަމުން އައީ ދެވަނަ ލޮކްޑައުން އަކަށް ނުގޮސް ކޭސްތައް ކޮންޓްރޯލްކުރެވޭތޯއެވެ. އެޗްޕީއޭއިން ބުނިގޮތުގައި ރާއްޖެއަށް އައި ކޮވިޑް-19ގެ ފުރަތަމަ ރާޅާއި ދެވަނަ ރާޅުގައި ވެސް ނުފެންނަ ވަރަށް ތިން ވަނަ ރާޅުގައި ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީކޮވިޑް-19

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
02 ޖުލައި 2025

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
07 ޖޫން 2025

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް