Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުން ވަޒީރުންނަށް ބިރު ދައްކާކަމަށް ބުނާ މައ

މެމްބަރުން ވަޒީރުންނަށް ބިރު ދައްކާކަމަށް ވިދާޅުވި މައްސަލަ އިތުރަށް ސާފުކުރުމަށް މަލީހު ކޮމިޓީއަށް

9 މާރިޗު 2021 | އަންގާރަ 10:06

މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރު ދައްކަމުންދާ ކަމަށް މަލީހު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މާރިޗު 2021 | އަންގާރަ 10:06
މުހައްމަދު މަލީހު ޖަމާލު

މުހައްމަދު މަލީހު ޖަމާލު

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރު ދައްކަމުންދާކަމަށާއި ތަކުރާރުކޮށް ސަރުކާރުގެ ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ބިރު ދައްކަމުންދާކަމަށް ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވާ މައްސަލަ އިތުރަށް ބެލުމަށް މަލީހު ކޮމިޓީއަށް ހާޒިރުކުރުމަށް އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

މަރޗް މަހުގެ 1 ވަނަ ދުވަހު ބޭއްވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މަލީހަށް ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން މަލީހު ވަނީ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރު ދައްކަމުންދާ ކަމަށާއި ތަކުރާރުކޮށް ސަރުކާރުގެ ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރު ދައްކާކަމަށާއި އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަށް މަޖުބޫރިކުރުވިކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މަލީހުގެ މިވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި މަސައްކަތްތަކަށް އަދި ގަދަރަށް އުނިކަން ލިބޭފަދަ ވާހަކައަކަށްވާތީ އެކަން ބައްލަވައިދެއްވުމަށް އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެކަމާ ގުޅިގެން ކޮމިޓީއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ މަލީހުގެ މިވާހަކަފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން މަޖިލީހުގެ އިމްތިޔާޒުތަކާއި ގަދަރަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއްކަމުން އެކަން ކޮމިޓީން ބައްލަވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެހެންކަމުން މިމައްސަލަ ކޮމިޓީން ބެލުމަށްޓަކައި މިކަމުގައި މަލީހު ކޮމިޓީއަށް ހާޒިރުކޮށް މިފަދަ ތުހުމަތެއް ކުރަނީ ކޮން އަސާސެއްގެ މައްޗަށްތޯ ސާފުކުރުމަށް މަލީހު ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރ އަހުމަދު ހާރޫނެވެ. ހާރޫނުގެ މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމެވެ.

އެހެންކަމުން އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުން މުގައްރިރު ނިންމަވާލެއްވީ މި މައްސަލަ އިތުރަށް ކުރިޔަށް ގެންދިޔުމަށް މަލީހު ކޮމިޓީއަށް ހާޒިރުކޮށް މަލީހުގެ ބަހެއް މިކަމުގައި ހޯދުމަށެވެ.

މިމައްސަލާގައި ކޮމިޓީން ބަލަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ 7 ގައި ބުނާ މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްތުގައި ކަމެއް އޮޅުވާލުމެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އިމްތިޔާޒަށް އުނިކަން ލިބޭ ފަދަ އަމަލުތަކެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށްދިޔަ ދުވަހު މިނިސްޓަރަށް ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވަނީ ވަރަށް ބޮޑަށް މަޖިލީސް ހިނގާގޮތަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ކުރިޔަށްގެންދަވަނީ ޚުދުމުހުތާރުކޮށްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިތުބާރުނެތްކަމަށް ފާސްވެ މަލީހުގެ މަގާމު ގެއްލުމަށްފަހު މަލީހު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރަމުންދާ ކެމްޕެއިންގައި މަލީހުވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް