Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަޅުވަކަރު މިސްކިތް އަލުން ބިނާކުރުން

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

މިއީ ޝިފާނާގެ ހަޔާތުގައި ވެސް ކުރެވުނު އެންމެ ކާމިޔާބު މަސައްކަތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 މާރިޗު 2021 | ހުކުރު 02:24
ކަޅުވަކަރު މިސްކިތުގެ ޕްރޮޓެކްޓް މެނޭޖަރުކަމާ ހަވާލުވެހުރީ ސިވިލް އިންޖިނިއަރިންގ ދާއިރާއިން މަރސްޓަރސް ހާސިލްކޮށްގެން ހުރި އައިމިނަތު ޝިފާނާ،

ކަޅުވަކަރު މިސްކިތުގެ ޕްރޮޓެކްޓް މެނޭޖަރުކަމާ ހަވާލުވެހުރީ ސިވިލް އިންޖިނިއަރިންގ ދާއިރާއިން މަރސްޓަރސް ހާސިލްކޮށްގެން ހުރި އައިމިނަތު ޝިފާނާ،

ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ އެންމެ ފުރިހަމަ އެއް މަސައްކަތަކީ ކަޅުވަކަރު މިސްކިތެވެ. މިއީ ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ، އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ.

ރާއްޖޭގައި ކަޅުވަކަރު ބޭނުންކޮށްފައިވާ އެހެން މިސްކިތެއް ހުރި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ނަން މޮޅު ހައިވަކަރު ބައެއް މިސްކިތަކުގައި ބޭނުންކޮށްފައިވެއެވެ.

ކަޅުވަކަރު މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.

''ކަޅުވަކަރު މިސްކިތް''، މިހެން ބުނުމުން މިއީ ކޮން މިސްކިތެއްކަން ނޭނގޭ ދިވެއްސެއް ނުހުންނާނެއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ޚާއްސަ އެތައް ސިފަތަކެއް ލިބިގެންވާ މި މިސްކިތް ގެއްލުވާލުމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުންފާޅު ކުރިއެވެ. ނަމަވެސް މިއީ މި މިސްކިތް ރޫޅާލި ފުރަތަމަ ފަހަރެއް ނޫނެވެ. ތަރީޚަށް ނަޒަރު ހިންގާލުމުން، ކަޅުވަކަރު މިސްކިތް އެކި ފަހަރު މަތިން އެކި ތަންތަނަށް ބަދަލުކުރެވިފާވާ ކަން ފެންނާނެއެވެ.

މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ޗާންދަނީ މަގުގައެވެ. އެއަށްފަހު ދެން މިސްކިތް ހުރީ މަޖީދީމަގު ރަށްދެބައި މަގުގެ ކަންމަތީގައެވެ. އޭގެ ފަހުން 1978 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު މިސްކިތް ވަނީ އުވާލާފައެވެ. އަދި މިސްކިތް އުވާލެވުމާއެކު އޭރުގެ ސަރުކާރުން ވަނީ މިސްކިތް ނީލަމަށްލައި ފުރަނަ ރިސޯޓަށް ނުވަ ހާސް ހަތް ސަތޭކަ ފަނަރަ ރުފިޔާ ސައްބީސް ލާރި އަށް ވިއްކާލާފައެވެ.

ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން، ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ އާސާރި ތަނަކަށްވުމުން އެ މަނިކުފާނު ބޭނުންފުޅުވެގެން ފުރަނަ ރިސޯޓުން ވަނީ މިސްކިތް 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ސަރުކާރަށް ހަދިޔާ ކޮށްފައެވެ.

އެއަށްފަހު 1980 ވަނަ އަހަރު މިސްކިތް އަނބުރާ މާލެ ގެނަސް ސަލްޓަންޕާކްގައި ބެހެއްޓިއެވެ.

އޭގެ އަހަރުތަކެއް ފަހުން، 2016 ވަނަ އަހަރުގެ މެއި 8 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ވަނީ އަނެއްކާވެސް ރޫޅާލާއި ދިވެހިންގެ ލޯމަތިން ގެއްލުވާލާފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގަންނަވަމުން، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށްވި ވައުދުފުޅާއެކު ކަޅުވަކަރު މިސްކިތް އަލުން މާލެ ގެނެސް މިވަނީ ރާވާފައެވެ.

ތިން އަހަރު ދުވަހު ގެއްލިފައި ހުރުމަށްފަހު، އަލުން މިސްކިތް އަތުރާ ރޭވުމުގެ މަސައްކަތްކޮށްފައިވާ ވާއިރު، މިފަހަރުގެ މިސްކިތުގެ ރޭވުން ވަނީ އެތައް ގޮތަކުން ޚާއްސަވެފައެވެ. ސަބަބަކީ މިފަހަރު މިސްކިތް ރާވާއި އެތުރުމުގެ ޕްރޮޖެކްޓްގައި އިސް ދައުރެއް އަދާކުރީ ކުޅަދާނަ ދިވެހި ކަނބަލުންނަށް ކަމަށްވާތީއެވެ.

ޕްރޮޓެކްޓް މެނޭޖަރުކަމާ ހަވާލުވެހުރީ ސިވިލް އިންޖިނިއަރިންގ ދާއިރާއިން މަރސްޓަރސް ހާސިލްކޮށްގެން ހުރި އައިމިނަތު ޝިފާނާ އެވެ. މިސްކިތުގެ ކުރެހުންތަކާއި މިސްކިތް ރޭވުމަށް ކުރަން ޖެހޭ ލޮޖެސްޓިކް، އިދާރީ އަދި ފައިނޭންސްގެ ގިނަ މަސައްކަތެއް ކޮށްފައި ވަނީވެސް ހަމަ ކުޅަދާނަ ކަނބަލުންތަކެކެވެ.

އަންހެން ބޭކަނބަލެއްގެ ބެއްލެވުމުގެ ދަށުން ހިންގަވާ ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ޝިފާނާގެ އަތްމައްޗަށް މިޕްރޮޖެކްޓް ދޫކޮށްލީ ވަރަށް ވެސް އިތުބާރާއެކުއެވެ. ޝިފާނާ ފާހަގަކުރި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ކަޅުވަކަރު މިސްކިތުގެ އަސްލު ނުގެއްލޭނެ ގޮތަށް މިސްކިތް އަތުރާލުމަށެވެ. އެގޮތުން ގާތައް އެތުރުމުގައި ވީހާވެސް ބޮޑަކަށް ހިންމިތައް ހިމުންކޮށް ވީ އެންމެ ފުރިހަމައަށް މިސްކިތް ރޭވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ.

ޝިފާނާ ދެކޭ ގޮތުގައި މިއީ އޭނާގެ މުޅި މަސައްކަތުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމެވެ. ހިރިގަލުން އަތުރައިގެން މިހާރު އިމާރާތްތައް ނުކުރާތީ، ދެވަނަ ފަހަރަށް މިކަހަލަ ޕްރޮޖެކްޓެއްގެ މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ތަފާތު އުދަނގޫ މަސައްކަތެއް ނަމަވެސް، ކަޅުވަކަރު މިސްކިތަށް ބަލާލުމުން އެއީ ކާމިޔާބު ޕްރޮޖެކްޓެއްކަން ކަށަވަރުވެގެންދާނެއެވެ.

ޝިފާނާ ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދިއުމަށް އަންހެނުންނަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި 2016 ވަނަ އަހަރު އޭނާ އަމަލީ މައިދާނަށް ނުކުމެ މަސައްކަތްކުރަން ފެށުމުން ތަފާތު ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި، މިހާ ހިސާބަށް އާދެވުމާ އެކު، ކުރިއަށް އޮތްތަނުގައި އިތުރު އަންހެން ކުދިން މިދާއިރާއަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، އާއްމުން ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ބުނެއެވެ.

ސިވިލް އިންޖިނިއަރިންގެ ދާއިރާއަކީ ވެސް އަންހެނުންނަށް ކުރިއަށް ދެވޭނެ ފަހި މުސްތަގުބަލެއް އޮތް ދާއިރާއެއްކަން ފާހަގަކޮށް ޝިފާނާ ވަނީ އަންހެނުން ކުރަމުންދާ މަސައްކަތްތަކަށް އަބަދުވެސް ސުވާލު އުފައްދާ ބަޔަކު ތިބޭނެ ކަމަށް ބުނެފައެވެ. އަދި ޚާއްސަކޮށް އިމާރާތް ކުރުން ފަދަ ކަންކަމަކީ އަންހެނަކަށްވީތީ ނުކުރެވޭނެ ކަމެއްކަން ނުވަތަ އަންހެނުންނަކީ މިފަދަ ދާއިރާއެއްގައި މަސައްކަތްކުރަން ނާގާބިލް ބައެއްކަމަށް ދެކޭ މީހުން އުޅޭ ކަމަށެވެ.

ނަމަވެސް ކޮންމެ އަންހެނަކީވެސް ހުވަފެންތައް ހަގީގަތަކަށް ހެދޭނެ މީހެއް ކަމަށާއި އުންމީދު އެލުވާނުލައި މަސައްކަތްކޮށްފި ނަމަ އެހުވަފެންތައް ހަގީގަތަކަށް ވާނެ ކަމަށް ޝިފާނާ ގަބޫލުކުރެއެވެ.

ތެދެކެވެ! މިއަދު ދިވެހިން އެމިސްކިތަކަށް ފަހުރުވެރުވެރިވާ ކަޅުވަކަރު މިސްކިތް މިޖީލަށް ގެނެސް އެދިނީ އަންހެނުންގެ ޓީމަކުން އިސްވެތިބެގެންނެވެ. ދިވެހިންގެ ތަރިކަ ހިމާޔަތްކޮށް ދީފައި މިވަނީ އެޓީމުންނެވެ.

އެހެންކަމުން އަންހެނަކަށް ވީތީ ވަކިކަމެއް ނުކުރެވޭނެއޭ ބުނެވޭކަށް ނެތެވެ. އަންހެނުންނަކީ ކުޅަދާނަ، ހާސިލްކުރަން ބޭނުންވާ ކަންތައް ހާސިލްކުރެވޭނެ ބައެއްކަން ޝިފާނާ މިވަނީ ސާބިތުކޮށްދީފައެވެ. މިފަދަ ކުޅަދާނަ އެތައް ކަނބަލުންނެއް މި ދިވެހި މުޖުތަމައުގައި އެބައުޅެއެވެ.

ކަޅުވަކަރު މިސްކިތްޝިފާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

25 އެޕްރީލު 2019
އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

08 މާރިޗު 2019
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

13 ނޮވެމްބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު