Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގާޑިޔާ ކެފޭ

ގާޑިޔާ ނެތިގެން މަސްކާށި ނުކެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

ގާޑިޔާ ކެފޭއިން ގާޑިޔަލަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 12:58
ގާޑިޔާ ކެފޭއިން ލިބެން ހުންނަ މަސްކާށި ޓްރޭއެއް

ގާޑިޔާ ކެފޭއިން ލިބެން ހުންނަ މަސްކާށި ޓްރޭއެއް

ބޮޑުތަކުރުފާނު މަގަށް ނުކުމެލުމުން މިހާރު އެންމެ ހިތްދަތިވަނީ މީގެ އަހަރުތަކެއް ކުރިން މަގުގެ އެއް ފަރާތުން ފެންނަން ހުރި ގާޑިޔާތައް ފެންނަން ނެތުމުންނެވެ. ހަވީރު ފިންޏަށް ހިނގާލަން ނުކުމެ، ގާޑިޔާލެއްގެ ކައިރިއަށް ގޮސްނުލާ އަނބުރާ ގެއަކަށް ނުދެވެއެވެ. ރޭގަނޑު ދެމަފިރިން ދުއްވާލަން ނުކުތަސް، މިސްރާބު ޖަހާނީ ހަމަ ގާޑިޔަލެއް ދޮށަށެވެ. ކަމާކަންފަށައި ގާޑިޔަލަށް ދާން ގެއިން ނިކުންނަ މީހުންވެސް މަދެއް ނުވާނެއެވެ.

މީރު ބިލަތްގަނޑެއް ކާލަން ވިޔަސް، އަދި ކުރުނބާ ބޯން ބޭނުން ވިޔަސް އެންމެ ފުރަތަމަ ދާން ބޭނުންވާނީ ގާޑިޔަލަކަށެވެ. ގްރޫޕް ހަދާލާފައި އެންމެ ދާން ބޭނުންވާނީ މަސްކާށި ނުވަތަ މަޖާ ކާށެވެ. ގާޑިޔަލަށްދާ ވަކި އުމުރުފުރައެއް ނެތެވެ. މަސްކާށި ކާން ވީމާ ކުޑައެއް ބޮޑެއް، ޒުވާނެއް މުސްކުޅިއެއް ނޯވެއެވެ.

ގިނަ ސަބަބުތަކަކާ ހުރެ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވިފައި ހުރި ގާޑިޔާތައް ވަނީ މިހާރު ނަގާފައެވެ. ހަވީރު ގަޑީގައި ކުރުނބާ ބޯން ދާނެ ގާޑިޔަލެއް އަދި ދުފުންގަޑެއް ހޯދާލަން ކައިރިކޮށްލާނެ ގާޑިޔަލެއް ނެތުމުން އެކަމާ އެތައް ބަޔަކު ހިތާމަކުރެއެވެ. ރޭގަނޑު ގްރޫޕް ހަދާލާފައި މަސްކާއްޓާއި މަޖާ ކާން ނުދެވޭތީ ގިނަ ބަޔަކު ތިބީ މާޔޫސްވެފައެވެ.

ނަމަވެސް މިހާރު މި ވަނީ މިކަމަށް ހައްލެއް ލިބިފައެވެ. ގާޑިޔާތަކުން ލިބޭނެ ހުރިހާ ޚިދުމަތަކާއިއެކު ގާޑިޔާ ކެފޭއެއް ވަނީ ހުޅުވާފައެވެ. ގާޑިޔާ ކެފޭއިން ބުނާ ގޮތުގައި ކެފޭ ހުޅުވައި ގާޑިޔާއިން ލިބޭ ޚިދުމަތްތައް ކެފޭއިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެންމެ އިސްކަމެއް ދިނީ ގާޑިޔާތަކުގެ ސާފުތާހިރުކަމާމެދު އުފެދޭ ސުވާލުތައް ހުއްޓުވައި ކެފޭގެ ޚިދުމަތްތައް ވީހާވެސް ސާފުތާހިރުކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ. ޚާއްސަކޮށް މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭއިރު، ސާފުތާހިރުކަމަކީ އެންމެ ޚާއްސަ އިސްކަމެއްދޭ ކަންތައްކަމަށް ގާޑިޔާ ކެފޭއިން ފާހަގަކުރެއެވެ.

ގާޑިޔާއިން ލިބޭ ޚިދުމަތްތައް ކެފޭއިން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާއިރު، ގާޑިޔާ ކެފޭގެ އެންމެ ބޮޑު އެއް އަމާޒަކީ ވީހާވެސް އަގު ހެޔޮކޮށް، ހުރިހާ އުމުރުފުރާއަކަށްވެސް ފަސޭހައިން ހޯދޭނެ އަގުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. ގާޑިޔާތަކުން ލިބެން ހުރި ތަފާތު ބާވަތްތައް އަގުގެ ތަފާތުތައް ނެތި ކެފޭއިން ފޯރުކޮށްދެއެވެ.

ގާޑިޔާ ކެފޭއަށް ވަނުމުން އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނަނީ ކުރުނބާތައް ބަހައްޓާފައި ހުރި ގާޑިޔާއެވެ. މާބޮޑު ނޫނަސް ކެފޭގެ ގާޑިޔާއިން ކުރުނބާ ލިބޭނެއެވެ. ވީހާވެސް އަވަހަށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ގާޑިޔާ ކެފޭއިން ކުރުނބާ ހަދަން ގެންގުޅެނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ދިވެހި އަމިއްލަ އުފެއްދުމެކެވެ.

ކުޑައިރުއްސުރެ ވެލްޑިންގެ މަސައްކަތް ކުރަމުންއައި އަލީ ވަހީދު ވަނީ ވަޅިއެއް ބޭނުންކޮށްގެން ކުރުނބާ ހަދަން އެ ދާ ވަގުތު ކުޑަކޮށް، ފަސޭހައިން 30ށް ސިކުންތުތެރޭ ކުރުނބާ ހަދައި ކަސްޓަމަރުންނަށް ދެވޭނެ މެޝިނެއް ތައްޔާރުކޮށްފައެވެ. މީގެ ސަބަބުން ގާޑިޔާ ކެފޭއިން ކުރުނބާއެއް ހޯދާލަން މާކަ ގިނައިރެއް މަޑުކުރާކަށްވެސް ނުޖެހެއެވެ.

މީގެ އިތުރުން މީރު ސައިތައްޓެއް ނުވަތަ ކޮފީތައްޓެއް ބޯލަން ބޭނުން ނަމަ އެވެސް ގާޑިޔާ ކެފޭއިން ލިބޭނެއެވެ.

ރައްޓެހިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، ކުޅި މަޖާތައްޓެއް ކެއުމަށްފަހު މީރު ބިލަތްގަނޑެއް ދުފާލަން ބޭނުންނަމަ ގާޑިޔާ ކެފޭއިން މިހާރު ލިބޭނެއެވެ. މަގުގެ އެކި ހިސާބުތަކުގައި ގާޑިޔާތައް ބަހައްޓާފައި ނެތަސް، މިހާރު ހިތްހަމަ ޖެހިލައިގެން، މަސްކާށި ކެވޭނެއެވެ. ގާޑިޔާ ދޮށަށްގޮސް ބިލަތްގަނޑު ގަނެލައިގެން ދުވައްލާން ދާގޮތަށް ގާޑިޔާ ކެފޭއަށް ގޮސް ޓޭކްއަވޭ ހަދާލައިގެން ދިއުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ގެއިން ބޭރަށް ދާން ބޭނުން ނުވާނަމަ ޑެލިވަރީގެ ހިދުމަތްވެސް ގާޑިޔާ ކެފޭއިން ފޯރުކޮށްދޭނެއެވެ.

ގާޑިޔާ ކެފޭ ހުޅުވައިގެން އަދި މާގިނަ ދުވަސްތަކެއް ނުވިއަސް، ކެފޭގެ ހިދުމަތްހޯދާ ކަސްޓަމަރުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެއްފަހަރު ނަމަވެސް ގާޑިޔާ ކެފޭއަށް ގޮސްފިނަމަ އެ ކަސްޓަމަރުން ތަކުރާރުކޮށް ކެފޭގެ ހިދުމަތްތައް ހޯދަންދެއެވެ. މިހާރު ގާޑިޔާތައް ނެތަސް އެކަމާ މާޔޫސްވެގެން އުޅޭކަށް ނުޖެހެއެވެ.

ގާޑިޔާ ކެފޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

03 ނޮވެމްބަރު 2024
އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތްޕުޅުގައި ހިފާ! މޮޑަރން ސްލޭވަރީގައި އުޅޭކަށް ނުޖެހޭނެ!

އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތްޕުޅުގައި ހިފާ! މޮޑަރން ސްލޭވަރީގައި އުޅޭކަށް ނުޖެހޭނެ!

31 މެއި 2023
ކަރަންޓު ނެތިގެން ރައީސް އަށް ސައި ނުހެދުން، ވިސްނީ ވަރަށް ޕޮޒިޓިވްކޮށް - ބާބާ ގާޑިޔާ ސޯލާ ހަކަތަ އަށް

ކަރަންޓު ނެތިގެން ރައީސް އަށް ސައި ނުހެދުން، ވިސްނީ ވަރަށް ޕޮޒިޓިވްކޮށް - ބާބާ ގާޑިޔާ ސޯލާ ހަކަތަ އަށް

22 އޮކްޓޯބަރު 2022
ގައުމު ދަރަނިވަނީއޭ ކިޔައި ވާހަކަދައްކަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތިގެން

ގައުމު ދަރަނިވަނީއޭ ކިޔައި ވާހަކަދައްކަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތިގެން

11 ޖޫން 2022
ރާއްޖެ ނެތިގެންދިއުމުގެ ނުރައްކާތެރި ސިގުނަލެއް

ރާއްޖެ ނެތިގެންދިއުމުގެ ނުރައްކާތެރި ސިގުނަލެއް

05 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު