Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިދީންނަށް މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުން

ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިއަކު ދޫކޮށްލާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ރައީސް

މަޖިލީހަށް އެންމެ ގިނައިން ސިޓީފޮނުވާ އެއް ބަޔަކީ ޖަލުތަކުގައި ތިބޭ ގައިދީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2021 | ބުދަ 13:21
ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ- ރައީސް ވަނީ ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިއަކު ދޫކޮށްލާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައި

ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ- ރައީސް ވަނީ ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިއަކު ދޫކޮށްލާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައި

ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިން ދޫކޮށްލަމުންދާކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ދޮގު ކުރައްވައިފިއެވެ.

ޖަލުގައި ތިބޭ ކުށްވެރިން ދޫކުރުމަށް ރައީސް އޮފީހުގެ ތެރެއިން ލާރި ނަގަމުންދާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިޙު ވިދާޅުވީ، ޖަލުގައި ތިބި ކުށްވެރިންނަށް މާފު ދިނުމުގައި އަމަލުކުރާ ވަކި ގޮތްތަކެއް ހުންނަ ކަމަށެވެ. އެގޮތުން ކްލެމެންސީ ބޯޑުން ފޮނުވައިގެން ލުއި ދެއްވާފައިވާ ޤައިދީން ތިބޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގައިވެސް ކަރެކްޝަންސްގެ ލަފާ ހޯއްދަވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިއަކު ދޫކޮށްލާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، މަޖިލީހަށް އެންމެ ގިނައިން ސިޓީ ފޮނުވާ އެއްބަޔަކީ ޖަލުތަކުގައި ތިބޭ ގައިދީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ 9 ނޮވެމްބަރު 2020ގައި ޖުޑީޝަރީ ކޮމިޓީން މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު ހުށަހެޅުމަށްފަހު ޖަވާބެއް ނުލިބި ލަސްވަމުން ދާކަން ފާހަގަކޮށް ކޮމިޓީއަށް ފޮނުވާފައިވާ ސިޓީތައް ކޮމިޓީގެ އަމިއްލަ އިސްނެގުމުގެ މަތިން ދިރާސާކޮށް ނިންމި ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ފޮނުވި ކަމަށެވެ.

އަދި މަޖިލީހުގެ ތަޅުމުން އެ ރިޕޯޓު ފާސްކޮށްފައިވާކަމަށާއި ރިޕޯޓުގައި ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމާއި ހުށަހަޅާފައިވާ ކަންކަން ސިޓީއަކުން ކަމާގުޅޭ އިދާރާތަކުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެންނެވިފައި ވީނަމަވެސް މި ކަންކަމަށް އަމަލީ ސިފައެއް އަންނަމުން ނުދާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިކަމާ ގުޅިގެން އެތައް ބައެއް ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވަވާފައެވެ.

ރައީސް ސޯލިހުކަރެކްޝަންސް

އިތުރަށް ކިޔާލަން

18 ޖުލައި 2025

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
23 ފެބުރުއަރީ 2023

މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!

23 ފެބުރުއަރީ 2023
މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!
09 ޖެނުއަރީ 2023

އަލިފާނުގެ ހާދިސާގެ އަސަރު އެއްވެސް ގައިދީއަކަށް ނުކުރޭ، ޖަލުގެ ހާލަތު ރަނގަޅު: ކަރެކްޝަންސް

09 ޖެނުއަރީ 2023
އަލިފާނުގެ ހާދިސާގެ އަސަރު އެއްވެސް ގައިދީއަކަށް ނުކުރޭ، ޖަލުގެ ހާލަތު ރަނގަޅު: ކަރެކްޝަންސް
25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު