Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކައާއި ގުޅޭ ކޮރަޕްޝަނުގެ ޙަޤީޤަތް

ފެނަކައާ ގުޅޭގޮތުން އޭސީސީއާ ޙަވާލާދީ ދައްކަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފެނަކަ

އެކަމާ ގުޅޭ ބައެއް ތަފްސީލުތައް ކުންފުނިން ވަނީ ހިއްސާ ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2021 | އަންގާރަ 14:43
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާ ވާހަކަ ދައްކަވަނީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާ ވާހަކަ ދައްކަވަނީ

ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ޙަވާލާދީ ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ހިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވައިދުގައި ބަޔާންކޮށްފައިވާ ފައިސާގެ މިންގަނޑުތަކާއި ހުއްދަ ދޭ ފަރާތް އެ ކުންފުނިން 2019 ވަނަ އަހަރުގެ ގަވާއިދުގައި ބަދަލުކޮށްފައި އޮތް ނަމަވެސް ރާއްޖެ އިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ބިޑް އުސޫލުން އިއުލާންކޮށްގެން ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަން އޭސީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އޭގެ އިތުރުންވެސް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ފާހަގަ ކުރެވިފައިވާކަމަށް އޭސީސީން ބުނެފައިވާއިރު، އެކަމާ ގުޅޭ ބައެއް ތަފްސީލުތައް ކުންފުނިން ވަނީ ހިއްސާ ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ކުންފުނިން ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގައި 3000 (ތިން ހާސް) ރުފިޔާއިން 225،000 (ދެލައްކަ ފަންސަވީސް ހާސް) ރުފިޔާއާއި ދެމެދުގެ މުޢާމަލާތެއްނަމަ އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމައް އޮތްއޮތުން، 26 ޖޫން 2018 ގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން، 10،000،000 (ދިހަ މިލިއަން) ރުފިޔާއަށް މަތި ކުރަން ނިންމާފައިވާއިރު، އެ ނިންމުން 2018 ޑިސެމްބަރގައި ފެނަކަ މެނޭޖްމަންޓާއި އަލަށް ހަވާލުވި ޑިރެކްޓަރުންގެ ބޯޑުން އިސްލާޙު ކޮށްފައިވާ ކަމަށެވެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢާންމު ބިޑު އުސޫލުން އިޢުލާންނުކޮށް ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅޭގޮތުން ކުންފުނިން ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގެ 3.6 ވަނަ މާއްދާގައި، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާއިރު މަދުވެގެން 05 ފަރާތަކަށް ކޯޓޭޝަން ހޯދަން ފޮނުވާންވާނެކަމަށް ބަޔާންކޮށް، މަދުވެގެން 03 ފަރާތެއްގެ ކޯޓޭޝަން ލިބުމުން 10،000،000 (ދިހަ މިލިއަން) ރުފިޔާގެ މުޢާމަލާތް އޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއި އެކު ކުރިއަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައި އޮތް ކަމަށެވެ. ނަމަވެސް 01 އޮގަސްޓް 2019 ގައި 2018 ޑިސެމްބަރުގައި އަލަށް އެކުލަވާލެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން އެއަށް ވަނީ ބަދަލުގެނެސްފައެވެ.

އެގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި  225،000 (ދެލައްކަ ފަންސަވީސް ހާސް) ރުފިޔާއިން ފެށިގެން 5،000،000 (ފަސް މިލިއަން) ރުފިޔާގެ މުޢާމަލާތެއްނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާރޗޭސް ކޮމިޓީއިން އިވެލުއޭޓްކޮށް ފާސް ކުރެވިގެންކަމާއި، އަދި 5،000،000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީ މުޢާމަލާތެއް ނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ލިބިގެންކަމުގައި ބަޔާންކޮށް، މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާގެ ގޮތުގެ ޤަވާއިދު ވަނީ އިސްލާހުކުރެވިފައެވެ. ފެނަކައިގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން މި އިސްލާހު ގެނެސްފައިވަނީ، ވަގުތާއި ހާލަތަށްބަލައި އަދި ކުންފުނިން ފޯރުކޮށްދެވެމުންދާ ހިދުމަތުގެ ބާވަތަށްބަލައިގެން މެދުނުކެނޑި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ މުޢާމަލާތްތައް އިދާރީ ހުރަސްތަކެއްނެތި، ފަސޭހައިން މުދަލާއި ހިދުމަތް ހޯދުމުގެ ބޭނުމުގައިކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.

ފެނަކައިން ބުނީ، މި ނިންމުންތަކުންވެސް، ކުންފުނިން ނިންމާ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު އެންމެ ފަރާތަކަށް ދިނުމުގެ ބަދަލުގައި، އެއަށްވުރެ ހަރުދަނާ އުޞޫލުތަކަކަށް ބަދަލުކުރެވިފައިވާކަން ސާފުވާނެކަމަށެވެ.

ފެނަކައިން ވަނީ ޚަބަރެއް ފެތުރުއްވުމުގެ ކުރިން ކަމާގުޅޭ ތަފްޞީލް ކުންފުނިން ހޯއްދެވުމަށްފަހު، ކަމުގެ ޙަގީގަތް ކިޔުންތެރިންނަށް ސާފުވާނެ އުޞޫލަކުން މަޢުލޫމާތު ޢާންމު ކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެއްވެސް ނޫހަކުން މަޢުލޫމާތެއް ހޯދަން އެދިގެން، އެއްބާރުލުން ނުދީ، ކަންކަން ސިއްރުކުރުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓުން ގެންގުޅޭ އުޞޫލުތަކާ ބީރައްޓެހި ގޮތެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ފެނަކަ ކޯޕަރޭޝަން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު