Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި

30 ސެޕްޓެމްބަރު 2025 | އަންގާރަ 14:31

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަންޑަގްރައުންޑް ޕާކިންއާއެކު މައިޒާން ހެދުމުގެ މަޝްރޫއު ވަނީ ފެއިލްވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 30 ސެޕްޓެމްބަރު 2025 | އަންގާރަ 14:31
ބައު ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (25-2-2024)

ބައު ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (25-2-2024)

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަންޑަގްރައުންޑް ޕާކިންއާއެކު މައިޒާނެއް ހެދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ޕްލޭން ފަނުފުލުން ހިނގެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިފްތިތާހު ކުރެވުނު މި މަޝްރޫއަކީ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނުނު މުހިންމު ވައުދެކެވެ.

މި މަޝްރޫއުގެ ދަށުން ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގެ އަޑީގައި ވެހިކަލްތަކަށް ޕާކުކުރެވޭ ގޮތަށް އިމާރާތެއް ހަދައި، އޭގެ މަތީގައި ރައްޔިތުންނަށް ހިތްފަސޭހަ މައިޒާނެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

މާލޭ ސިޓީ ކައުންސިލާ ގުޅިގެން ތަންފީޒުކުރަން ފެށުނު މި މަޝްރޫއުގެ ދަށުން މިހާތަނަށް ކުރެވިފައިވަނީ ހަމައެކަނި ކުރެހުންތައް ދައްކާލުމާއި އިފްތިތާހީ އިވެންޓެއް ބޭއްވުން އެކަންޏެވެ. މިއަދު އެ ސަރަހައްދު އޮތީ ހަނަފަސް ބިމެއްގެ ގޮތުގައެވެ.

މީގެ ކުރިން މުއިއްޒުގެ މޭޔަރުކަމުގައި ވެސް މާލޭގެ ހަ ސަރަހައްދެއްގައި ޕާކިން ބިލްޑިންތައް އެޅުމަށް ވަނީ ރޭވިފައެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ މަޝްރޫއުތައް ކާމިޔާބު ނުވީ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލް މެންބަރުން ހުވާކުރުމުގެ ދަރުބާރުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އޭޕްރީލް މަހާ ހިސާބުގައި މާލޭގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެހެންނަމަވެސް، އެ ވިދާޅުވުމަށް މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރުވެސް އެއިން އެއްވެސް ޕާކިން ބިލްޑިންއެއްގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.

މާލޭގެ ޕާކިން މައްސަލައަކީ އަހަރުތަކެއް ވަންދެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެކި ވެރިކަމުގައި މި މައްސަލަ ހައްލުކުރުމަށް ގިނަގުނަ ވައުދުތައް ވެފައިވީ ނަމަވެސް، އަދިވެސް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.

މާލެ ސިޓީބާ ޖަމާލުއްދީން ސްކޫލްއަންޑަގްރައުންޑް ޕާކިންމާލޭ ސިޓީ ކައުންސިލްޕާކިން މައްސަލަރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް