Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ކުށް މަދުކުރުން

ރާއްޖޭގައި ކުށް މަދުކޮށް، ޖިނާޢީ އަދުލުގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން ޔޫއެންއޯޑީސީއާއެކު މަޝްވަރާކޮށްފި

8 މާރިޗު 2021 | ހޯމަ 12:38

ރާއްޖޭގެ ވަފުދުން ވަނީ ޖަޕާނުގެ ޖަސްޓިސް މިނިސްޓަރާއި، ސިންގަޕޫރުގެ މިނިސްޓަރ އޮފް މެއިން ޕަވަރ އެންޑް ސެކަންޑް މިނިސްޓަރ ފޯރ ހޯމް އެފެއާޒްސްއާވެސް ވަނީ ބައްދަލުކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 މާރިޗު 2021 | ހޯމަ 12:38
މިނިސްޓަރ އޮފް ހޯމް އެފެއާޒްއާއި ޔޫއެންއޯޑީސީގެ އެކްޒެކެޓިވް ޑިރެކްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިނިސްޓަރ އޮފް ހޯމް އެފެއާޒްއާއި ޔޫއެންއޯޑީސީގެ އެކްޒެކެޓިވް ޑިރެކްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި ކުށް މަދުކޮށް، ޖިނާޢީ އަދުލުގެ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ޔޫއެންއޯޑީސީއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކުރައްވާފައިވަނީ، މިނިސްޓަރ އޮފް ހޯމް އެފެއަޒް ޝެއިޚް އިމްރާން އަބްދުﷲ އިސްވެ ހުންނަވާ 14 ވަނަ ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގެ ހަވާސާގައި ޔޫއެންއޯޑީސީގެ އެކްޒެކެޓިވް ޑިރެކްޓަރ ގަދަ ފަތި ވަލީއާކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ކުށް މަދު މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި މިކަމުގައި ޔޫއެންއޯޑީސީން ފޯރުކޮށްދެވިދާނެ އެހީތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި ކްރިމިނަލް ޖަސްޓިސް ނުވަތަ ޖިނާޢީ އަދުލުގެ ކަންކަން ހަރުދަނާކުރުމަށް ޔޫއެންއޯޑީސީ ފޯރުކޮށްދެވިދާނެ އެހީތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވަނީ ޔޫއެންއޯޑީސީން މިހާތަނަށް ފޯރުކޮށްދިން އެހީއަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ހޯމް މިނިސްޓްރީއާއި ޔޫއެންއޯޑީސީ ގުޅިގެން ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް އިންތިޒާމުތައް ހަރުދަނާކުރުމާއި، މެރިޓައިމް ސެކިއުރިޓީ އަދި ޓެރަރިޒަމްއާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.

14 ވަނަ ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގެ ހަވާސާގައި ޔޫއެންއޯޑީސީގެ އެކްޒެކެޓިވް ޑިރެކްޓަރގެ އިތުރުން ރާއްޖޭގެ ވަފުދުން ވަނީ، ޖަޕާނުގެ ޖަސްޓިސް މިނިސްޓަރ ޔޯކޯ ކަމި ކަވާއާއި، ސިންގަޕޫރުގެ މިނިސްޓަރ އޮފް މެއިން ޕަވަރ އެންޑް ސެކަންޑް މިނިސްޓަރ ފޯރ ހޯމް އެފެއާޒްސް ޖޯސެފީން ޓިއޯއާއި ބައްދަލުކުރައްވާފައެވެ.

14 ވަނަ ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގައި ބައިވެރިވުމަށް ޖަޕާނުގެ ކްޔޯޓޯއަށް ރާއްޖޭގެ ވަފުދު ފުރާފައިވަނީ 5 މާރޗް ވީ ހުކުރު ދުވަހުއެވެ. މި ވަފުދުގައި މިނިސްޓަރ އޮފް ހޯމް އެފެއަޒް ޝެއިޚް އިމްރާން އަބްދުﷲ އިސްވެ ހުންނެވިއިރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަމުގައިވާ އަލީ ނަޒީރުގެ އިތުރުން މުހައްމަދު މާހިރު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ.

14 ވަނަ ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގައި މެމްބަރު ހުރިހާ ޤައުމަކުން ޑިކްލެރޭޝަން އޮން ކްރައިމް ޕްރިވެންޝަންއަށް އަމަލުކުރުމަށް އެއްބަސްވެފައެވެ. ކުށް މަދު އަމާން މާޙައުލެއް ކޮންމެ ޤައުމެއްގައިވެސް ޤާއިމުކުރުމަށް ކްރައިމް ކޮންގްރެސުން އެކުލަވާލި ކްޔޯޓޯ ޑިކްލެރޭޝަން ނުވަތަ ޑިކްލެރޭޝަން އޮން ކްރައިމް ޕްރިވެންޝަންއަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2024

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

23 މާރިޗު 2024
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"
20 ޑިސެމްބަރު 2023

ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

20 ޑިސެމްބަރު 2023
ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު
21 މެއި 2023

ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ

21 މެއި 2023
ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ
15 މާރިޗު 2023

"ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން، ކުށް ކުރަނީ ގިނަ ބަޔަކު ހިމެނޭހެން"

15 މާރިޗު 2023
"ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން، ކުށް ކުރަނީ ގިނަ ބަޔަކު ހިމެނޭހެން"
23 ފެބުރުއަރީ 2023

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ

23 ފެބުރުއަރީ 2023
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ
19 ޑިސެމްބަރު 2022

ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ

19 ޑިސެމްބަރު 2022
ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ
05 ޑިސެމްބަރު 2022

އެމްއެމްސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

05 ޑިސެމްބަރު 2022
އެމްއެމްސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި
20 ނޮވެމްބަރު 2022

ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ އެބަފެނޭ – ނަޒީރު

20 ނޮވެމްބަރު 2022
ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ އެބަފެނޭ – ނަޒީރު
05 އޮކްޓޯބަރު 2022

ނޭކުރެންދޫ ޖަލަށް ލިބުނު ބަޖެޓުން ނިމޭނީ ޖަލުގެ ވަށާފާރާއި ކޮންސެޕްޓު އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް – އިމްރާން

05 އޮކްޓޯބަރު 2022
ނޭކުރެންދޫ ޖަލަށް ލިބުނު ބަޖެޓުން ނިމޭނީ ޖަލުގެ ވަށާފާރާއި ކޮންސެޕްޓު އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް – އިމްރާން
31 އޯގަސްޓު 2022

ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ 2 ދިރާސާއެއް ލޯންޗުކޮށްފި

31 އޯގަސްޓު 2022
ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ 2 ދިރާސާއެއް ލޯންޗުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް