Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025 | ހޯމަ 08:36

ރައީސް މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވީ އިންތިހާބުވެވަޑައިގެންނެވި ފަހުން 2 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ނޮވެމްބަރު 2025 | ހޯމަ 08:36
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ.

ރައީސް މިފަދައިން އެއްބަސްވެވަޑައިގަތީ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އާދީއްތަ ދުވަހުގެ ރޭ އެ އަވަށުގައި ބޭއްވި ހަފްލާގަ އެވެ. މިއީ އިންތިހާބުވެވަޑައިގެންނެވި ފަހުން މިވީ 2 އަހަރުގެ ތެރޭގައި ވިލިމާލޭގެ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ވިލިމާލޭ ރައްޔިތުންނަށް މިއޮތްހާ ދުވަހު ނުކުރެވި، އަދި ހާސިލުކޮށް ނުދެވި، ސަރުކާރުތަކުން އޮތް ހުރިހާ ކަމެއް ފުރިހަމަކޮށްދޭން އަދި އިތުރަށްވެސް ކުރައްވަން ކަމަށެވެ. އަދި ވިލިމާލެ އަކީ މާލޭ ސިޓީގެ އެއްބައި ކަމަށާއި، މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ތަރައްޤީ އަންނަންޖެހޭނެ ކަމަށެވެ.

ވިލިމާލެވީމާ އިހުމާލުކޮށްލެވިފައި، ނޫނީވިއްޔާ ތަފާތުކުރެވިފައި އޮންނަންޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އޭރު ކުރެވުނު އޮތް ވަރަކަށް މަސައްކަތް ކުރެވޭތޯ ބެލިން. ދެން މިހާރު ސަރުކާރުގެ ތެރެއިން ހަމަ ޔަޤީނުންވެސް މާ ފުރިހަމައަށް ކަންކަންވާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ވިލިމާލެއަށް އިހުމާލުވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު، އެމަނިކުފާނު މިދިޔަ 12 އަހަރު ހުންނެވީ ވިލިމާލެ އަށް ބާރު ފޯރުވޭ ހިސާބުގަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ގެ ވެރިކަމުގައާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުންނެވީ ހައުސިންގ މިނިސްޓަރު ކަމުގަ އެވެ. އަދި އެއިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލެއް އޮތުމުން މާލޭގެ މުނިސިޕަލް ކަންކަމާއި ތަރައްގީގެ ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ބަލަހައްޓަމުން ގެންދިޔައީ އެއިރުގެ ހައުސިންގ މިނިސްޓްރީ އިން މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

މީގެ އިތުރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެން ހުންނެވީ މާލޭގެ މޭޔަރު ކަމަށެވެ. އެއިރު ވެސް ވިލިމާލޭގެ ހުރިހާ ކަމެއް ބަލަހައްޓާ ބާރު ފޯރުވަމުން ގެންދެވީ ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވެސް ވިލިމާލޭގެ މައްޗަށް ބާރު ފޯރުވާ ކަންކަން ކުރަމުން ދަނީ ސީދާ މިނިސްޓްރީތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުންނެވެ.

އަދި މި ދުވަސްތަކުގައި ވިލިމާލޭގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވީ ވެސް ރައީސް މުއިއްޒުގެ ޕާޓީގެ މެންބަރެކެވެ. އަދި މިހާރުވެސް ހުރީ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް މެންބަރެކެވެ. އެހެންކަމުން ވިލިމާލެ ރައްޔިތުންނަށް ކުރިން އިހުމާލުވި ކަމަށް ވިދާޅުވެ ރައީސް އަށް އެ ވިދާޅުވެވުނީ އެމަނިކުފާނުގެ އާރާއި ބާރުގެ ދަށުން ރައްޔިތުންނަށް އިހުމާލުވެ ކަންކަން ނުކޮށްދެވުނު ވާހަކަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުވިލިމާލެ މާލެ ސިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް