Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ލެވަންޑޯސްކީގެ ލަނޑާއެކު ބަޔާނަށް މޮޅެއް

ލެވަންޑޯސްކީ ވަނީ ލީގުގައި 268 ވަނަ ލަނޑު ޖަހާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 މާރިޗު 2021 | އާދީއްތަ 07:20
ބްރެމެން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 3-1 ން

ބްރެމެން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 3-1 ން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ލަނޑު ޖެހި މެޗުން ވާޑާ ބްރެމެން އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ބްރެމެން އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާނުން ލީޑު ނަގާފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއޯން ގޮރެޓްޒްކާއެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. މީގެ އިތުރުން މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު ލެވަންޑޯސްކީ ޖަހައިދިނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި މެޗުގައި ބްރެމެނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިނެމް ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ނިކްލަސް ފުލްކާގެވެ.

މި މެޗުގައި ލެވަންޑޯސްކީ ލަނޑު ޖެހިއިރު، މިއީ ޖަރުމަން ލީގުގައި އޭނާ ކާމިޔާބުކުރި 268 ވަނަ ލަނޑެވެ. އެއާއެކު ލީގުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ފިޗާ ހަދާފައިވާ ރިކޯޑާ ލެވަންޑޯސްކީ ވަނީ އެއްވަރުކޮށްފައެވެ. އެހެންކަމުން ލެވަންޑޯސްކީ އަށްވުރެ ގިނައިން ޖަރުމަން ލީގުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއަކީ ކުރީގެ ފޯވާޑް ގާޑް މުލާއެވެ. މި ލިސްޓުގެ ކުރީގައި މުލާ އޮތީ 365 ލަނޑު ޖަހައިގެންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބަޔާން މޮޅުވިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ބަޔާނަށް ކުޅުނު 25 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް ވަނީ 24 މެޗުން 53 ޕޮއިންޓް ލިބިފައެވެ. މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ހާތާ ބާލިން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ބޮރޫޝިއާ ޑޯޓްމުންޑް ވަނީ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ.

ޖަރުމަން ލީގުބަޔާން މިއުނިކްރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު