Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކޮމިޝަން

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

އިންތިހާބަށް ބޭނުންވާ ރަށްތަކާއި ސިޓީތަކުގެ ތެރެއިން މާލޭ ސިޓީގައި 83،813 މީހުން ރަޖިސްޓަރީ ވެފައިވާއިރު އައްޑޫ ސިޓީގައި 35،549 މީހުން ރަޖިސްޓަރީވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 12:26
އިލެސަންސް ކޮމިޝަން: ލޯކަލް ކައުންސިލު އިންތިހާބަށް އާބާދީތަކުގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފަ

އިލެސަންސް ކޮމިޝަން: ލޯކަލް ކައުންސިލު އިންތިހާބަށް އާބާދީތަކުގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފަ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ރަށްތަކާއި ސިޓީތަކުގެ އާބާދީގެ މައުލޫމާތު އިލެކްސަންސް ކޮމިޝަނުން އާންމުކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވުމުގެ ކުރިން މި މައުލޫމާތުތައް އާންމުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ. މިގޮތުން އީސީން ވަނީ މިދިޔަ މަހުގެ 30 ގެ ނިޔަލަށް ހުރި އާބާދީގެ މައުލޫމާތު ހުކުރު ދުވަހު އާންމުކޮށްފައެވެ.

Advertisement - newsAdvertisement
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާގޮތުގެމަތީން، 2025 ސެޕްޓެންބަރު 30 ގެ ނިޔަލަށް، ދިވެހިރާއްޖޭގެ ރަށްތަކާއި، ސިޓީތަކުގެ ޖުމުލަ އާބާދީ ގެ މަޢުލޫމާތު، ގަވާއިދު ނަންބަރު 2019/R-1086 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެމަތީން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. އެހެންކަމުން، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުގައި ބަލާނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތީންނެވެ.
އިލެކްޝަންސް ކޮމިޝަން

އާންމުކުރެވުނު މައުލޫމާތުތަކަށް ބަލާއިރު، މާލޭ ސިޓީގައި 83،813 މީހުން ރަޖިސްޓަރީ ވެފައި ވާއިރު، އައްޑޫ ސިޓީގައި 35،549 މީހުން ރަޖިސްޓަރީ ވެފައިވެއެވެ. އަދި ކުޅުދުއްފުށީ ސިޓީގައި 11،110 މީހުންނާއި ތިނަދޫ ސިޓީގައި 10،453 މީހުން ރަޖިސްޓަރީ ވެފައިވާ ކަން ފާހަގަކުރެވެއެވެ.

ސިޓީތައް ފިޔަވައި އެހެނިހެން ރަށްރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ރަޖިސްޓަރީ ވެފައި ވަނީ ޅ. ނައިފަރުގައެވެ. އެރަށުގައި 5،878 މީހުން ރަޖިސްޓަރީ ވެފައިވާއިރު، ލ. ގަމުގައި 5،523 މީހުންނާއި، ޅ. ހިންނަވަރުގައި 5،092 މީހުންނާއި، ރ. ދުވާފަރުގައި 5،037 މީހުން ރަޖިސްޓަރީ ވެފައިވެއެވެ.

https://www.elections.gov.mv/announcements/363

އަންނަ އަހަރުގެ އިންތިހާބުގެ ކުރިން ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ނިންމާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުތައް އުވާލުމާއި، ރަށު ކައުންސިލުތަކުގެ މެންބަރުންގެ އަދަދު ދަށްކުރުން ހިމެނެއެވެ.

މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލުގެ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މި މަހުގެ 25 ވަނަ ދުވަހު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯޓަކީ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލުތައް އުފެއްދުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ ވޯޓެކެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިހާބުމާލެ ސިޓީއައްްޑޫ ސިޓީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު