Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތް

އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތްޕުޅުގައި ހިފާ! މޮޑަރން ސްލޭވަރީގައި އުޅޭކަށް ނުޖެހޭނެ!

ކިތަންމެ މޮޅު ނަތީޖާއަށް ލިބުނުނަމަވެސް އަތްތެރި މަސައްކަތްތައް ދަސްކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 12:05
މޮޑަރން ސްލޭވަރީ ދައްކުވައިދޭ މަންޒަރެއް

މޮޑަރން ސްލޭވަރީ ދައްކުވައިދޭ މަންޒަރެއް

ކުޑައިރުއްސުރެ ކުރާ އުންމީދެއް އޮވެއެވެ. ސްކޫލުގެ ތެރެއިން ގިނަ ހުވަފެންތަކެއް ދެކެމުން ދަނީވެސް ކުރިއަށް އޮތްތަނުގައި ވަމުންދާނެ ގޮތްތަކާމެދު ވިސްނަމުންނެވެ. ކިޔަވައިގެން މޮޅު މީހަކަށްވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މިންނަތް މަސައްކަތް ކުރެއެވެ. އޯލެވެލް ނިންމާލައި އިތުރަށް ދެތިން އަހަރަކު މަތީ ތައުލީމް ހާސިލްކުރުމަށްފަހު، ވަޒީފާގެ މާހައުލަށް ނުކުންނަނީ ދެކުނު ހުވަފެންތަކުގައި ކުލަޖައްސާށެވެ. މައިންބަފައިންނަށް ޚިދުމަތްކުރުމާއި، އުފާވެރި އަރާމު ދިރިއުޅުމެއް އުޅޭށެވެ. ތިމާ ބޭނުންވާ ގޮތަށް ދިރިއުޅުމުގެ ކަންކަން ބަދަލުކުރުމަށް ފައިސާ ބޭނުންވާތީ، އެއް ވަޒީފާއަކަށް މާބޮޑަށް ބަރޯސާވާ ޒުވާނުން މަދެއްވެސް ނޫނެއެވެ. ނަމަވެސް ދާދި ފަހުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ދަރިވަރުންނަށް ވަރަށް ރަނގަޅު ނަސޭހަތުގެ އިންޒާރެއް ދެއްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ ކިތަންމެ މޮޅު ނަތީޖާއަށް ލިބުނު ނަމަވެސް އަތްތެރި މަސައްކަތްތައް ދަސްކުރަންޖެހޭ ކަމަށެވެ. ހަމައެކަނި ވަޒީފާއަށް ބަރޯސާނުވުމަށް އާދޭހާއެކު އެކަމަނާ އެދިވަޑައިގެންފައިވެއެވެ.

މިނަސޭހަތްޕުޅަކީ، މީގެ މާކުރީގެ ގަރުނުތަކުގައި އިލްމުވެރިން ދެއްވާ ނަސޭހަތްޕުޅުތަކެވެ. މީގެ އިތުރުން ވިހިވަނަ ގަރުނުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އިލްމުވެރިޔާ ހުސައިން ސަލާހުއްދީން، އެމަނިކުފާނަށް އުނގަންނައިދެއްވި އެއް އެދުރު ކަމަށްވާ އައްޑުއަތޮޅު މީދޫ ދޮންބެއްޔާއާ ހަވާލާދެއްވައި މި ނަސޭހަތްޕުޅު ދެއްވާފައިވެއެވެ. އެމަނިކުފާނުގެ ފޮތުގައި ލިޔުއްވާފައިވަނީ؛ ކޮންމެ ކުއްޖަކުވެސް ރަށު ރައްޔިތުންނަށް ބޭނުންހިފޭފަދަ، އަތުންފައިން ކުރާކަހަލަ ދެ މަސައްކަތެއް ދަސްކޮށް، އެކަންކަމަށް ފަރިތަވެ، އެކަމުގައި މޮޅުވާށެވެ. މިފަދަ މަސައްކަތެއް ދަސްވެއްޖެނަމަ އެމީހާ ވާނީ ބަދަލުވާ ޒަމާނުން ބޭކާރުނުކުރެވޭ, ރަށުގެ އަހުލުވެރީންނަށް ވަރަށް ބޭނުންތެރި މީހަކަށެވެ.

މާނަ ފުން ނަސޭހަތްޕުޅަކަށްވާއިރު، ހުރިހާ ޒަމާނެއްގައިވެސް ވަމުންދަނީ މިގޮތަށެވެ. ޒަމާން ބަދަލުވެގެންދާއިރު، އެޒަމާނަކަށް އަންނަ މީހުންނަށް އެވަޒީފާތައް ފިޓްވެ، އެއްބަޔަކު ބޭކާރުވެއެވެ. މީގެ އިތުރުން ކާރިސާއެއް ކުރިމަތިވެ، ދުނިޔޭގެ އިގްތިސާދު ދަށްވާއިރަށް އެކަމަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެ ކުންފުންޏެއް ކޮޅަށްޖެހުމަށް ދުވާލާއި ރޭގަނޑު މަސައްކަތްކުރި މުވައްޒަފުންގެ މުސާރައަށެވެ. މުވައްޒަފުންނަކީ އެތަނެއްގެ ރައުސުލްމާލްކަން ބުނެދެނީ އަދިވެސް ދައްކާ ވާހަކައިން އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވެރިން ހައްދަވަނީ ހަމަ ހައްދަވާނެ ގޮތެކެވެ. މަދު ވެރިއަކު ރަނގަޅުވިނަމަވެސް، ރާއްޖޭގެވެސް ބައެއް ކުންފުނިތަކުގެ ހާލަތަކީ މިއީއެވެ.

ވަޒީފާގެ ގޮތުން ހަފުތާގެ 7 ދުވަހުން އެއް ދުވަސް ތިމާއަށް ލިބޭއިރު، އާއިލާއާއެކު ވަގުތު ހޭދަކުރުމަށްވެސް ލިބޭނީ އެދުވަހެވެ. ބައެއް ހާލަތުގައި އެދުވަހުވެސް އޮފީހަށް ނުކުމެ މަސައްކަތް ކުރަންޖެހޭ ފަހަރު އާދެއެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން 8 ގަޑިއިރު ޑިއުޓީ ކުރުމަށްފަހު، ނިދަން ލިބޭނީ ގާތްގަނޑަކަށް 5 ވަރަކަށް ގަޑިއިރެވެ. މުޅި އަހަރުގެ 365 ދުވަހުގެ ތެރެއިން ތިމާއަށް ޗުއްޓީ ލިބެނީ ދެފަހަރުއެވެ. އެއީ އެންމެ 15 ދުވަހެވެ. އީދެއް އެހެން ބަންދެއް ނޯވެއެވެ. ގިނަ ފަހަރަށް މި ޗުއްޓީވެސް ލިބެނީ ކުރީބައިގައި ރާވައި، އެކަން އެޗްއާރަށް އަންގާފައި އޮންނަނަމައެވެ. އެހެން ނޫންނަމަ، ޗުއްޓީއަށް ދާން ބޭނުންވާ ދުވަސްވަރު ޗުއްޓީ ނުދިނުމުގެ ބާރުވެސް އޮފީހަށް ލިބިގެންދެއެވެ.

މާލެ ސިޓީއަށް ގިނަ ބަޔަކު ބަރޯސާވެގެން ދިރިއުޅޭއިރު، އަތުން ބޮޑު އެއްޗެއް ހޭދަވާނީ ގޭގެ ކުއްޔަށް ކަމާމެދު ޝައްކެއްވެސް ނެތެވެ. ކޮންމެ މަހަކުވެސް ކުރަންޖެހޭ ބައެއް ކަންކަން ދޫކޮށްލައިގެން ތިބޭ ކިތަންމެ ޒުވާނަކު މި ގައުމުގައި ދިރިއުޅޭނެއެވެ.

މިހާހިސާބުން ތިމާގެ ދިރިއުޅުމާމެދު ވިސްނާލަން އެބަޖެހެއެވެ. މިއީ ތިމާގެ އަމިއްލަ ނަފްސަށް ހައްގުވާ މިންވަރުތޯ ސުވާލުކޮށްލާށެވެ! އިންސާނާ ލިބިފައިވާ މި ކުޑަ އުމުރު ހޭދަކުރާނީ ތިމާ ބޭނުންވާ ކަހަލަ ދިރިއުޅުމަކަށް ދިއުމަށް މަސައްކަތް ނުކޮށް، ހަމައެކަނި ލިބޭ މަދު މުސާރައަށް ނުވަތަ މޮޑަރން ސްލޭވަރީއަށް ޚިދުމަތްކުރުމުގައިތޯ ސުވާލުކޮށްލުމަކީ މުހިންމެވެ. ލިބޭ މަދު މުސާރައަށް ތިޔަ ގުރުބާންކޮށްލަނީ މުޅި ދިރިއުޅުމެވެ. ތިމާގެ އާއިލާއާއި އެކުވެރިންނާއި ސޯޝަލް ލައިފް ނަގައިލުމަށްފަހު ހަމައެކަނި ވަޒީފާއަށްޓަކައި އަމިއްލަ ނަފްސު ގުރުބާންކުރުން ހުއްޓާލަންޖެހެއެވެ. މުސްކުޅިވެ، ވަޒީފާއިން ރިޓަޔަަރވާ ދުވަހު އަތުގައި ފައިސާއެއްވެސް މުދަލެއްވެސް އަދި އުފާވެރި ހަނދާންތަކެއްވެސް ނުހުންނާނެއެވެ.

މިކަން ބަދަލުކުރެވޭނީ ވަޒީފާއަށް މާބޮޑަށް ބަރޯސާނުވެ، ރައްޔިތުންނަށް ބޭނުންހިފޭފަދަ މަސައްކަތެއް ދަސްކޮށްގެންނެއެވެ. މީހެއްގެ ކުންފުޏެއްގައި ވަޒީފާ އަދާކުރުމަކުން ގޯހެއް ނެތެވެ. ނަމަވެސް އާމްދަނީ ލިބޭނެ އެހެނިހެން ކޮޅުކޮޅު ހޯދަންޖެހެއެވެ. މިހާރު އެވްރެޖް މީހެއްގެ މުސާރައަކީ ގާތްގަނޑަށް މަހަކު 15،000އާ 10،000 ރުފިޔާއާ ދެމެދެވެ. 15،000 ރުފިޔާ ލިބޭނަމަ އެއީ ދުވާލަކަށް 500 ރުފިޔާއެވެ. ނަމަވެސް އަމިއްލަ މަސައްކަތެއް ކުރާނަމަ އެއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމާމެދު ޝައްކެއްނެތެވެ. މީގެ އިތުރުން، އެއީ ތިމާ އިތުރަށް މިނިވަންވާނެވެސް ކަމެކެވެ. ވަޒީފާގެ ބިރުވެރިކަން ހިތުގައި ނެތުމަކީ ލިބޭ ވަރަށް ބޮޑު ފަސޭހައެއްވެސް މެއެވެ. ކޮވިޑް-19އާއެކު ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ ކޮޅުތައް ބަންދުވި މީހުންނަށް މިކަން ރަނގަޅަށް ތަޖުރިބާކުރެވިފައިވާނެއެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން މިދާ ޒަމާނުގައި ވަރަށް ފަސޭހައިން ފައިސާ ހޯދޭނެ ގޮތްތައް އެބަހުއްޓެވެ. ތިމާ ޝައުގުވެރިވާ މަސައްކަތެއްކޮށް، އެމަސައްކަތްވެސް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ކުރެވޭނެ މަސައްކަތްތަކަށް ބަލާއިރު؛ ޑިޒައިންކުރުމުގެ މަސައްކަތްތަކުންވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދެވޭނެއެވެ. އަދި ވިޔަފާރީގެ ދާއިރާއިންވެސް ކުރިއަށް ދިއުމުގެ މަގު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވަރަށް ބޮޑަށް ފަހިކޮށްދީފައިވެއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން އެކިއެކި ލޯނުތައް ދޫކުރަމުންދާއިރު، ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެކިއެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ވަޒީފާގެ އިތުރުން، އާމްދަނީ ހޯދޭނެ ގޮތްތައް ހޯދަން މަސައްކަތްކުރުމުން އެ މަގު ފެންނާނެކަމާމެދު ޝައްކެއްނެތެވެ. ތިމާގެ ހުނަރުގެ ބޭނުން ހިފައި، އެހުނަރުތައް ތަރައްގީކުރަންޖެހެއެވެ. އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތްޕުޅުގައި ހިފައިގެން ކުރިއަށްދާން ޖެހެއެވެ. މިގޮތަށް ޒުވާން ޖީލެއް މަސައްކަތްތައް ކުރާނަމަ، މޮޑަރން ސްލޭވަރީގެ ނިޒާމު ބަދަލުވެ، ވަކިބަޔަކު މުއްސަނދިވުމުންވެސް ނިމުމަކަށް އަންނާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

2030ގެ ކުރިން ހެޕަޓައިޓިސް ބީ އަދި ސީ ނައްތާލުމަށް ވަނީ އަމާޒު ހިފާފައި، ބޭނުންވަނީ އެއްބާރުލުން

2030ގެ ކުރިން ހެޕަޓައިޓިސް ބީ އަދި ސީ ނައްތާލުމަށް ވަނީ އަމާޒު ހިފާފައި، ބޭނުންވަނީ އެއްބާރުލުން

28 ޖުލައި 2023
ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފާކަށް ނުވޭތަ؟

ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފާކަށް ނުވޭތަ؟

08 އޮކްޓޯބަރު 2021
ލުއިތަކެއް ދީފި، ކޭސްތައް މެކުހަށްނުޖަހައި ހިފާއްޓާލެވޭނެބާ!

ލުއިތަކެއް ދީފި، ކޭސްތައް މެކުހަށްނުޖަހައި ހިފާއްޓާލެވޭނެބާ!

05 އޯގަސްޓު 2021
ވަގުންނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރާނެ، ވަގުންވެސް ހިފާނެ

ވަގުންނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރާނެ، ވަގުންވެސް ހިފާނެ

13 މެއި 2021
އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

08 މާރިޗު 2021

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު