Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގައުމު ދަރަނިވަނީއޭ ކިޔައި ވާހަކަދައްކަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތިގެން

އައު ލޯނެއް ނަގައިގެން ކުރަންޖެހޭ ކަމެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖޫން 2022 | ހޮނިހިރު 13:41
އިގުތިސާދީ ލޮޅުމާ ކުރިމަތިލުމަށް ސަރުކާރުން އަންނަނީ ދުރާލައި ތައްޔާރުވަމުން

އިގުތިސާދީ ލޮޅުމާ ކުރިމަތިލުމަށް ސަރުކާރުން އަންނަނީ ދުރާލައި ތައްޔާރުވަމުން

މިހާރު އެންމެ ބާރަށް އަޑުއިވޭ ވާހަކައަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ނުތަނަވަސްކަމާއެކު ރާއްޖެއަށް އެކަމުގެ އަސަރު ކުރާނެކަމުގެ ވާހަކައެވެ. ޝައްކެއް ނެތް މިންވަރަށް އެ އަސަރު ރާއްޖެއަށް ކުރާނެއެވެ. އެހެން ހުރިހާ ގައުމުތަކަށް ވެސް ކުރާނެއެވެ. ނަމަވެސް ތަފާތަކީ އެކަން އެހެންވާނެކަން އެނގިތިބެ ސަރުކާރުން އެކަމާ ކުރިމަތިލާން ކުރާ މަސައްކަތެވެ.

މީގެ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ގިނަ ނަމަވެސް، އެ ތަކުލީފުތަކާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަރައްގީއާއި ޚިދުމަތްތައް ދިނުމަށްޓަކައި ސަރުކާރުގެ ވިސްނުން ހުރީ ވަރަށް ކުރީގައެވެ. ދަރަނި ދައްކަމުން ވެސް ރައްޔިތުން ބަނޑަށް ނުޖައްސައި އެކަން ކުރެވޭނެކަމުގެ އުއްމީދު ސަރުކާރުން އަންނަނީ ދެމުންނެވެ. އިހަށްދުވަހަކު ގައުމުގެ ވަލިއްއުލްއަމްރުވެސް ތަކުރާރުކޮށް ރައްޔިތުންނަށް ދެމުން ދިޔައީ އެ ޔަގީންކަމެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ކަންކަން ދައުލަތަށް ލިބޭ އާމްދަނީން ފުއްދޭނެކަމުގެ ޔަގީންކަމެވެ. ދައުލަތުގެ އެއްވެސް މުވައްޒަފަކަށް މުސާރަނުދީ، ކަރަންޓް ބިލް ނުދައްކައި، ތިބެންޖެހޭތަނެއް ނުފެންނާނެކަމުގެ ޔަގީންކަމެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔަގީންކަމާއެކު ދެއްކެވި ވާހަކަފުޅެވެ. އިތުބާރު ކުރެވިދާނެއެވެ. ސަބަބީ ކޮވިޑް-19ގައި ގައުމުތައް ބަގުރޫޓުވެ، މުވައްޒަފުންގެ މުސާރަ ނުދެވި، ގައުމުތައް އިނދަޖެހިގެން ދިޔައިރުވެސް އެއްވެސް މުވައްޒަފެއްގެ މުސާރައިން އެންމެ ފައިސާ ފޮއްޗެއްވެސް އުނިނުކުރައްވާ ކަމެވެ.

މީގެ އިތުރުން މުޅި ފަތުރުވެރިކަން ހުއްޓި ޕްރައިވެޓް ސެކްޓަރއަށް އައި ލޮޅުމާއެކު، ވަޒީފާ ގެއްލުނު ފަރާތްތަކާއި، އާމްދަނީ ހޯދަން ކުރި މަސައްކަތް ހުއްޓުނު ފަރާތްތަކަށް ދެމުން ދިޔަ އެލަވެންސްތަކަކީ ވެސް، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދިވެހި ރައްޔިތުން ބިކަވިޔަ ނުދޭނެކަމުގެ އެއް ހެތްކެވެ. މިއީ މިސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި އޮތް ގޮތުން ކުރެވުނު ކަންކަމެވެ.

މީގެ ކުރިން އިގުތިސާދީ ހާލަތު އަރައި އާސްމާނުގައި އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރަސްމީ ރިޒަރވް ހުސްވެގެން ނާށިގަނޑު ހިފައިގެން ކުރީ ސަރުކާރުން ވިޔަފާރިވެރިން ކައިރިއަށް ސަލާންޖަހަން ދިޔަތަނެވެ. މިސާލަކަށް، ދައުލަތުގެ މުސާރަ ނުދެއްކިގެން އަމިއްލަ ވިޔަފާރިވެރިން އަތުން ފައިސާ ނަގައިގެން މުސާރަދީފައިވެސް އެބަހުއްޓެވެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މި ދައުރުގައި އެހިސާބަކަށް ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

އިގުތިސާދީ އަނދަވަޅަކަށް މުޅި ދުނިޔެ ވެއްޓެމުން ދާއިރުވެސް ސަރުކާރުން ލޯނު ނަގައި، ދިވެހި ރައްޔިތުން ދަރާ ހިސާބަށް ކަންކަން ގެންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނީ ދެކޮޅު ނުބަލައެވެ. ނުވަތަ އެއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައޭ ވެސް ބުނެވިދާނެއެވެ. ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ މަޝްރޫއުތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ހިނގަމުންދާ ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް އެއީ ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތަކެވެ.

އެހެންވީމާ، އެ މަޝްރޫއުތައް ހިންގުމަށް ދަތިތަކެއް ނޯންނާނެއެވެ. އެއަށް އިތުރަށް ހޯދަންޖެހޭނެ ފައިސާއެއް ނޯންނާނެއެވެ. އެއީ ބްރިޖް ކަމަށްވިޔަސް، ގުޅީފަޅު ހިއްކުން ކަމަށްވިޔަސް، އަދި ފެނާއި ނަރުދަމާގެ ނިޒާމުތައް ކަމަށްވިޔަސް، އެއަށް ހުރީ ފައިސާ ހަމަޖެހިފައެވެ. އެހެންވީމާ، ދަތިނުވެ އެ ޕްރޮޖެކްޓްތައް ހިންގޭނެއެވެ. އިތުރަށް އެކަމަށް ފައިސާ ހޯދާކަށް ވެސް އަދި ލޯނެއް ނަގާކަށް ވެސް ނުޖެހޭނއެވެ.

މިކަހަލަ ދަނޑިވަޅެއްގައި، އިގުތިސާދީ ހަރަކާތްތަކެއް އިތުރުވުންވެސް އެއީ ރަނގަޅު ކަމެކެވެ. އެއް އަތުން އަނެއް އަތަށް ފައިސާއަރާ، އެ މޫވްމަންޓް އިގުތިސާދުގެ ތެރޭގައި ހިނގާ ކަމަށްވަންޏާ، އެއިން ލިބޭނެ ފައިދާތަކެއްވެސް ހުންނާނެއެވެ. އެހެންވީމާ، މިހާރު ހިނގަމުންދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާކަށް ނުޖެހެއެވެ. އެހެން ނަމަވެސް، އިގުތިސާދަށް އަންނަ ބަދަލާ އެކީގައި ކުރަންޖެހޭ ކަމެއް ކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި އަލަށް އިތުރު ޕްރޮޖެކްޓެއް، އިތުރަށް ލޯނު ނަގައިގެން ފަށާކަށް ނެތެވެ.

މި ސަރުކާރުން ވެރިކަމަށް އައިއިރު ވައުދުވި ގިނަ ކަންކަން މިއަދު ދަނީ ފުރިހަމަވަމުންނެވެ. ވައުދުތަކާ އެއްގޮތަށް ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު މިއޮތީ ފެށިފައެވެ. މި އަންނަ އަހަރު އަލަށް ފަށަންޖެހޭ މާގިނަ މަޝްރޫއުތަކެއް ނެތެވެ. ފެނާއި ނަރުދަމާ ކަމަށްވިޔަސް، ބަނދަރުތައް ކަމަށްވިޔަސް، ގާތްގަނޑަކަށް ހުރި ހުރިހާ މަޝްރޫއެއްގެ 90 ޕަސެންޓްވަރުގެ މަސައްކަތް އެހުރީ ނިމިފައެވެ. އެހެންވީމާ، ދައުލަތަށާއި ބަޖެޓަށްކުރާ ބާރު މި އަންނަ އަހަރު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.

މި ސަރުކާރަށް ލޯނު ނަގަން މަޖުބޫރުވީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ގައުމަށް ފަތުރުވެރިކަން ހުއްޓުނު ހިސާބުންނެވެ. އިގުތިސާދުގެ ތެރޭގައި ފައިސާ ދައުރު ނުވާތީއެވެ. ދައުލަތަށް އާމްދަނީ ވަނުން ހުއްޓުމާއެކުއެވެ. މިއީ މި ސަރުކާރު ނޫނަސް އެހެން ސަރުކާރުތަކުން ވެސް ކޮށްފައި ހުރި ކަންކަމެވެ. އަދި އެހެން ގައުމުތަކުގައި ވެސް ކޮށްފައި ހުރި ކަންކަމެވެ.

ކޮވިޑް-19ގެ ދަތި ހާލުގައި އިގުތިސާދު ހިންގައި، ރައްޔިތުންނަށް ޚިދުމަތްތައްދީ، ސިއްހީ ނިޒާމު އެގޮތުގައި ދެމެހެއްޓުމަށްޓަކައި ފައިސާ ބޭނުންވިއެވެ. ދައުލަތުގެ ރިޒަރވްގައި އެވަރަކަށް ފައިސާއެއް ނެތެވެ. ކުރީ ސަރުކާރުން ވެރިކަމާ ދުރުވިއިރު ރިޒަރވް އޮތީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އެހާހިސާބުން ލޯނު ނަގަން މަޖުބޫރުވިއެވެ. އެއީ އޭރު އިގުތިސާދީ އިންސްޓިޓިއުޝަންތަކުން، މާލީ އިދާރާތަކުން ލަފާދެމުންވެސް ދިޔަގޮތެވެ. އިގުތިސާދު ހުއްޓުނަނުދީ، ޚިދުމަތްތައްދީ، ކުރިއަށް ގެންދިޔުމަށްޓަކައި އެވަގުތު ނަގަންޖެހޭ ލޯނު ނަގައިގެން ކުރިއަށްގެންދިޔައެވެ. އިރާދަކުރެއްވީތީ، ވަރަށް ރަނގަޅަށް އެކަން ކުރެވިގެންދިޔައެވެ. ނެގި ލޯނުން އިގުތިސާދު ތެރެއަށް ފައިސާ ދޫކުރެވުނެވެ. ކުދި ވިޔަފާރިތައް ހިންގުނެވެ. މުސާރަދެވުނެވެ. ސިއްހީ ދާއިރާ، (ޚާއްސަކޮށް ކޯވިޑުގެ ވަބާއިން) ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުނެވެ.

އިގުތިސާދީ ލޮޅުމަށް ކުރިމަތިލުމަށް ސަރުކާރުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިހާރުއްސުރެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކުން ބަޖެޓް ކުރެވިފައި އޮތީ، މޭ މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެހެން ނަމަވެސް، މޭ މަސް ނިމުނުއިރުގައި ޚަރަދުކުރީ 14.1 ބިލިއަން ރުފިޔާއެވެ. 1 ބިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެއެވެ. ޚަރަދުތައް ކުޑަކުރެވިއްޖެއެވެ.

އަދި ބައެއް އައު މަޝްރޫއުތައް ފެށުންވެސް މިހާރުވާނީ ހުއްޓާލާފައެވެ. އިތުރު އާ ބޮޑު މަޝްރޫއެއް، އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން މިވަގުތަކު ކުރިއަކަށް ގެންދިޔުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާ އެކީގައި މަޝްރޫއުތައް ކުރިއަށްދާނެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު