Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެޓީވީގެ ރަމަޟާން މަހުގެ ޕްރޮގްރާމްތައް

ރޯދަ މަހު ރާއްޖެޓީވީން ގެންނަ މިއުޒިކް ޝޯތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ރާއްޖެޓީވީން ދަނީ ތަފާތު ގިނަ ޕްރޮގްރާމްތައް ތައްޔާރުކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 17:58
ރާއްޖެޓީވީން ރަމަޟާން މަހު ގެނެސްދޭ ހާއްސަ މިއުޒިކް ޝޯތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން

ރާއްޖެޓީވީން ރަމަޟާން މަހު ގެނެސްދޭ ހާއްސަ މިއުޒިކް ޝޯތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން

ރަމަޟާން މަހަށް ހާއްސަކޮށްގެން ރާއްޖެޓީވީން ގެންނަ ދެ މިއުޒިކް ޝޯގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު މިކަމަށްޓަކައި ރާއްޖެޓީވީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ސޮއިކޮށްފައިވަނީ އޯލްޑް އިޒް ގޯލްޑްގެ މިއުޒިކް ޝޯއަކާއި ހަބޭސް ބޮޑުބެރުގެ މިއުޒިކް ޝޯއެއްގައެވެ.

Advertisement - newsAdvertisement

އޯލްޑް އިޒް ގޯލްޑްގެ ފަރާތުން އެ ބޭންޑުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ، މަރިޔަމް ސުހާނާ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާއިރު، ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދުއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ އޯލްޑް އިޒް ގޯލްޑްއާއިއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ރަމަޟާން މަހު ގެނެސްދޭ މިއުޒިކް ޝޯގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިންގެ ލަވަތައް ފެނިގެންދާނެކަމަށެވެ. އޭގެ ތެރޭގައި މަހްމޫދާ ޝަކީބު، ފާތުމަތު ރައޫފް، އަބްދުއްރައޫފް ފަދަ ބޭފުޅުން ހިމެނެއެވެ. އަދި މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިންގެ ލަވަތައްވެސް މި ޝޯގައި ފެނިގެންދާނެކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިޝޯގެ ލަވަތައް ހުށަހަޅާނީ ލައިވްކޮށް ކަމަށެވެ. އަދި މީގެ ހަތަރު ޝޯ ރަމަޟާންމަހުގެ ތެރޭގައި ގެނެސްދެވޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.

އޯލްޑް އިޒް ގޯލްޑް ކުރީގެ އޮލިމްޕިއަންސް ބޭންޑްގެ ލަވަލިޔުންތެރިންގެ ބޭންޑެކެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން އޯލްޑް އިޒް ގޯލްޑްގެ މުއައްސިސް، އަބްދުﷲ ރާމިޒް ވަނީ މިޝޯގައި ވަރަށް ގިނަ ލަވަކިޔުންތެރި ފެންނާނެ ކަމަށާއި ޝޯގައި ގެނެސްދެވޭނެ ލަވަތަކަކީ ކަމުދާނެ ލަވަތަކެއްކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ހަބޭސް ބޮޑުބެރު ގުރޫޕާއިއެކު، ރަމަޟާންމަހުގެ ތެރޭގައި ބޮޑުބެރު ލަވައިގެ ހަތަރު ޝޯ ގެނެސްދިނުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހަބޭސްގެ މުއައްސިސް އަލީ ޝިފާއު (އައްޔަ)، އަދި ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދުއެވެ.

ކުރީގެ މަޝްހޫރު ލަވަތައް ޒަމާނީ ބޮޑުބެރަށް ބަދަލުކޮށްގެން ގެނެސްދޭ މިޝޯގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދޮހޮއްކޮބޭގެ ލަވަތައް ޒަމާނީ ބޮޑުބެރު ލަވަތަކުގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭނެކަމަށް ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވިއެވެ. އެގޮތުން ދޮހޮއްކޮބޭގެ މަޝްހޫރުލަވަތައް ކަމަށްވާ ނަނާ ހުވަފެން ދުށީމޭ، ހުސްނުބާނޫ، ހިތުގެ ގަދަރެއް ނުވާ ލޯތްބަކީ، ނިންދަވާށޭ ތި ލޯބީގެ ދާނުގައި، މަލާތިޔަ މަލުގެ ޝަރަފުގައޭ، ފަދަ ލަވަތައް ހިމެނޭނެކަމަށް އާމިރު ފާހަގަކުރެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަދައްކަވަމުން އައްޔަ ވަނީ ހަބޭސްގެ މި ޕްރޮގްރާމްވެގެންދާނީ މި ރަމަޟާން މަހު ރާއްޖެޓީވީން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ޕްރޮގްރާމްކަމަށް ފާހަގަކޮށްފައެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ވަނީ މި ޕްރޮގްރާމަކީ މި ރަމަޟާން މަހު ގެނެސްދެވޭ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ތަފާތުއެއް ޕްރޮގްރާމްކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ރާއްޖެޓީވީން ދަނީ ތަފާތު ގިނަ ޕްރޮގްރާމްތައް ތައްޔާރުކުރަމުންނެވެ. އޭގެތެރޭގައި މުނިފޫހިފިލުމުގެ ތަފާތު ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތައް ހިމެނެއެވެ.

ރާއްޖެޓީވީރާއްޖެޓީވީ ޕްރޮގްރާމްސްރަަމަޟާން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު