Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން

މާލޭ މީހުންނަށް ގޯތިދިނުމަށް ބިމެއް ހިއްކަނީ، ލޯނު ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުން

އެމަޝްރޫޢު އިއުލާންކުރައްވާނީ ރައީސްކަމަށް އަސްލަމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މާރިޗު 2021 | ބުދަ 08:32
މާލެ ސިޓީ

މާލެ ސިޓީ

މާލޭގެ ރައްޔިތުންނަށް ގޯތިދިނުމަށް ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވަނީ ފާއިތުވި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާލޭގެ ރަށްވެހިންނަށް ގޯތިދެވޭނެ ގޮތެއް ބައްލަވާކަމަށް ވިދާޅުވެފައިވާތީ އެކަމުގެ ވިސްނުން ސަރުކާރުގައި ހުރިގޮތާއި ޓައިމްލައިނާ ގުޅޭގޮތުން މިނިސްޓަރ އަރިހުން ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައީސް އިޝާރާތްކުރެއްވި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ގެންގުޅޭ އެހެން ވިސްނުމެއްކަމަށެވެ.

Advertisement - newsAdvertisement

އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އިތުރު ބިމެއް މާލޭގެ ރައްޔިތުންނަށް ޚާއްސަކުރުން ކަމަށާއި ނަމަވެސް އެމަޝްރޫޢު އިއުލާންކުރައްވާނީ ރައީސްކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް މިމޭރުމުން ޖަވާބު ދެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވިދާޅުވީ އެމީހަކަށް އެނގިހުރި އެއްޗެއް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެހެން ވިދާޅުވެ މިމަޝްރޫޢުގެ އިތުރު ތަފްސީލު ވަނީ ރައީސް ނަޝީދު ދެއްވާފައެވެ. އެގޮތުން މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާ ލޯނު ނެގުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބިމެއް ހިއްކާނެކަން މިސަރުކާރުން ހާމަކޮށްފައިވާއިރު ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ވެސް ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި މާލޭގެ ދެކުނުން އޮންނަ ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްލޭނެއް ގެންގުޅެފައެވެ

ރައްޔިތުންގެ މަޖިލިސްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމާލެ ސިޓީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު