Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާޑިއާތައް ބަދަލުކުރުން

ގާޑިޔާތައް ބަދަލުކުރުމުން ވިޔަފާރި ވަރަށް ދަށް، އިންތިހާއަށް ކަންބޮޑުވުން!

މާލޭގެ ތިން ސަރަހައްދަކަށް ގާޑިޔާތަށް ވަނީ ބަދަލުކޮށްފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 އެޕްރީލު 2018 | ބުދަ 17:56
މަސްވެރިންގެ ޕާކްގައި ބަހައްޓާފައި ހުރި ގާޑިޔާތައް

މަސްވެރިންގެ ޕާކްގައި ބަހައްޓާފައި ހުރި ގާޑިޔާތައް

މާލޭގެ ބޮޑުތަކުރުފާނު މަގުން ދެކުނު ފަރާތުގައި ހުރި ގާޑިޔާތަކަކީ، ތޮއްޖެހިފައިވާ މި މާލޭގައި ގޭތެރޭގެ އުދާސްތައް ބޭރުކޮށްލުމަށް ފިނި ވައިކޮޅެއްގެ އުންމީދުގައި ބުރެއް ޖަހާލަން ނުކުންނަށް އެތައް ބައެއްގެ މަންޒިލެވެ. ކެފޭތަކާއި ރެސްޓޯރެންޓަކަށް ވަންނަ ގޮތަށް މި ގާޑިޔާތަކުގެ ރަހަތައް ކަމުދާ އެތައް ބަޔަކު އެބަ ތިއްބެވެ. ހަވީރު ފިންޔަށް ދުއްވާލަން ނުކުމެފައި ވެސް ބޮޑުތަކުރުފާން މަގުގައި ބަހައްޓާފައި ހުންނަ ގާޑިޔާތަކުގައި މަޑުކޮށްލައެވެ. ހީ ސަމާސާކޮށްލާ، ރައްޓެހިންނާއި އެކުވެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށެވެ. ބައެއް ދުވަސްދުވަހު ގާޑިޔާތަކުން ޖާގައެއް ވެސް ނުލިބެއެވެ. އެއީ އުސްފަސްގަޑުގައި ގާޑިޔާތަށް ހިންގި އިރު ވެސް، ކަންހިގާ ގޮތެއެވެ. އެހެން ނަމަވެސް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންނަވަރަށް ހެދުމުގެ މަސައްކަތް ފެށުމާ އެކު އެމަގުގައި ބަހައްޓާފައި ހުރި ގާޑިޔާތައް މާލޭގެ ތިން ސަރަހައްދަކަށް ވަނީ ބަދަލުކޮށްފައެވެ. އެ ބަދާލާ އެކު ގާޑިޔާތަކަށް ދާ މީހުންގެ އަދަދު މަދުވެއްޖެއެވެ. ވިކުރާއިން އެކަން ފާހަގަކުރެވެން ފަށައިފިއެވެ. ގާޑިޔާ ހިންގާ މީހުންގެ ކަންބޮޑުވުން އިންތިޙާއް އިތުރުވެއްޖެއެވެ.

ވެސްޓް ޕާކް ސަރަހައްދުގެ ގާޑިޔާތަކުގެ ވިޔަފާރި ރަނގަޅު

މާލޭ ހުޅަގަނޑު ފަރާތު ވެސްޓްޕާކު ކައިރިން ރަސްފަންނަން ދާ މަގުގައި ހަތަރު ގާޑިޔާ މިހާރު ހުރެއެވެ. އެއީ ބޮޑުތަކުރުފާނު މަގު ހަދާތީވެ، ބަދަލުކުރި ގާޑިޔާތަކުގެ ތެރެއިން ހަތަރު ގާޑިޔާއެކެވެ. އެސަރަހައްދުގައި ބަހައްޓާފައި ހުރި ގާޑިޔާތަކަށްދާ މީހުންގެ އަދަދު ގިނައެވެ. ހަވީރު ފިންޏަށް ރަސްފަންނަށް ގިނަ ބަޔަކު ޒިޔާރަތްކުރާތީ މި ގާޑިކިޔާތައް ލޮލުގައި އަޅައިގަނެއެވެ. އަދި ޚިދުމަތް ހޯދައެވެ. އޭގެ އިތުރުން ޕީޕީއެމްގެ ބޮޑު ޖަގަހައެއް އެ ސަރަހައްދުގައި ހުރުމުން ވެސް އެ ގާޑިޔާތަކަށް ފައިދާވެއެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ބަހައްޓާފައި ހުރި ގާޑިޔާތައް

ވެސްޓްޕާކް ސަރަހައްދުގައި ބަހައްޓާފައިވާ ގާޑިޔާތައް ހިންގާ ބައެއް މީހުން، ބުނީ އެ ސަރަހައްދަށް ބަދަލުކުރުމުން ވިޔަފާރި ރަނގަޅު ކަމަށެވެ. އަދި ގާޑިޔާތަކަށް އަންނަ މީހުންގެ އަދަދު އިތުވެ، ކުރިއަށް ވުރެ ބިޒީކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ކުރިއަށް ވުރެ، ވިޔަފާރި މާ ރަނގަޅު، އެއީ ދެން މިސަރަހައްދު ވީމަ. ރަސްފަންނު ކައިރީގައި ގާޑިޔާތައް ބަހައްޓާފައި ހުރުމުން. ރަސްފަނަން ގޮސްފައި އަންނަ ކޮންމެ މީހަކު ކަހަލަ ގޮތަކަށް ކޮންމެސް އެއްޗެއް ގަންނާނެ. ރޭގަނޑު ގަޑީގައި މުޅިން ފުރި ބާރުވެފައި. ދެން ހަތަރު ގާޑިޔާ މި ސަރަހައްދުގައި ހުރުމުން ވެސް ވިޔަފާރި ރަނގަޅުވާނެ ދޯ،" ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ގާޑިޔާ ވިޔަފާރި ކުރާ މީހެއް ބުންޏެއެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ބަހައްޓާފައި ހުރި ގާޑިޔާތައް

އެހެންނަމަވެސް އެމީހުންގެ ކަންބޮޑުވުމަކީ، އެއީ ދާއިމީ ބަދަލަކަށް ނުވުމެއެވެ. ވަކިން ހާއްސަކޮށް އެހެން ގާޑިޔާތަށް މަސްވެރިންގެ ޕާކާއި ކާނިވާ ސަރަހައްދުގައި ބަހައްޓާފައި ހުންނަ އިރު، އެގާޑިޔާތަކުގެ ވިޔަފާރި ދައްވާކަން ވެސްޓް ޕާކް ސަރަހައްދުގައި ގާޑިޔާ ހިންގާ މީހުން ވެސް ފާހަގަކުރެއެވެ. ނަމަވެސް ގިނަ މީހުން އެ ވާހަކަ ދައްކަން ބިރު ގަނެއެވެ.

ގާޑިއާއަކަށް ދިޔަ މީހަކު މައުލޫމާތު ދެނީ

"ވީޑިއޯ އިންޓަރުވިއު، ނަންހާމަކޮށް އިންޓަރުވިއު ދޭކަން ނުކުރޭނެ، ގާޑިޔާ ވެސް އެހެން ސަރަހައްދަކަށް ބަދަލުކޮށްފާނެ" ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގާޑިޔާ ހިންގާ މީހަކު ބުންޏެއެވެ.

މަސްވެރިންގެ ޕާކްގައި ބައްހައްޓާފައި ހުރި ގާޑިޔާތަކުގެ ވިޔަފާރި ވަރަށް ދަށް

މަސްވެރިންގެ ޕާކްގައި ސައިކަލް ޕާކިން ޒޯނެން ގާއިމް ކުރި ފަހުން، ނިސްބަތުން މަސްވެރިންގެ ޕާކަށްދާ މީހުންގެ އަދަދު މަދެއެވެ. މަސްވެރިންގެ ޕާކަށް އަށް ގާޑިޔާ ބަދަލުކޮށްފައިވާ އިރު، އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައި ވަނީ އެ މީހުންނަށެވެ. ޕާކެކޭ ބުންޏަސް މާލޭގައި މިހާރު ހުރި ޕާކްތަކަށް ބަލާއިރު މަސްވެރިންގެ ޕާކަށް ބަޔަކު ދާންޖެހޭ ސަބަބެއް އެ ސަރަހައްދުގައެއް ނެތެވެ. މަސްވެރިން ވެސް ތިބެނީ އެ ސަރަހައްދަކު ނޫނެވެ. އެހެންކަމުން އެތަނަށް ދާ މީހުން ވަރަށް މަދެވެ.

މަސްވެރިންގެ ޕާކްގައި ބައްހައްޓާފައި ހުރި ގާޑިޔާތައް ހުސްކޮށް

"ގާޑިޔާތަކުގެ ވިޔަފާރި ވަރަށް ދަށް، ކައިރި ކައިރީގައި ހަ ގާޑިޔާ ބަހައްޓާފައި މި ހުންނަނީ އެއްގާޑިޔާލާއި ޖެހިގެން އަނެން ގާޑިޔާ، ދެން ޖާގައިގެ ދަތިތައް ކުރިމަތިވޭ. ދެން ޖާގައިގެ ދަތިކަމުގެ ވާހަކަ ބާއްވާ. އަންނަ މީހުންގެ އަދަދު ވަރަށް ވަރަށް މަދު. ކުޑަކޮށް ވެސް ވިޔަފާރި ރަނގަޅު ވަނީ ރޭގަނޑު ގަޑީގައި،" މަސްވެރިންގެ ޕާކް ސަރަހައްދުގައި ގާޑިޔާ ހިންގާ މީހަކު ބުންޏެއެވެ.

ގާޑިޔާ ހިންގާ މީހުން އެސަރަހައްދުގައި ތިބެން ޖެހެނީ ކިހާ ދުވަހަކު ކަމައް ވެސް ނޭނގެއެވެ. އެމީހުންގެ ކަންބޮޑުވުމަކީ އެއީއެވެ.

މަސްވެރިންގެ ޕާކްގައި ބައްހައްޓާފައި ހުރި ގާޑިޔާތަށް

"ކުރިން އާމުކޮށް ދުވާލެއްގެ މައްޗަށް 3500 ރުފިޔާ މަދުވެގެން ލިބޭ، 4000، 5000 ވެސް ލިބޭ އެހެން ނަމަވެސް މިހާރު 1500 ރުފިޔާ ލިބޭ ދުވަސްތަކަށް ވެސް އެބަދޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުންޏެއެވެ.

ކާނިވާ ސަރަހައްދުގައި ބަހައްޓާފައި ހުރި 16 ގާޑިއާ، މީހުން ނާންނާތީ އެހެން ސަރަހައްދުތަކަށް ބަދަލުކުރަނީ

ކާނިވަލް ސަރަހައްދަށް ބަދަލުކުރި ގާޑިޔާތަކަށް ބަލާލުމުން ހީވަނީ، ބާވެފައި ހުރި ގާޑިޔާތައް އެސަރަހައްދަށް އުކާލާފައި ހުރިހެންނެވެ. މީހުން ނާންނާތީ، މުޅި ތަން އޮންނަނީ ފަޅުވެފައެވެ. ގިނައިން ފެންނަނީ ހުސްގޮނޑިއެވެ. މީހުން ނާންނާތީ ބައެއް ގާޑިޔާތަށް ނުވެސް ހުޅުވައެވެ.

މީހުން ނާންނާތީ ކާނިވާ ސަރަހައްދުގައި ބައްހައްޓާފައި ހުރި ގާޑިޔާތައް ބަންދުކޮށްފައި

"އެއްގޮތަކަށް ވެސް މީހުން ނާދޭ. ދެން މިސަރަހައްދުގައި ގިނަ ކެފޭ ރެސްޓޯރެންޓް ހިންގާ. މީހުން އަންނަނީ ގާޑިޔާއަށް ކުރުނބައެއް ބޯލަން މަސްކާޓެއް ކާލާކަށް ނޫން، ކާނިވަލަށް އަންނަނީ ކޮފީ ބޯން، ސައިބޯލަން މިތާނގައި ހުންނަ ކެފޭތަކަށް" ގާޑިޔާ ހިންގާ މީހަކު ބުންޏެއެވެ.

މިކަންކަމުގެ ކަންބޮޑުވުން، ހައުސިންގް މިނިސްޓްރީއަށް ހިއްސާކުރުމުން ކާނިވާ ސަރަހައްދުގައި ހުރި 16 ގާޑިޔާ ތިން ސަރަހައްދަކަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އަދި 16 ގާޑިޔާގެ ތެރެއިން ތިން ގާޑިޔާ ވެސްޓްޕާކް ސަރަހަށްދަށް ބަދަލުކުރަން ނިންމާފައިވާއިރު، ދެން ހުރި 12 ގާޑިޔާ ވިލާ ކޮޖާއި، ސިޓީ ޕާކް (ކުރީގެ ބާއިންޖީންގެ ސަރަހައްދަށް) ބަދަލުކުރަން ވެސް ވަނީ ނިންމާފައެވެ

މީހުން ނާންނާތީ ކާނިވާ ސަރަހައްދުގައި ބައްހައްޓާފައި ހުރި ގާޑިޔާތައް ބަންދުކޮށްފައި

"ދެން މާދަމާ ބަދަލުކުރާނެ ކަމަށް ބުނަނީ. މިރޭގެ ވަގުތެއްގައި ވެސް ބަދަލުކުރަން ޖެހިދާނެ. ވީޑިއޯ އޯޑިއޯ އިންޓައު ވެސް ނަމާ އެކު ގެނެސްދެންޏާ ނެތް ދެވޭކަށް. ބޭނުންވާ ބައެއް މައުލޫމާތު ދީފަނަން. އިންޓަވިއުއެއް ދީގެން ޖާގައެއް ވެސް ނުލިބިދާނެ" ކާނިވާ ސަރަހައްދުގައި ގާޑިޔާ ހިންގާ މީހެއް ބުންޏެއެވެ.

ބޮޑުތަކުރުފާނު މަގު ހެދުމަށްޓަކައި ގާޑިޔާތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރި އިރު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ދިރާސާއެއް ކޮށްފައި ނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ގާޑިޔާތައް އެކި ތަންތަނަށް ބަދަލުކޮށްފައި ވަނީ އެއްވެސް އިންސާފެއް ނެތި ގުޅުން އޮންނަ މީހުންނަށް ރަނގަޅު ގޮތަށް ކަމަށް ބައެއް މީހުން ބުނެއެވެ. ހާއްސަކޮށް އެއްވެސް ގުރުލުމެއް ނެތި ގާޑިޔާތައް ބަދަލުކުރުމަކީ މައްސަލައެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު