Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރުން

މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!

ބަނޑުގައި ހޫނުކަމުގައި އެއްވެސް ގައިދީ އަކު ނެތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 07:45
ގައިދީން، ކަރެކްޝަންސް

ގައިދީން، ކަރެކްޝަންސް

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހެވެ. ކޮންމެ ދުވަހަކު ވެސް އޮފީހަށް އައިސް އާދައިގެ މަތިން މީސް މީޑިއާ ހާވާލީމެވެ. ދުވަހުގެ މަސްރަހާއި ޚަބަރު ދަބަރާ މެދު އާއްމުންގެ ޚިޔާލު ހުރި ނެތް ގޮތް ބަލާލުމަށްޓަކައެވެ. އަދި މިހާރު ފޯނާއި ޓެކްނޮލޮޖީގެ އެހީގައި ކޮންމެ މީހަކީވެސް ނޫސްވެރިއެއް ކަަމަށް ވުމުން އަޅުގަނޑުގެ ނަޒަރުން ގެއްލިފައިވާ ކަމެއް މީސްމީޑިއާ އިން ފެނިދާނެ ކަމުގެ އުންމީދުގައެވެ. ފަލަ ސުރުޚީގައި ޓްވިޓަރ އާއި ފޭސްބުކް އަދި ވައިބަރ ފަދަ ދިވެހިން ގިނަ ޕްލެޓްފޯމުތަކުގައި އެނބުރެމުން ދިޔަ ޚަބަރަކުން ނިކަން ހާސްވެއްޖެއެވެ.

އެ ޚަބަރަކީ މާފުށީ ޖަލުގައި ހަޅުތާލުކުރާ ކަމުގެ ވާހަކައެވެ. މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އަޑު ފެތުރުނު އިރު އެކަމުގެ ތަފްސީލުތައް ކިޔާލުމުން ލިބުނު ހާސްކަންވީ ބޮޑެވެ. މީސްމީޑިއާގައި އާދިއްތަ ދުވަހު ދައުރުވެފައިވާ ވާހަކަތަކަށް ބަލާއިރު މާފުށީ ޖަލުގެ ހަރުކަށި ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް އަޑު ވަނީ ފެތުރިފައެވެ. އަދި އެ ގައިދީންގެ ޝަކުވާތައް އަޑު އަހާނީ ކެއުމުން ކަމަށް އެ ގައިދީންނަށް އަންގާފައިވާ ކަަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަޅުތާލުކުރަން ފަށާފައި ވަނީ ގައިދީންނަށް ދެ ގަޑިއެއްގެ ކެއުން ނުދިން މައްސަލައިގައެވެ.

މިއީ ދެން ކިހާ ދެރަ ކަމެއްތާއެވެ. ގައިދީންނެއް ކަމަކު ހަމަގައިމު ވެސް ހައްގުތަކެއް ކަށަވަރުކޮށްދީފައި އެބަހުއްޓެވެ. އަމުދުން ހައިހޫނު ކަން މަތީ ތިބި ބައެއްގެ ޝަކުވާ އަޑު އަހާނީ ވެސް ކެއުމުން ކަމަށް ބުނުން އެއީ ކަންބޮޑު ނުވާންވީ ކަމެއް ނޫނެވެ. އެކަމަކު މުއައްސަސާ އެއް ގައިދީން ކުރިމަތީގައި ކުޑަކަކޫ ޖެހުން ވެސް އެއީ ރީތި މަންޒަރެއް ނޫނެވެ. ކޮންމެއަކަސް ވެގެން އުޅޭ ގޮތެެއް ބަލަން އަވަސް އަވަހަށް ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅައިފީމެވެ.

އެކަމާއި ގުޅިގެން ކަރެކްޝަންސް އިން މީޑިއާ އަށް ބުނީ އެއްވެސް ގައިދީ އެއް ނުކައި ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޔުނިޓް 11ގައި ހުރި ކަންބޮޑުވުންތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. ތަންކޮޅެއް ތިލަކޮށް އިތުބާރު ހުރި ބައެއް މަސްދަރުތަކާއި ވާހަކަދައްކާލުމުން އެނގުނީ މާ ހައިރާން ކުރުވާ ކަމެކެވެ. އެ ބުނާ ގައިދީން ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކަމަށް މީސްމީޑިއާ އަށް ޚަބަރު ދީފައި އެ ގައިދީން ތިބެނީ ކައިގެންނެވެ. މިއީ ހަމަގައިމުގެ ދުނިޔޭގެ އެއްވެސްތާކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާ ގޮތެއް ނޫނެވެ.

މިވެރިން މި ހަދާ ވަޑާމަކީ ކަރެކްޝަނުން ކެއުން ހިފައިގެން އަންނަ އޮފިސަރުންނަށް ޖަލު ތެރެއަށް ވަނަ ނުދީފައި، އެ ކެއުން ކާން އިންކާރު ކުރަނީއެވެ. ގައިދީންނަށް ހަފްތާ އަކު އެއް ފަހަރު އަމިއްލަ އަށް ކާން އެއްޗެހި ގަންނަން ފުރުސަތު ލިބެއެވެ. މި ބުނާ ގައިދީން ކަނީ އެ ފުރުސަތުގައި ގަންނަ ކާ އެއްޗިއްސެވެ. ތެދެކެވެ. ޖަލުން ދޭ ކާއެއްޗެހި ނުކައި ތިއްބެވެ. އެ ކަމަކު ބަނޑުހައި ހޫނުކަން މަތީ ހުރި ކަމަ އެންމެ ގައިދީ އެއްވެސް ނެތެވެ.

އެހެންވިއްޔާ ދެން މިކަހަލަ ވާހަކަ ފަތުރައިގެން ހޯދަން ބޭނުމީ ކޮން މަންފާއެއް ބާއެވެ؟ އަޅުގަނޑަށް ފެންނަ ފެނުމުގައި ބޭނުންވީ ސުރުޚީއެކެވެ. ބޭނުންވީ ސަމާލުކަމެވެ. މިއަށް ސިޔާސަ، ނޫނީ ސިޔާސީ ސްޓަންޓު ނޫން ދެން އެެހެންނަމެއް ދޭނެ ގޮތެއް ނުވިސްނުނެވެ. އަދި އެއް ވާހަކަ އެބަ އޮތެވެ. ޖަލުގައި ތިބޭ މީހުން ޖަލުން ބޭރަށް މިފަދަ ވާހަކަތައް ވަގުތުން ވަގުތަށް ފޯރުކޮށްދޭ ގޮތެއް ވެސް ހޯދެން ވެއްޖެއެވެ. ސިޔާސީ މަންފާ އާއި އެ ނޫން މަންފާތަކަށްޓަކައި އާއްމުން ހާސްކުރުވުމާއި، މުއައްސަސާތަކަށް ދުއްތުރާ ކުރަން ގައިދީންނަށް ވެސް ފުރުސަތު ދީގެން ނުވާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ކަރެކްޝަންސްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު