Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ

ދާ އަޅައިގެން މަސްވެރިކަން ކުރާ ބޭރު ބޯޓުފަހަރު އިތުރުވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ތާރިގު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 06:45
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ތާރިގު

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ތާރިގު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުތައް މިދުވަސްވަރު އިންތިހާއަށް ގިނައިން ފެންނަމުންދާތީވެ މިކަމަށް ވަގުތުން ފިޔަވަޅުއަޅައި ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ތާރިގެވެ. މައްސަލަ ހުށަހަޅުއްވަމުން ތާރިގް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދުވަސްވަރު ދާ އަޅައިގެން މަސްވެރިކަންކުރާ ރާއްޖެއިން ބޭރުގެ ބޯޓުފަހަރު ގިނަ އަދަދަކަށް ފެންނަމުންދާކަމުގެ މައުލޫމާތު މަސްވެރިން ދެމުންދާތީ އާއި އުތުރުގެ އަތޮޅުތަކާ ދިމާއިން ފެންނަ ބޯޓު ފަހަރު އިތުރުވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރަމުންދާ ކަމަށެވެ. އަދި ދާ އަޅައިގެން ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ ޤާނޫނާ ޚިލާފުކަމަށްވާއިރު ރާއްޖެއިން ބޭރުން މިފަދަ ބޯޓުތަކާމެދު އިތުރަށް ފަރުވާތެރިވެ ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ނ އަތޮޅުން 30 މޭލު ބޭރުން ކަންނެލި މަސްވެރިކަން ކުރާ 2 ދޯންޏަކުން ރިޕޯޓްކޮށް އަދި ދިވެހި ސިފައިން އަންނަންދެން އެބޯޓަށް ފާރަވެރިވެ، އެންމެ ފަހުން ރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓާފައިވާ ރާއްޖޭގެ ސަރަހައްދުގައި ދާ އެޅުމުގެ މަސްވެރިކަން ކުރަމުންދިޔަ ބޯޓާ މެދު އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ތާރިގް ވިދާޅުވިއެވެ. އަދި އޭގައި ތިބި މީހުންނަށް ދައުވާ ނުކުރުމަށް ޕީޖީ ނިންމާފައިވާކަމަށް ފުލުހުންނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާކަމަށް ވެސް ތާރިގް ވިދާޅުވިއެވެ.

މަސްވެރިންގެ އެތައް ވަގުތާއި މަސައްކަތުން މިފަދަ ބޯޓުފަހަރު ހިފަހައްޓައި ރިޕޯޓްކުރަމުންދާއިރު ރާއްޖޭގެ ސަރަހައްދުން އަތުލައިގަންނަ ދާއަޅާ މަސްބޯޓުތަކަށް އެއްވެސް ފިޔަވަޅެއް ނާޅާއި، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ދާއެޅުމުގެ މަސައްކަތްކުރި މީހުންނާމެދު ދައުވާ ކުރުމެއްނެތި ދޫކޮށްލުމަކީ އެފަދަ ބޯޓުތަކާއި މީހުންނަށް ލިބޭ އިތުރު ފުރުސަތަކަށްވެ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު ގެއްލުން ލިބޭކަމަކަށްވާތީވެ އަދި މިފަދަ ބޯޓުތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތާމެދު ވެވޭ އިހުމާލެއްކަމަށް ދެކި 24 ފެބްރުއަރީގައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނު ދާ އަޅާ ބޯޓާމެދު ޤާނޫނާއި ގަވާއިދުތަކުން އެޅެން ހުރި ފިޔަވަޅުތައް ވަގުތުން އެޅުމަށް ގޮވާލާ މި ކުއްލި މައްސަލަ ހުށަހަޅުއްވާކަމަށް ތާރިގް ވިދާޅުވިއެވެ.

މިމައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން މިމައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ.

މިމައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ފާސްވުމުން މިކުއްލި މައްސަލައަށް ބަހުސްކޮށްފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލިސްކުއްލި މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު