Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލުތުފީ ފިލި މައްސަލަ

ލުތުފީ ފިލި މައްސަލައިގައި 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

އޭނާ ފިލީ 2010 ވަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2021 | ބުދަ 06:07
ލުތުފީ އެނބުރި މާލެއަށް އަދި ދުވަހުގެ މަންޒަރެއް

ލުތުފީ އެނބުރި މާލެއަށް އަދި ދުވަހުގެ މަންޒަރެއް

ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބަޣާވާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި 7 މަހާއި 18 ދުވަހަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ލުތުފީގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފްވެ އެންމެ ލުއި އަދަބެއް ދިނުމަށް އެދިފައިވަނީ މިހިނގާ މާރޗު މަހުގެ 3 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ލުތުފީ ވަނީ މި މައްސަލައިގެ ނިޔާ އިއްވަވާއިރު، ގޭބަންދުގައި ހުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިފައެވެ. އެގޮތުން މިހާރު ތަންފީޒު ކުރަމުންދާ ޙުކުމް ގޭބަންދަށް ބަދަލު ކުރެވިދާނެތޯ ލުތުފީ ވަނީ އެދިފައެވެ. އަދި ޖަލުގައި 23 އެއްހާ އަހަރު ހޭދަވާން ގާތްވެފައިވާކަން ފާހަގަކޮށް ލުތުފީ ބުނީ، ބަލި ޙާލަތަށް ރިއާޔަތްކޮށް ޙުކުމް ގޭބަންދަށް ބަދަލު ކުރައްވައިފިނަމަ ޝުކުރުވެރި ވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، ދައުލަތުން ދައުވާ ހުށަހަޅަން ޖެހުނު ސަބަބަކީ ވެސް ބޭސް ފަރުވާއަށް ދިއުމަށްފަހު އެނބުރި ނައުމުން ކަމަށެވެ. އެއާއެކު، ޖަލު ޙުކުމް ފިޔަވައި އިތުރު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އިއުތިރާޒު ކޮށްފައެވެ.

މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިއީ ޖިނާޢީ އިޖުރާޢަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އަދި އެންމެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށް ލުންކަން ފާހަގަކޮށް ގާޒީ ވިދާޅުވީ، ލުތުފީ ދައުވާއަށް އިއުތިރާފް ވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑު 1 ދަރަޖަ ދަށްކޮށް، 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާ ކަމަށެވެ.

ބަޣާވާތުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށް ލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އޭނާ ފޮނުވާލީ 2010 ވަނަ އަހަރުއެވެ. އޭރު ހޯމް މިނިސްޓްރީން އޭނާ ފޮނުވީ އަމިއްލަ ހަރަދުގައި ބޭސްފަރުވާކުރުމަށް 2010 ވަނަ އަހަރުގެ ޖެނުއަރީގައި އެއް އަހަރު ދުވަހަށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުންނެވެ. ނަމަވެސް އޭނާ އޭރުން ފެށިގެން ސްރީ ލަންކާގައި އެއްވެސް ލިޔެކިއުމެއް ނެތި ފިލައިގެން އުޅުމަށް ފަހު އެގައުމުގެ ފުލުހުންނާ އަމިއްލައަށް ހަވާލުވީ 2019 ގައެވެ. އޭރު އެގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވިސާ ނެތް މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދަނިކޮށް ލުތުފީ އަމިއްލައަށް ހަވާލުވީ ސަލާމަތްވުމަށް ކަމަށް ވެސް ބުނެއެވެ.

އޭނާ ރާއްޖެ ގެނައީ ހަމަ އެ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ މިނިވަންކަން މަތީގައި އެއްވެސް ކުށެއް ނެތް މީހެއް ފަދައިން އިއްޒަތާއި ގަދަރުގައި ގެނައި ކަމަށް ބުނެ އެތައް ބައެއް އެކަމާ ފާޑު ވެސް ކިއެވެ.

2019 ގައި މާލެ ގެނައި އިރު ބަޣާވާތުގެ ކުށުގައި އޭނާގެ މައްޗަށް ކުރި ހުކުމުގައި ބާކީ އޮތީ ހަތަރު އަހަރެވެ. އެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ޖަލުގައި ބާއްވައިގެން އޭނާ ފިލި މައްސަލައިގައި އޭނާއަށް އުފުލާފައި ވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ.

އަބްދުﷲ ލުތުފީކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު