Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުން ހަރުދަނާކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް

ގަރާރު ދިރާސާކުރުމަށް ފޮނުވާފައިވަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 10:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށްޓަކައި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ރާއްޖޭގައި ތަންފީޒުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ގޮވާލާ ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު ބަލައިގަތުމަށް ފާސްވެފައިވަނީ ގަރާރު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.

މިގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފެވެ.

ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީ" ގައި ސޮއިކޮށްފައިވާ ގައުމެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ތަންފީޒުކުރަން ފަށާފައިވާ ގައުމެއްކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މާލީ އެހީތެރިކަން ލިބޭ ނުކުޅެދުންތެރިކަން ހުރި 9500 މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުން ރައްކާތެރިކުރަންޖެހޭ ހައްގުތަކާއި ދައުލަތުން އަދާކުރަންޖެހޭ ޒިންމާތަކަކީ ދިވެހި އެތައް އާއިލާއެއް ބަރޯސާވަމުންދާ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން މި ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން އެންމެ އެދެވޭގޮތުގައި ކުރެވިފައި ނެތުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ނުކުރެވުމާއި އެފަދަ މީހުންގެ އާއިލާތަކުން ބަރުދާސްތުކުރަންޖެހޭ ދަތިތަކާއި ވޭންތަކާއި ގޮންޖެހުންތަކާއި ޚިޔާލަށް ވެސް ނުގެނެވޭފަދަ އެތައް ކަމަކުން އެމީހުންގެ ހައްގުތައް ގެއްލިގެން ދިޔުމާއި ނިގުޅައިގަތުން މުޖުތަމައުގައި އިތުރަށް ހަވާސާވަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ސިއްހީ އެހީތެރިކަން ލިބޭނެ ޚާއްސަ ނިޒާމެއް ނެތުމާއި މުޖުތަމައު ބައިވެރިވާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނެތުމާއި އެފަދަ މީހުންނަށް މުޖުތަމައުގައި ބައިވެރިވެގެން އުޅެވޭނެ ނިޒާމެއް ނެތުމާއި ނުކުޅެދުންތެރިކަން ހުންނަކަން އެންމެ ޅަފަތުގައި ދެނެނުގަނެވުމާއި އެކަން އެނގޭ ހިސާބުން އެފަދަ ކުދިންނަށާއި އާއިލާތަކަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ދެވޭނެ ނިޒާމެއް އެފަދަ ކުދީންނަށް މަދަރުސީ ތައުލީމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާބެހޭ ތައުލީމާއި ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ޤާނޫނުން ލާޒިމުކުރާ ކަންކަން އެންމެ އެދެވޭގޮތުގައި ފޯރުކޮށްދެވެމުންނުދާ ކަމަށެވެ.

މިގަރާރަށް ބަހުސްކުރައްވަމުން ހުރިހާ މެމްބަރުން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ޚިދުމަތްތައް ދޭންޖެހޭކަމަށް ވިދާޅުވެ ގަރާރަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު