Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ސިނާއަތް ގާނޫނާއި ގަވައިދުތަކަށް ވުރެ ރަނގަޅަށް ހިނގާ - މިނިސްޓަރ މައުސޫމް

11 މާރިޗު 2021 | ބުރާސްފަތި 03:10

ސަރުކާރުން ހަދާ ގަވައިދުތަކުގައި އަންގާފައިވާ ގޮތަށް ވުރެ ފުރިހަމަ އަށް އެސިނާއަތުގެ ހިއްސާދާރުން ކަންތައްތައް ކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 މާރިޗު 2021 | ބުރާސްފަތި 03:10
ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށް ގާނޫނާއި ގަވައިދުތައް ނުހެދިޔަސް ސިނާއަތުގައި ހަރާކާތްތެރިވާ ފަރާތްތައް އެއަށްވުރެ ރަނގަޅަށް މަސައްކަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދިވެހި ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރަންޔޫބީލް އަހަރުގެ ލޯގޯ ލޯންޗުކުރަން ބޭއްވި ވަރޗުއަލް ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ފަތުރުވެރިކަމަށް ހާއްސަކޮށް ސަރުކާރުން ހަދާ ގަވައިދުތަކުގައި އަންގާފައިވާ ގޮތަށް ވުރެ ފުރިހަމަ އަށް އެސިނާއަތުގެ ހިއްސާދާރުން ކަންތައްތައް ކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ އެންމެ ހިތްހެމަޖެހޭ އަދި އުފާވާ އެއް ކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ސެލްފް ރެގިއުލޭޓަރީ ސިނާއަތަކަށް ވުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގާނޫނުތަކާއި ގަވައިދުތައް ހަދަނީ މިގޮތަށް ސެލްފް ރެގިއުލޭޓް ކުރުމުގައި އެއްކިބާވާ ފަރާތްތައް ގާނޫނާއި ގަވައިދުގެ ތެރެއަށް ވައްދައި ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތުދީ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރުމަށް ބާރުއެޅުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ތައްޔާރީތައް ވަމުން އަންނަ އިރު، ފާއިތުވި އަހަރު އެސިނާއަތުގެ މުވައްޒަފުން އާއިލާތަކާއި ދުރުގައި ކޮށްފައިވާ އަގުހުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މިހާރު މި ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ހަރަކާތް ކުރިއަށްދާއިރު، ވެކްސިންގެ ދެ ޑޯޒް ޖެހި އަވަސް މުސްތަގުބަލެއްގައި އާއިލާތަކާ ދުރުގައި އަހަރުދުވަސް ހޭދަކޮށްފައިވާ ފަރާތްތަކަށް އާއިލާތައް ކައިރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް ރަން އަހަރުގެ ގޮތުގައި އެންމެ ފުރިހަމައަށް ފާހަގަކުރެވިގެންދާނީ ސިނާއަތުގެ މަންފާ ދިވެހިންނަށް ކުރުމުން ކަމަށާއި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންކުރެވިފައި މިވަނީ ޕާޓްނަރޝިޕްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސިނާއަތްތައް ކުރިއެރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސަރުކާރާއި، އަމިއްލަ ވިޔަފާރިވެރިންނާއި މުޖުތަމައު ގުޅިގެންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް