Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ފުވައްމުލަކާއި އައްޑޫސިޓީއަށް

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

މާރޗް 25 އިން 28 ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރެއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2022 | ބުރާސްފަތި 07:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު- ރައީސް އޮފީހުން ބުނީ، މާރޗް 25 އިން 28 ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރެއްވާނެކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު- ރައީސް އޮފީހުން ބުނީ، މާރޗް 25 އިން 28 ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރެއްވާނެކަމަށް

އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމާއި، ސަރުކާރުގެ އިތުރު ބައެއް މަޝްރޫއުތައް އިފްތިތާޙު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު އައްޑޫސިޓީއާއި، ފުވައްމުލަކު ސިޓީއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، މާރޗް 25 އިން 28 ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރެއްވާނެކަމަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ 28 ވަނަ ދުވަހުކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާއިރު، އެތަނުން އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެކަމަށާއި އެއީ ރެސިޑެންޝަލް ފަރުވާގައި 30 މީހަކާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކައް ފަރުވާ ދެވޭނެ މަރުކަޒެއްކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީން ބުނެފައިވެއެވެ.

އެ މަރުކަޒުގެ ބިންގާ އަޅުއްވާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މަރުކަޒުގައި ޤާއިމުކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރ އެގްޒެމިނޭޝަން ރޫމް، ނަރސިންގ އެގްޒެމިނޭޝަން ރޫމާއި ނަރސިންގ ސްޓޭޝަން ހިމެނެއެވެ. މީގެއިތުރުން، ކައުންސެލަރުންގެ އިންޓަރވިއު ރޫމްސް، ޑައިނިންގ އޭރިއާ، ބަދިގެ، ކްލާސް ރޫމް، އެޑްމިނިސްޓްރޭޓިވް އޮފީސް، ކްލިނިކަލް އޮފީސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީސް، މަލްޓި ޕަރޕަސް ހޯލް، ކްލައިންޓުންގެ އެކޮމޮޑޭޝަން ބްލޮކްސްވެސް ހިމެނެއެވެ. އަދި، ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ލޯންޑްރީ އޭރިއާ، ސްޓާފް މެސްރޫމް، ކޮންފަރެންސް ރޫމް، މިސްކިތް، ފެމިލީ މީޓިންގ ރޫމް، ލައިބްރަރީ އަދި ޕާކިންގ ގަރާޖް ހިމެނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫގެ އިތުރުން، ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ހިނގާނެ މުހިންމު ހަރަކާތްތައް ރައީސް އޮފީހުން ވަނީ ހިއްސާ ކޮށްފައެވެ.

1- ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން

2- ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން

3- އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން

4- މަރަދޫ ބަނދަރު ހުޅުވައިދެއްވުން

5- މީދޫ ބަނދަރު ހުޅުވައިދެއްވުން

6- ހިތަދޫ މަސްޖިދު އިބްރާހީމް ހުޅުވައިދެއްވުން

7- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވުން

ރައީސް ސޯލިހުއައްްޑޫ ސިޓީފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު