Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑުގެ ލޮނުގަނޑު އުފުލުން

ރާއްޖެ ނެތިގެންދިއުމުގެ ނުރައްކާތެރި ސިގުނަލެއް

ކަނޑުގެ ލޮނުގަނޑު އަހަރަކު ހަތަރު މިލިމީޓަރަށް އުފުލޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2021 | ހުކުރު 10:58
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ދިވެހިރާއްޖޭގެ ނާޒުކު ތިމަވެއްޓަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެކެވެ. ވަކިން ޚާއްސަކޮށް މި ދުވަސްވަރު ތިމާވެށީގެ ވާހަކަ ދެކެވޭ މިންވަރު ވަނީ އިތުރުވެފައެވެ. މި ވާހަކަ ކިތަންމެ ގިނައިން ދެކެވުނަސް މިއީ ކިހާ ސީރިއަސް ކަމެއްކަން ގިނަ މީހުންނަށް ނޭނގެއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހެންނޫނީ މި ހުރިހާ ކަމެއް އެނގިހުރެވެސް މިކަންކަމާ އަޅާލަން ބޭނުންނުވަނީ ކަމަށް ވެދާނެއެވެ.

މިހާރު ބަލާލި ކޮންމެ ދިމާލަކުންވެސް ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ފެނެއެވެ. އިހުސާސްކުރެވެއެވެ. މިހުރިހާ ކަމެއްވެސް ގުޅިލާމެހެނީ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާ މިންވަރާއެވެ. މިކަމުން ކުރާ އަސަރު ރާއްޖެ ކަހަލަ ކުޑަ ގައުމަކުން މާ ބޮޑަށް ފެންނާނެއެވެ. އަދި ފެންނަމުންވެސްދެއެވެ. ހަމައެކަނި ހިކިފަސް ތަންތަނަކުން ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ކަނޑުތަކަށް ބަލާލިނަމަވެސް މިކަމުން ކުރާ ނޭދެވޭ އަސަރު ފެނެއެވެ.

މިގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި ހުރި މުރަކަތައް މަރުވުމާއި، މި ތަންތަނުން ފެންނަ ދިރުންތައް މަދުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އިންތިހާއަށް އުފުލެމުންދާކަމީވެސް މިއަދު ކަންބޮޑުވާން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ރަށްތަކަކީ އުފެދުމުގައިވެސް ތިރިކޮށް އުފެދިފައިވާ ރަށްތަކެއް ކަމުން މިރަށްތަކަށް މިކަމުން އޮތް ނުރައްކާ މާ ބޮޑެވެ.

މިކަމުގެ ބިރުވެރިކަން ކިޔައިދެއްވައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އަހަކު 4 މިލިމީޓަރަށް އުފުލެމުންދާކަމަށެވެ. މި ރޭޓުގައި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާނަމަ ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި އެތައް ގުނައަކަށް ކަނޑުގެ ލޮނުގަނޑު އުފުލިގެންދާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ރަށްތަކަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށާއި، ރާއްޖޭގެ ބައެއް ރަށްތައް އަޑިއަށް ދިއުންވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރުންވެސް އެނގެނީ މިހާރަށްވުރެ ބޮޑަށް މޫސުމީ ބަދަލުތައް ކުޑަކުރަން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމެވެ. މިހާރު ރާއްޖޭގެ ރަށްތަކުގެ ހާލަތަށް ބަލާލިޔަސް މި ރަށްތަކުގެ ތެރެއިން 90 އިންސައްތަ ރަށަށް އުދަ އަރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި 97 އިންސައްތަ ރަށުގެ ގޮނޑުދޮށްތައް ދަނީ ގިރަމުންނެވެ.

މިކަމުގެ ގިނަ ވާހަކަތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ގެންދަވަނީ އެކި ފޯރަމްތަކުގައި ދައްކަވަމުންނެވެ. މިގޮތުން ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގެ ވޯލްޑް ލީޑަރސް ސަމިޓްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ފިނިހޫނުމިން 2 ޑިގްރީއަށް މައްޗަށް ދިޔަ ނަމަވެސް، ރާއްޖެ ދެމިއޮތުމަށް ހުރަސްތަކެއް އެޅިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަ ނުދިނުމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

މިހާހިސާބުންވެސް މިއީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގިގެންދެއެވެ. ވަކިން ޚާއްސަކޮށް ރާއްޖެފަދަ ކުޑަ ގައުމަކަށް މިއިން ކުރާނެ ނޭދެވޭ އަސަރު އެނގިގެންދެއެވެ. މިކަމަކީ ހަމައެކަނި ސަރުކާރުތަކުން އަޅާލާ ހަރުކަށި ފިޔަވަޅަކުން ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. މިކަން ހައްލުކުރުމަށް ފަރުދުންގެ ފެންވަރުގައި ކުރެވެންހުރި ކަންކަންވެސް ކުރަންޖެހެއެވެ. އެހެންނޫނީ މި ކުޑަ ކުޑަ ރާއްޖެ ނެތިދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްކަނޑުގެ ލޮނުގަނޑު އުފުލުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު