Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމުމްބާއީއަށް ސީދާ ދަތުރުތައް ފެށުން

މޯލްޑިވިއަން އިން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މުމްބާއީއަށް ސީދާ ދަތުރުތައް ފަށަނީ

14 މާރިޗު 2021 | އާދީއްތަ 07:22

ސީދާ ދަތުރުތައް ފަށަނީ އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 މާރިޗު 2021 | އާދީއްތަ 07:22
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަނީ

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަނީ

މޯލްޑިވިއަން އިން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މުމްބާއީ އަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން މިކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ ސީދާ ދަތުރުތައް ފަށަނީ އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ކަމަށާއި މޯލްޑިވިއަން އިން ކޮންމެ ހަފްތާއަކު ތިން ފްލައިޓް މުމްބާއީއަށް ބާއްވާނެ ކަމަށެވެ. އަދި ކުރިއަތް އޮތް ތާނގައި އިންޑިއާގެ އިތުރު މަންޒިލްތަކަށް ވެސް މާފަރު އިންޓަރނޭޝަނަލް އިން ދަތުރުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ މާފަރު ހިމެނޭ ހަތަރު އަތޮޅަށް ސްޕީޑް ބޯޓުގައި ގަޑިއިރަކުން ފަތުރުވެރިން ގެންދެވޭނެ ކަމަށާއި މި ފުުރުސަތުގެ ބޭނުން ގެސްޓް ހައުސްތަކުން ރަނގަޅަށް ހިފުމަށެވެ. މިއަދާ ހަމައަށް 211 ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ އުންމީދަކީ ސީދާ ދަތުރުގެ ސަބަބުން މާފަރުގައި ވެސް ފަތުރުވެރިކަން އިތުރަށް ފުޅާވެގެން ދިޔުން ކަމަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މުމްބާއީ އަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާއިރު މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މާފަރު އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަބޫދާބީ ފަންޑުން އެޕްރޫވަލް ލިބި، ފެބްރުއަރީ 28 ވަނަ ދުވަހު ޓެންޑަރިންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިއާއެކު އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 ރައީސް ޞާލިހް ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއަރޕޯޓްކަމަށެވެ.

އެގޮތުން، 2019 ވަނަ އަހަރު އެކަނިވެސް އިންޓަރނޭޝަނަލް 229 ފްލައިޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާއިރު، 2021 ވަނަ އަހަރުގެ ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ފާއިތުވި އަހަރު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ބޯޑަރު އަލުން ހުޅުވާލިއިރު، އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭ ޚިދުމަތްތަކާ އެކު މާފަރު އެއަރޕޯޓް ހުޅުވާފައިވާއިރު ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ޚިދުމަތްދޭން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އަދި މިހާރު މާފަރު އެއަރޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫޢުއެކެވެ. އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ. 

މޯލްޑިވިއަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
26 އޮކްޓޯބަރު 2025

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި
23 ސެޕްޓެމްބަރު 2025

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
03 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި
02 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!

02 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!
07 ޖޫން 2025

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

07 ޖޫން 2025
އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި
12 އޮކްޓޯބަރު 2024

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި
15 މާރިޗު 2024

މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު

15 މާރިޗު 2024
މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް