Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެކަށީގެންވާ ވަގުތާއި ވަސީލަތްތަކުގެ ހައްޤު ނިޒާމީ ސިފައެއްގައި ކުރިން ނިގުޅައިގަތަސް އެ ހައްޤު މިހާރު އޮތީ އިޔާދަކޮށްފައި: އޭޖީ

އެ ދުވަހު ކޯޓުތަކުގެ އަމަލުތައް ހުރި ގޮތުން ވަކީލެއްގެ ހައިސިއްޔަތުން ލަދުވެތިވާން ޖެހުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 މާރިޗު 2021 | އާދީއްތަ 03:15
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެކަށީގެންވާ ވަގުތާއި ވަސީލަތްތަކުގެ ހައްޤު ނިޒާމީ ސިފައެއްގައި ކުރިން ނިގުޅައިގަތަސް އެ ހައްޤު މިހާރު އިޔާދަކޮށްފައިވާ ކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު, ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ދޫނިދޫއަށް ދިޔައިރު ކަން ހިނގައި ދިޔަ ގޮތުގެ ވާހަަކަތައް ޤާނޫނީ ވަކީލް މަހްފޫޒް ސައީދު އަމިއްލަ ބްލޮގްގައި ހިއްސާ ކުރެއްވުމާ ގުޅިގެން، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ އެ ދުވަހަކީ ކޯޓުތަކުގެ އަމަލުތައް ހުރި ގޮތުން ވަކީލެއްގެ ހައިސިއްޔަތުން ލަދުވެތިވާން ޖެހުނު ދުވަހެއް ކަމަށާއި، އެ ދުވަސް މިއަދު މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި އެކަށީގެންވާ ވަގުތާއި ވަސީލަތްތަކުގެ ހައްޤު ނިޒާމީ ސިފައެއްގައި ކުރިން ނިގުޅައިގަތަސް އެ ހައްޤު މިހާރު އިޔާދަކޮށްފައިވާ ކަމަށާއި ހާމަކަމާއި ހަމަހަމަކަމާއެކު އިންސާފު ލިބިދިނުމުގެ އިތުރަށް އެ މޭރުމުން އެކަން ހިނގާކަން ކޮންމެ މީހަކަށް މެ އިހްސާސް ކުރެވުމަކީ ގެއްލިފައި އޮތް އިތުބާރު އިޔާދަވެގެން ދިޔުން ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.

ތާރީހަށްޓަކައި: ރައީސް މުހައްމަދު ނަޝީދުގެ ހުލާސާ ބަޔާން މި ނަމުގައި އަމިއްލަ ބްލޮގްގައި މަހްފޫޒް ސައީދު ވިދާޅުވީ 12 މާޗް 2015 ދުވަހު ރައީސް ނަޝީދުއާ ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ދޫނިދޫއަށް ދިޔަ ކަމަށާއި ވަކީލުންގެ ފަރާތުން ރައީސް ނަޝީދަށް އޮތީ ދެރަ ޚަބަރެކެވެ. އެއީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކާލާތުކުރުމަށް އެއްވެސް ވަކީލަކަށް ކޯޓަށް ވަޑައިގެންނެވެން ނެތް ވާހަކަ ކަމަށެވެ. ސަބަބަކީ ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތްކުރެވޭނޭ އެކަށީގެންވާ މާހައުލެއް ނެތުން ކަމަށެވެ.

22 ފެބުރުއަރީ 2015 ދުވަހު ރައީސް ނަޝީދު ހައްޔަރުކޮށް އިރުކޮޅެއްގެ ތެރޭގައި ކުރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. ވަކީލެއްގެ ފުރުސަތު ލިބިދިނުމެއްނެތި ބަންދާމެދު ގޮތެއް ނިންމީ، އަޑުއެހުން ބޭއްވުމުގެ 2 ދުވަސް ކުރިން ވަކީލު ފޯމު ހުށަހަޅަންޖެހޭނޭ ކަމަށް ކުރިމިނަލް ކޯޓުގެ ގަވާއިދެއްގައި ބުނާއިރު އެ ގޮތަށް ފޯމު ހުށަހަޅާފައިނުވާތީކަމަށް ބުނެއެވެ. 22 ފެބުރުއަރީ ގައި ރައީސް ނަޝީދު ހައްޔަރުކުރާނޭކަމާއި، އެރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނޭކަން ވަކީލުންނަށް އެނގޭނޭ ގޮތެއް ނޯންނާނެއެވެ.

މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބިދީފައެއް ނުވެއެވެ. ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިދިނުމަކީ ހަމަ ކޮންމެ މީހަކަށްމެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. އެ ހައްގު ރައީސް ނަޝީދަށް ލިބިދީފައެއް ނުވެއެވެ. 19 ދުވަސް ވަންދެން ހަމަ ކޮންމެ ދުވަހަކު ޝަރީއަތް ކުރިއަށް ގެންދެއެވެ. ލިޔެކިޔުންތައް ބަލާލައި ޝަރީއަތަށް ތައްޔާރުވުމަށް ވަގުތު ދިނުމަށް އެދުމުން ފަނޑިޔާރުން ނިންމެވީ، އެ މައްސަލައަކީ 2012 ވަނަ އަހަރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހެޅުނު މައްސަލަ ކަމަށް ވާތީ، ވަކީލުންނަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށް ދެކޭ ކަމަށެވެ. އެހެންނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނީ އެ ހާދިސާއާ ގުޅޭ އެހެން ދައުވާއެކެވެ. އެކަން ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

12 މާޗް 2015 ދުވަހު ދޫނިދޫގައި ބޭއްވުނު އެ ބައްދަލުވުމަށް ފަހު މައްސަލައިން ތަނާޒުލުވީކަމުގެ ލިޔުން ކުރިމިނަލް ކޯޓަށް ފޮނުވާނޭ ވާހަކަ ވަކީލުން ދެންނެވުމުން ރައީސް ނަޝީދު އެކަމުގެ ހުއްދަ ދެއްވިއެވެ. އެހެންނަމަވެސް، ހުކުމުގެ ކުރިން ފާހަގަކުރަން ހުރި ގާނޫނީ ނުކުތާތައް ފާހަގަކުރުމަށް އިތުރު ވަގުތު ލިބޭތޯ ފަނޑިޔާރުން އަރިހުން އެދިވަޑައިގަންނަވާނޭ ވާހަކަ ވިދާޅުވިއެވެ. އަދި އެކަމަށް އެދިވަޑައިގެން ހުށަހަޅުއްވާނޭ ބަޔާނެއް ރައީސް ނަޝީދު އަމިއްލަފުޅަށް ލިޔުއްވިއެވެ. އެ ލިޔުމަށް ވަކީލުންގެ ފަރާތުން ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. އެހެންނަމަވެސް، އެ ލިޔުމުގައިވާ ވާހަކައެއްގެ އިތުރުން، މައްސަލައިގެ ހަގީގަތްތަކާއި، ހެކިންގެ ހެކިބަހާ ގުޅޭ ގޮތުން އިތުރު އެއްޗެއް ޝަރީއަތުގައި ވިދާޅުނުވުމަށް ވަކީލުންގެ ފަރާތުން ލަފާ އަރުވާފައިވާނެއެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ބަހައްޓާފައި ހުރި މައްސަލައިގައެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު 26 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މި ހުކުމް ބާތިލްކޮށްފައެވެ.

އޭޖީ އޮފީސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު