Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިޑްރޮގްރަފިކް ސާވޭ

ހައިޑްރޮގްރަފިކް ސާވޭގެ ސަބަބުން ކުޅުދުއްފުށީގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމުގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެ: ކޯސްޓްގާޑް

14 މާރިޗު 2021 | އާދީއްތަ 14:07

މި ސާވޭގެ ދަށުން މަނަވަރާއި އޭގެ ބޯޓުތައް ބޭނުންކޮށްގެން ސަރަހައްދުގެ ކަނޑުގެ ފުންމިން ދެނެގަނެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 މާރިޗު 2021 | އާދީއްތަ 14:07
ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދު،

ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދު،

ކުޅުދުއްފުށި ސަރަހައްދުގައި ދިވެހިރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދިޔަ ހައިޑްރޮގްރަފިކް ސާވޭގެ ސަބަބުން ކުޅުދުއްފުށީގައި ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމުގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެ ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފިއެވެ.

ހާދާލު އަތޮޅު ހިރިނައިދޫ އާއި ކުމުންދޫ ގެ މެދުގައިވާ ސަރަހައްދުގެ ތެރެއިން 423 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ސާވޭކޮށްފައެވެ. މި ސާވޭގެ ސަބަބުން ކުޅުދުއްފުށި ބަނދަރާއި، އެންކޯރާޖް އަދި ކައިރި ސަރަހައްދުތަކުގެ ތަފްސީލީ ޗާޓު ކުރެހުމަށް މަގުފަހިވެގެންދާނެއެވެ. މި ސަހަރައްދުގައި މިފަދަ ސާވޭއެއް އެންމެ ފަހުން ކުރިއަށްގެންދެވިފައިވަނީ 1835 ގައެވެ. އަދި އެ ސާވޭއިން ލިބުނު ޑޭޓާ މިއަދާއިހަމައަށް އަންނަނީ ބޭނުން ކުރެވެމުންނެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއާއި އިންޑިއާ ގުޅިގެން ކުރެވުނު މި އައު ސާވޭއަށް އަލިއަޅުވާލައި ކޯސްޓްގާޑުން ބުނީ މި ސަރަހައްދުގައި ނެވިގޭޝަން ފެސިލިޓޭޓް ކުރެވި، ކުޅުދުއްފުށީގައި ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމުގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ. މި ސާވޭގެ ދަށުން މަނަވަރާއި އޭގެ ބޯޓުތައް ބޭނުންކޮށްގެން ސަރަހައްދުގެ ކަނޑުގެ ފުންމިން ދެނެގަނެވި، މި ސަރަހައްދުގައިވާ 10 ރަށުގެ (ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި، ކުމުންދޫ، ކުނބުރުދޫ، ކޭލަކުނަ، ކައްޓަލަފުށި، ކުރިނބި، ހިރިނައިދޫ، އަދި މުއިރި) ތަފްސީލީ ޗާޓު ކުރެހި، ސަރަހައްދުގެ ކަނޑު އޮއިގެ ޕެޓާންތައް ދެނެގަނެވުނު ކަމަށެވެ.

ކޯސްޓްގާޑުން ބުނީ ކުޅުދުއްފުށީގެ ބޭރުން ބޮޑެތި މަނަވަރުތަކާއި ނައުފަހަރު ބަނދަރުކޮށް އެންކޮރާޖް އެއްގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާ ފަދަ ކަނޑުއަޑީގެ އޮބްސްޓްރަކްޝަންއެއް ނެތް ސަރަހައްދެއް ހޯދިފައިވާ ކަމަށެވެ. އަދި ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި އަދި ކުމުންދޫއަށް ވަންނަ ނެރު ދެނެގަނެވިފައިވާ ކަމަށާއި، ޔޮޓުތަކާއި ބޯޓުތަކަށް ފަސޭހައިން ނެވިގޭޓް ކުރެވޭނެހެން ޗާޓުތަކުގައި ވަކިކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން މި ސަރަހައްދަށް އަންނަ އުޅަނދުފަހަރަށް ދަތުރުފަތުރުގައި އަދި ނެވިގޭޝަންގައި ފަސޭހަވެ، މި ސަރަހައްދަށް އަންނަ ޔޮޓުތަކުގެ އަދަދު އިތުރުވެގެންދާނެއެވެ. އަދި ފަރަށް އެރުމުގެ ނުރައްކަލާއި ކުރިމަތި ނުލާ ރަށްރަށާއި ކައިރިވެވޭހެން ރަށްތަކުގެ ވަށައިގެންވާ ފަރުތަކުގެ ސަރަހައްދުވެސް ސާފުކޮށް ޗާޓުތަކުގައި ހިމެނިގެންދާނެ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

ކުޅުދުއްފުށި ސަރަހައްދުގެ ސާވޭގެ އިތުރުން، މަނަވަރު ވަނީ ތިލަދުންމަތި ދެކުނުބުރިން ފެށިގެން މިލަދުންމަޑުލު އުތުރުބުރި އާއި ހަމައަށް ހިމެނޭ ސަރަހައްދުގެ (ގާތްގަނޑަކަށް 4068 އަކަ ކިލޯމީޓަރު) ސާވޭވެސް ފުރިހަމަކޮށްފައެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ ރަށްތަކުގެ ނެރުތަކާއި ފަޅުތައް ދެނެގަނެވޭނެ ކުޑަ ސްކޭލް ޗާޓެއް ކުރިމަގުގައި ޝާއިއު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

މީގެ އިތުރުން ކޯސްޓްގާޑުން ބުނީ މަނަވަރު އެސަރަހައްދުގެ ދިޔަވަރުގެ ކުޑަބޮޑުމިން ދެނެގަނެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ދިޔަވަރާއި، ދިޔަވަރާއި ގުޅޭ ޑޭޓާ މިންއެޅުމާއި ދެނެގަތުން ފަސޭހަވެގެންދާނެ ކަމަށާއި، މިއީ ކަނޑުދަތުރުފަތުރަށާއި ކޯސްޓަލް ޑިވެލޮޕްމެންޓް އަށް މުހިންމު މައުލޫމާތެއް ކަމަށެވެ.

އިގްތިސާދީ ކުރިއެރުން ލިބޭނެކަން ފާހަގަކޮށް ކޯސްޓްގާޑުން ބުނީ ރާއްޖެ ފަދަ ކަނޑާއި ގުޅިފައިވާ ގައުމެއްގެ އިގްތިސާދު ބިނާވެގެން ވަނީ ކަނޑުގެ ވިޔަފާރިއާއި ހަރަކާތްތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށި ސަރަހައްދުގެ ކަނޑުގެ ޗާޓުތައް އާންމު ކުރެވުމުން ރާއްޖޭގެ އުތުރުގެ ހިސާބުގެ ކަނޑު ތަކުގައި ދަތުރުފަތުރު ކުރުމުގައި އަދި ނެވި ކަމުގައި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި ގައުމުގެ ވިޔަފާރިތައް އިތުރަށް ފުޅާ ވެގެންދާނެ ކަމަށާއި، މިސަރަހައްދުތައް ރަގަޅަށް ޗާޓު ކުރެވުމުން ބޯޓު ފަހަރު ފުރިހަމައަށް ބަރުކުރެވި، ލޮޖިސްޓިކަލް ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

މީގެ އިތުރުން ކޯސްޓްގާޑުން ބުނީ ކުރު އަދި ދިގު ދަތުރުތަކުގެ ވަގުތާއި ފައިސާ ސަލާމަތް ކުރެވެން ފެށުމުގެ ސަބަބުން ބޮޑެތި އުޅަނދުފަހަރު ބޭނުންކޮށްގެން އިގްތިސާދު ކުރިއެރުވޭނެ ކަމަށާއި، އެސް.އޯ.އެލް.އޭ.އެސް ކޮންވެންޝަންގެ ފަސް ވަނަ ބާބުގައި ވާގޮތުގެ މަތިން، މިހާރު ކަނޑު އުޅަނދުފަހަރު ތަކުގައި އެމީހުންގެ ދަތުރުފަތުރުތަކަށް ބޭނުންވާ ޗާޓުތައް ބެހެއްޓޭނެ ކަމަށެވެ. އައު ޗާޓުތައް ބޭނުންކޮށްގެން ބައިނަލްއަގްވާމީ ކޮންވެންޝަންތަކުގެ ރޫޓިން ސިސްޓަމްތައް ހެދުމަށް މައުލޫމާތު ހޯދައި، އަދި ރާއްޖޭގެ އިގްތިސާދީ މަސްލަހަތައް ބޭނުން ކުރެވިދާނެއެވެ. އެހެންކަމުން އަޕްޑޭޓް ކުރެވިފައިވާ ހައިޑްރޮގްރަފިކް މައުލޫމާތުގެ ސަބަބުން ޗާޓުތައް ސީދާވެ އިތުރަށް ފުރިހަމަވެ އަތޮޅުތަކުގެ އިގްތިސާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

އެމްއެންޑީއެފްކުޅުދުއްފުށި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް