Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުންގެ ދައުރުފުޅާކުރުމަށް ކުރެވޭ މަސައްކަތްތ

ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މިދަނީ މަސައްކަތްކުރަމުން: މިނިސްޓަރ

8 މާރިޗު 2021 | ހޯމަ 13:02

މިސަރުކާރުން ދަނީ ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މާރިޗު 2021 | ހޯމަ 13:02
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ

ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ޖެންޑާރ މިނިސްޓަރ ވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ވާހަކަދައްކަވާފައެވެ. އެގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ މަސްރަހަށް ބަލާއިރު ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިކަމަކީ ރާއްޖެ ފަދަ ކުދި އަދި ޖަޒީރާ ގައުމުތަކުން ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއީ އަންހެނުންނާއި އަންހެން ކުދިންނަށް ތިމާވެށީގެ ސަބަބުން ކުރިމަތިވާ ކަންތައްތައް ތަފާތުވެފައި އެ މީހުންގެ ތަޖުރިބާ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްކުރާއިރު ބޭނުން ހިފުމުން ތިމާވެށި ހިމާޔަތްކުރުމުގަޔާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ މަސައްކަތުގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަން ދިރާސާތަކުން ދައްކާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ މުހިންމުކަން އެނގި މިސަރުކާރުން ދަނީ ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވެ، ތަޖުރިބާތައް ހިއްސާކޮށް އެފަދަ މަޝްވަރާތަކުގެ އަލީގައި ރާއްޖޭގައި ކުރެވޭނެ ކަންކަން ދިރާސާކުރަމުން ކަމަށެވެ. އެގޮތުން މިހިނގާ މަރޗް މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ބާއްވާ "ކޮމިޝަން އޮން ދަ ސްޓޭޓްސް އޮފް ވިމެން"ގެ 65 ވަނަ ސެޝަންގައި ހައި ލެވެލް ސައިޑް އިވެންޓު މޭކިންގ ކުލައިމެޓް ފައިނޭންސް ވޯރކް ފޯ ވިމެން އެންޑް ގާލްސް، އިނގިރޭސިވިލާތާއި ރާއްޖެ ގުޅިގެން ކޯހޯސްޓްކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސައިޑް އިވެންޓްގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއަންހެނުންގެ ދުވަސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް