Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. މަޖީދު

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

އެމަނިކުފާނު އަވަހާރަވީ ސްރީލަންކާގައި އަންގާރަ ދުވަހުގެ ވަގުތެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 23 މެއި 2018 | ބުދަ 09:50
ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ

ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ

މަރުދުވަހާއި ހަމައަށް ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތް ކުރެއްވި ލޮބުވެތި އުސްތާޛް ޑރ އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވި ޚަބަރު އެހީ ވަރަށް ހިތްދަތިކަމާއި ފުންހިތާމައާއި އެކުގައެވެ.

އެމަނިކުފާނަށް ޖަންނަތުލް ފިރްދައުސްގެ މާތް ނިޢުމަތް މިންވަރު ކުރައްވާށި. އާމީން!

އަޅުގަނޑު، ބާރީ އުސްތާޛް އެންމެ ފުރަތަމަ ދަންނަން ފެށީ ސިޔާސީ ދާއިރާއިންނެވެ. އޭގެ ފަހުން މުދައްރިސެއްގެ ގޮތުގައެވެ. ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލޯ އެންޑް އިސްލާމިކް ސްޑަޑީޒްގެ ސީނިއާ ލެކްޗަރަރއެއްގެ މަޤާމު ގައި މަސައްކަތް ކުރެއްވި ބާރީ އުސްތާޛަކީ ހިތްތިރިކަމުގެ ނަމޫނާއެކެވެ. އެންމެ ފުރަތަމަ ދުވަހު ކުލާހަށް ވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވެމުން ފާހަގަވީ އެކަމެވެ. ބާރީ އުސްތާޛްގެ މަޑުމައިތިރިކަމާއި ދަރިވަރުންނާއި މެދު ބަހައްޓަވާ ލޯތްބާއި އަޅާލުމަކީ ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެކަންކަމެވެ.

އުސްތާޛް އަބަދުވެސް އިސްކަންދެއްވާ އެއް ކަމެއް އޮވެއެވެ. އެއީ ކޮންމެ ފިލާވަޅެއް ވެސް ނިމުމުން އެ ފިލާވަޅެއް ދަރިވަރުންނަށް ފުރިހަމައަށް އެނގުނުތޯ އަބަދުވެސް އެއްސެވުމެވެ. އަދި ނޭނގޭނަމަ ސުވާލުކުރުމަށް ވިދާޅުވާނެއެވެ. ދަރިވަރެއް ސުވާލުކޮށްފިނަމަ، އެ ދަރިވަރަކަށް އޮޅުންއަރާ ކަމެއް ކިޔައިދެއްވުމަށް ފަހު، އޮޅުން ފިލައިފިތޯ ސުވާލުކުރައްވާނެއެވެ.

ޚާއްސަކޮށް ޝަރުއީ ދާއިރާގެ ފިލާވަޅުތައް ނަންގަވައިދެއްވާއިރު އާންމުކޮށް ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ހަދީޘްތައް ވިދާޅުވެދެއްވަނީ، އެއްޗެއް ބަލައިގެނެއް ނޫނެވެ. އަދި އެފަދައިން ކިޔައިދެއްވާއިރުވެސް މަދުން ނޫނީ ލެކްޗަރާއަކަށް ކިޔައި ނުދެއްވޭފަދަ ފަސޭހަފުޅު ގޮތަކަށެވެ. ކިޔަވައިދެއްވާއިރު އަމިއްލަފުޅު ރައުޔުތައް ކުރިއަށް ނެރުއްވުމުގެ ބަދަލުގައި އަބަދުވެސް ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުން ހެކި ދެއްކެވުމަށް އިސްކަމެއް ދެއްވައެވެ.

ބާރީ އުސްތާޛް ފާހަގަކުރެވެނީ ދަރިވަރުންނަށް އެހީވެދެއްވުމުގައި ދެވަނައެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ. އެސައިންމަންޓް ފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މަޢުލޫމާތު ދަރިވަރަކަށް ނުލިބިގެން އުޅޭނަމަ، އަމިއްލައަށް އިސްނަންގަވައިގެން އެ ދަރިވަރަކަށް އެ މަޢުލޫމާތު، ނުވަތަ އެ މަޢުލޫމާތު ހުރި ފޮތްތަކާއި ލިޔުންތައް ހޯއްދަވައިދެއްވައެވެ. ނުވަތަ އެފަދަ ތަކެތި ހޯދުމުގައި އެހީތެރިވެލައްވައެވެ. ކޮންމެ ދަރިވަރަކާއި މެދުގައިވެސް ކަންތައް ކުރައްވަނީ އެގޮތަށެވެ. ވަކި ކުއްޖަކު ތަފާތު ނުކުރައްވައެވެ. އުސްތާޛަކީ ހުރިހާ އިރެއްގައިމެ ދަރިވަރުންނަށް އެހީތެރިވެލެއްވި ވަރަށް ހިތްތިރި ބޭފުޅެކެވެ. އަދި ދަރިވަރުންގެ އަޑު އައްސަވައި ދަރިވަރުންނާއި ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ވާހަކައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކްލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެއްކޮށްލައި، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ނަމަށް ބަދަލުކޮށް ކިޔަވައި ދޭން ފެށީ މިއަހަރުއެވެ. މި ބަދަލާއި ގުޅިގެން ބައެއް ކްލާސްތަކަށް ދެގަޑި ދެމެދުގައި ބޮޑު ބްރޭކެއް ލިބޭ ގޮތަށް ހަމަޖެހުނެވެ. އެގޮތަށް ހަމަޖެހުނު ނަމަވެސް، އެއީ ބޭކާރު ވަގުތުތަކެއްކަމަށް ދަރިވަރުން އުސްތާޛް އަރިހުގައި ދެންނެވިއެވެ. އަދި ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅައިގެން އެކަމަށް ހައްލެއް ނުލިބުނު ވާހަކަވެސް ދަރިވަރުން އުސްތާޛާއި ހިއްސާ ކުރިއެވެ.

އެދުވަހު އުސްތާޛް ވިދާޅުވީ އެފަދަ ކަންކަމަކީ މުދައްރިސުންނަށް އޭގެމައްޗަށް ބާރުހިންގޭ ކަންކަން ނޫން ކަމަށާއި، ނަމަވެސް އެކަމަށް ހައްލެއް ހޯދޭތޯ އިސް ފަރާތްތަކާއި މަޝްވަރާ ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމުގައި ދަރިވަރުންނަށްޓަކައި ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އުސްތާޛް އެފަދައިން ވިދާޅުވި ހަފްތާ ތެރޭގައި ކަމާއިބެހޭ އިސް ފަރާތްތަކަށް ދަންނަވައި އެ ހަފްތާ ތެރޭގައި އެކަން ހައްލު ކޮށްދެއްވިއެވެ.

އުސްތާޛް ނެތިދިއުމަކީ ތައުލީމީ ދާއިރާއަށް ލިބުނު އަގުނުކުރެވޭ ފަދަ ގެއްލުމެކެވެ. ދަރިވަރުންނާއި ނުހަނު ކައިރިން މަސައްކަތް ކުރައްވި އުސްތާޛް ނެތި ދިއުމަކީ އެމަނިކުފާނު ކިޔަވައިދެއްވި ކޮންމެ ދަރިވަރަކަށްވެސް ފުން ހިތާމައެއް ގެނުވި ކަމެކެވެ.

ދުޢާއަކީ މާތް ﷲ ބާރީ އުސްތާޛަށް ޖަންނަތުލް ފިރްދައުސްގެ މާތް ނިޢުމަތް މިންވަރު ކުރައްވައި، އުސްތާޛުގެ އާއިލާއަށް ހިތްވަރު ދެއްވުމެވެ. އާމީން!

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޔަކަށް ޒައީމު ގެއްލިއްޖެ

ބަޔަކަށް ޒައީމު ގެއްލިއްޖެ

08 ފެބުރުއަރީ 2018
ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

05 ފެބުރުއަރީ 2018
ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

03 ޖެނުއަރީ 2018
ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު