Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވާ މައްސަލަ

މެމްބަރުން ވަކިއެއްޗެއް ނާންގަވާ ޖަލްސާތަކަށް ވަޑައިނުގަންނަވާތީ ނަޝީދުގެ ކަންބޮޑުވުން، އީސަ ޖަލްސާއަށް ވަޑައިނުގަންނަވާ ސަބަބު ސާފުނުވޭ

9 މާރިޗު 2021 | އަންގާރަ 05:21

އަންގާރަ ދުވަހުގެ ޖަލްސާގައި 6 މެމްބަރުން ތިއްބެވީ ސަލާމުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މާރިޗު 2021 | އަންގާރަ 05:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަލާން ނުފޮނުއްވާ އަދި ކަރަންޓީނުގެ ހާލަތުގައި ނޫނަސް ޖަލްސާތަކަށް ވަޑައިނުގަންނަވާ ތިއްބަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ ޖަލްސާއަށް ވަޑައިގެންތިއްބެވި މެމްބަރުންގެ އަދަދާއި ސަލާމުގައި ތިއްބެވި މެމްބަރުންގެ އަދަދު އަދި ކަރަންޓީނުގައި ތިއްބެވި މެމްބަރުންގެ އަދަދު ހާމަކުރައްވާފައެވެ. ކޮންމެ ދުވަހެއްގެ ޖަލްސާ ފައްޓަވަމުން ވެސް ރިޔާސަތުން ޖަލްސާގެ ހާޒިރީ ވިދާޅުވެދެއްވައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާ ފެއްޓެވިއިރު 33 މެމްބަރުން ޖަލްސާގައި ތިއްބެވިއިރު 6 މެމްބަރުން ތިއްބެވީ ސަލާމުގައެވެ. އަދި ކަރަންޓީނުގައި 2 މެމްބަރުން ތިއްބެވިއެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ވެސް 6 މެމްބަރުން ސަލާމުގައި ތިއްބެވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިިދިޔަ ހަފްތާގެ ޖަލްސާތަކަށް ބަލާލާއިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހު 5 މެމްބަރުން ސަލާމުގައި ތިއްބެވިއިރު އަންގާރަ ދުވަހު 4 މެމްބަރުން އަދި ބުދަ ދުވަހު 6 މެމްބަރުން ތިއްބެވީ ސަލާމުގައެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ހާޒިރީ ވިދާޅުވެދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ޖަލްސާތަކަށް ވަޑައިނުގަންނަވާ އަދި ސަލާން ނުފޮނުއްވާ ހުންނަވާ ސަބަބާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

މެމްބަރުން ވަކި މުއްދަތެއްނެތް ގޮތަށް ސަލާމުގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުން މީގެކުރިން ވެސް ރައީސް ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.

މިކަމުގައި އާންމުންގެ ކަންބޮޑުވުންތަކެއް ހުރިއިރު މަޖިލީހުގެ ގަވާއިދުގައި މެމްބަރުންނަށް ސަލާމުގައި ތިއްބެވޭނެ ވަކި މުއްދަތެއް ހާމަކޮށްފައެއް ނޯވެއެވެ.

މެމްބަރުންގެ ހާޒިރީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށްޓަކައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގައި ވަނީ ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ އެ މެމްބަރެއްގެ މުސާރައިން 50 އިންސައްތައަށްވާ މިންވަރު ކަނޑަން ޖެހޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް