Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހުން

ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟

އަރިއަތޮޅު އަދި ރާ އަތޮޅުގެ ރަށްތަކުގެ ރުއްތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އެބަދޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2018 | ހޮނިހިރު 15:48
ކޮކޮނަޓް ހިސްޕިޑް ބީޓްލްްއެއް ރުކެއްގެ ފަނެއްގައި

ކޮކޮނަޓް ހިސްޕިޑް ބީޓްލްްއެއް ރުކެއްގެ ފަނެއްގައި

ރާއްޖޭގެ ގައުމީ ގަހަކީ ރުކެއެވެ. ގައުމީ ގަސް ކަމަށްވާ ރުއް ދިރުވާ އާލާ ކުރުމަކީ ކުރަންޖެހޭ ކަމެކެއެވެ. ނަމަވެސް ގައުމީ ގަހަށް ނުރައްކާތެރި ބައްޔެއް ޖެހި، ހަ އަހަރުވެފައިވާއިރު، އަދިވެސް ވަނީ މި ބަލި ކޮންޓްރޯލް ނުކުރެވިފައެވެ.

ރުއްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ކޮކަނަޓް ހިސްޕިޑް ބީޓްލް" ރާއްޖޭގެ ބައެއް ރަށްރަށުގައި ފެތުރެމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މެލޭޝިޔާ އިން ރާއްޖެ އައިސްފައިވާ ބައްޔެކެއެވެ. އެއް ރުކުން އަނެއް ރުކަށް ފެތުރެމުން ދާ މި ބަލި ރާއްޖޭގެ އުޅޭތާ ހަ އަހަރުވެފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަލި އަރިއަތޮޅު އަދި ރާ އަތޮޅުގެ ރަށްރަށުގެ ރުއްތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދާ އިރު، ރާއްޖޭގެ ގިނަ ރިސޯރޓެއްތަކެއްގެ ރުއްތަކަށް ވެސް ވަނީ މި ބަލި ޖެހިފައެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ޖެހިފައިވާ ރުކެއް

ކުޑަ މަޑިއެއްގެ ސިފައިގައި ހުންނަ މި ސޫފި ރުއްތަކަށް އަރާ ރުއްތަކުގެ ބޮންތި ކާލުމުގެ ސަބަބުން ރުކުގެ އެތް ނިކަމެތިވެގެންދެއެވެ. އޭގެ ސަބަބުން ރުކުގައި އިހާ އެޅުން ހުއްޓެއެވެ.

ރާއްޖޭގެ ރިސޯރޓްތަކުގެ ތެރެއިން ކުރުނބާ އައިލެންޑް ރިސޯރޓްގެ ރުއްތަކަށް މި ބަލި ޖެހިފައިވާއިރު، އެ ރިސޯރޓްގެ ސުޕަވައިޒަރ އިސްމާއިލް ހަސަންފުޅު ބުނީ މި ބަލި އެ ރިސޯރޓްގައި އުޅޭތާ ހަ އަހަރުވެފައިވާ ކަމަށާއި، އަދިވެސް ރުއްތަކަށް ޖެހޭ މި ބަލި ކޮންޓްރޯލްވެފައި ނުވާ ކަމަށެވެ. އިސްމާއީލްފުޅު ބުނީ ރުކަށް ޖެހޭ މި ބައްޔަކީ ފެތުރޭ ބައްޔަކަށް ވާތީ، ބަލި ކޮންޓްރޯލް ކުރުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށެވެ. އޭނާ ބުނީ އެ ރިސޯރޓްގެ ރުއްތަކުގައި މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންކުރަމުން އަންނަނީ އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ ބޭހެއް ކަމަށެވެ.

"ޕައުޑަރ ބޭސް އަޅައިގެން ބޮންތި ކަނޑާލާފައި ބޮންތީގެ ތެރެއަށް ޕައުޑަރ ބޭސް އަޅަނީ ދެން މަރުވޭ. އެހެން ނަމަވެސް އަނެއްކާ ވެސް ދެވަނަ ފަހަރަށް ޖެހޭ. އެ ދެންވާނެ ގޮތަކީ ޕައުޑަރުގެ ބާރު ވެސް ކެނޑިގެންދަނީ. ކެނޑިގެން ދިއުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލަފާކުރެވޭ ދެވަނަ ފަހަރަށް ޖެހެނީ އެހެންވެގެންނޭ"

އިސްމާއީލްފުޅު ބުނީ ޕައުޑަރ ބޭނުންކުރުމުން އެ ބޭސް ބޭނުންކުރާ ވަގުތު މަޑިތައް މަރުވާ ކަމަށާއި، ނަމަވެސް އަލުން އަނެއްކާ މަޑި އާލާވާ ކަމަށެވެ. އިސްމާއީލްފުޅު ބުނީ އެ ރިސޯރޓަކީ ގިނަ އަދަދެއްގެ ކުރުނބާ ލިބޭ ރިސޯރޓެއް ކަމަށާއި، އެހެންނަމަވެސް މި ބަލި ޖެހުމުގެ ސަބަބުން ކުރުނބާ ލިބުން ދަތިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އާންމު ގޮތެއްގައި މި ތަނުން ވަރަށް ގިނައިން ކުރުނބާ ބޭނުންކުރާ ތަނެއް. އަޅުގަނޑުމެންގެ ވެލްކަމް ޑްރިންކަށާއި އަދި ހާއްސަކޮށް ބާގައި ވިއްކަން. ގާތްގަނޑަކަށް ދުވަލާކު 40 ކުރުނބާ. މިހާރު މި ދުވަސްކޮޅު ސީޒަންތެރޭގައި 30 ކުރުނބާ އާއި 40 ކުރުނބާއާ ދޭތެރޭގައި ކޮންމެ ދުވަހަކު ވެސް ބާގައި ވިކިގެންދޭ އެއީ ފުދޭވަރެއްގެ ރަނގަޅު އެއްޗެއް. އެހެންނަމަވެސް މި ބަލި މިހެން ޖެހުމުގެ ސަބަބުން ކުރުނބާ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވޭ. ސަބަބަކީ އެ އެއްޗެހި ސާފުކުރާއިރު ކޮންމެވެސް މިންވަރަކަށް އެތް ކެނޑިގެން ދިއުމުގެ ސަބަބުން ރަނގަޅަކަށް ނާންނާނެތާ ކުރުނބައެއް. އެ މައްސަލަ އަޅުގަނޑުމެންނަށް ދިމާވެގެން މި އުޅެނީ،" އިސްމާއީލްފުޅު ބުންޏެވެ.

އިސްމާއީލްފުޅު ބުނީ މި ބަލި އަވިގަދަ މޫސުމުގައި ތަންކޮޅެއް ގިނަ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ބަލި ކުރުނބާ ރިސޯރޓުން ފެނިފައިވާތާ ހަ އަހަރުވެފައިވާ ކަމަށާއި، އެ ދުވަހުން ފެށިގެން ވެސް ރުއްތައް ބަލަހައްޓަމުން އަންނަ ކަމަށާއި، ނަމަވެސް މި ބަލި މުޅިން ނައްތާލެވޭނެ އެއްގޮތެއް ވެސް އަދި ފެނިފައިނުވާ ކަމަށެވެ.

"މި ސޫތްޕަކީ އުދެހޭ އެއްޗެއް. ވައިގެ ތެރޭގައި އުދުހިގެން ދިއުމުން ރުކައްވެސް ދަނީ އަނެއްކާ އެ ރުކެއްގައި އިށީނނުމަށް ފަހު އެ ބޮންތީގެ ތެރެއަށް އޭނާ ހަމަ ދެމިގަންނާނީ،"

އިސްމާއީލްފުޅު ބުނީ އެ ރިސޯރޓްގައި މި ބަލި ފުރަތަމަ ފެނުނުއިރު، 230 ރުކުން ފެނިފައިވާ ކަމަށާއި، ސާފުކުރުމުން އޭރު ކޮންމެވެސް މިންވަރަކަށް މަދުވި ކަމަށެވެ. އެއްކޮށް މި ބަލި ނައްތާނުލެވޭތީ މިހާރު އަނެއްކާ ވެސް އެ ރިސޯރޓްގެ 30 ވަރަކަށް ރުކަށް މި ބަލި ޖެހިފައިވާ ކަމަށެވެ. އޭނާ ބުނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތަކީ ރުކުގެ ބޮންތި ކަނޑާލުމަށް ފަހު ބޮންތި ރީއްޗަށް މަޑު މަޑުން ބާލާފައި ބޮންތި އަންދާލަމުން ކަމަށެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ޖެހިފައިވާ ރުކެއް

"ބައެއް ފަރާތްތަކުން އެބަބުނޭ މީގެ ވައިރަސްއެއް ހުންނަ ވާހަކަ އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެ ލިބޭ ގޮތެއް ނުވޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ވެރިފަރާތުން ވަރަށް މަސައްކަތް އެބަކުރައްވާ މީތި ނައްތާލުމަށްޓަކާ،" އިސްމާއީލްފުޅު ބުންޏެވެ.

ޔޫއެންގެ ބޮޑީއެއް ކަމަށްވާ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ބުނީ ރުއްތަކަށް ޖެހިފައިވާ މި ބައްޔަކީ ވަރަށް ސީރިއަސް ބައްޔެއް ކަމަށެވެ. އެފްއޭއޯ އިން ބުނީ އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެކަމުގައިވަނީ ނަމަ، ރުއްތައް މަރުވެ، ރުއްތައް ނެތިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

17 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު