Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގ

އާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގާނޫނުތަކުގެ ތެރެއިން ކޮމިޓީތަކުގައިވާ 5 ބިލެއްގެ މަސައްކަތް އަވަސްކުރުމަށް އެދިވަޑައިގެންފި

މިބިލްތަކުގެ މަސައްކަތް މެމްބަރުން ހޭލާތިއްބަވައިގެން ވެސް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މާރިޗު 2021 | ބުދަ 06:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤާނޫނުތަކުގެ ތެރެއިން ކޮމިޓީތަކުގައި މިހާރުހުރި ފަސް ބިލެއްގެ މަސައްކަތް އަވަހަށް ނިންމަވާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަވާއިދު ކޮމިޓީން އާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލްތަކުގެ ތެރެއިން ފަސް ބިލެއް ކޮމިޓީތަކުގައިވާކަމަށް އަންގާފައިވާކަމަށެވެ. ކޮމިޓީތަކުގައިވާ ފަސް ބިލަކީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް، ތަފާސް ހިސާބުގެ ބިލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މަތީ ތައުލީމުގެ ބިލް އަދި މަދަނީ އިޖުރާޢަތުގެ ބިލެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މިބިލްތަކުގެ މަސައްކަތް މެމްބަރުން ހޭލާތިއްބަވައިގެންވެސް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު 13 ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފައިވަނީ މިދިޔަ އަހަރުގެ އެންމެ ފަހުގެ ޖަލްސާގައެވެ. މުއްދަތު އިތުރުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހާ ހަމައަށެވެ.

އެގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރަމުން އައިސްފައިވާއިރު ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިގަވާއިދުތަކުގެ މުއްދަތު މިހާރު ހަމަވާން އޮތް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުން ދެން މުއްދަތު އިތުރުކުރުމަށް ގަސްތުނުކުރައްވާކަމަށެވެ.

އާންމު ގަވާއިދުތަކާ ބެހޭ ޤާނޫނަކީ މިހާރު އަމަލުކުރަމުން އަންނަ އައު ޤާނޫނު އަސާސީ އައުމާއެކު ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުތަކަށް އަމަލުކުރުމުގެ ޤާނޫނީ ބާރެއް ދިނުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން ހުރި ގަވާއިދުތަކަށް އަމަލުކުރަމުން އަންނާނީ އެގަވާއިދަކާ ގުޅުންހުރި ޤާނޫނެއް ވުޖޫދުވަންދެންނެވެ. އެގާނޫނެއް ވުޖޫދުވަންދެން އަމަލުކުރުމުގެ މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު