Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޭކުރެންދޫ ޖަލު

ނޭކުރެންދޫ ޖަލަށް ލިބުނު ބަޖެޓުން ނިމޭނީ ޖަލުގެ ވަށާފާރާއި ކޮންސެޕްޓު އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް – އިމްރާން

މިއަހަރަށް ލިބިފައިވަނި 10 މިލިއަން ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2022 | ބުދަ 08:28
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

ބަޖެޓް ލިބިފައިވާގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް، ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލުގެ ނިންމާލެވޭނީ ވަށާފާރާއި ކޮންސެޕްޓު އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖަލުގެ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. ލިޔުމުން މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ މި ޕްރޮޖެކްޓުގެ މަސައްކަތް ލަސްވެ، ދިގުލައިގެން ދިއުމަށް މައިގަނޑު ގޮތެއްގައި މެދުވެރިވީ ކޮވިޑާއި ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު، ޕްރޮޖެކްޓްތަކުގެ ބަޖެޓު ކުޑަކުރުމުން ކަމަށެވެ. މިގޮތުން، މި ޕްރޮޖެކްޓަށް މިއަހަރަށް ލިބިފައިވަނީ 10 މިލިއަން ރުފިޔާ ކަމަށާއި، އަދި އަންނަ އަހަރަށް ވެސް ހަމަޖައްސައިދެއްވާފައި ވަނީ ވެސް 10 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް އުއްމީދުކޮށް އެޓާގެޓު ހާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މި ފައިސާއިން 2023 ވަނަ އހަރުގެ ނިޔަލަށް، ނިންމާލެވޭނެ ކަމަށް އެސްޓިމޭޓްކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި، ތަފްސީލީ ކުރެހުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް، ގައިދީން ޖަލުގައި ހޭދަކުރާ މުއްދަތުގައި އެފަރާތްތަކަށް ބޭނުންވާ އެކިކަހަލަ ހުނަރުތައް ދަސްކޮށްދީ، ރިހިބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި އެފަރާތްތައް މުޖްތަމައުއަށް ނެރުމަށްޓަކައި ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މަޝްރޫއެއްކަމުގައިވާތީ، މިދައުރުގެ ތެރޭގައި މި މަސައްކަތް ނިންމާނުލެވުނު ކަމުގައިވީނަމަވެސް، ކުރިއަށް އޮތް ދައުރުގައިވެސް މި މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންގޮސް ނިންމާނެކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

އަދި އެނގިހުރެ މި މަޝްރޫއާ ގުޅޭގޮތުން އެއްވެސް ދޮގެއް ހަދާފައިނުވާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އަދި މަކުނުދޫ ދާއިރާގެ ރައްޔިތުންނަށް އަރުވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވަނީ ހދ. ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް އެޅުމުގެ މަސައްކަތަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތު ކަމުގައިވާ ޖަލުގެ ހާލަތު ރަނގަޅުކޮށް ތޮއްޖެހުން ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

މިނިސްޓަރު ވިދާޅުވީ ނޭކުރެންދޫ ޖަލު އެޅުމަށް 2020 ގައި ލިބުނު ބަޖެޓަކީ 17 މިލިއަން 4 ލައްކަ ރުފިޔާ ކަމަށެވެ. ކޮވިޑާއެކު އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއެކު، މިނިސްޓްރީ އޮފް ފިނޭންސްނުން މި ބަޖެޓުގެ ބޮޑުބައެއް ކަނޑާލުން ބާކީ ލިބުނީ އެންމެ ދޮޅުކައްލަ ރުފިޔާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ފައިސާއިން ޖަލު ސަރަހައްދުގެ ރުއްގަހަށް ބަދަލު ދިނުމަށް މަސައްކަތް ކުރެވުނު ނަމަވެސް ޖަލު ސަރަހައްދުގެ ބަދަލު ދިނުމަށް ތިންލައްކަ އެކާވީސް ހާސް ހަސަތޭކަ ސާޅީން ތިން ރުފިޔާ އަށްޑިހަ ތިންލާރި ހަރަދުވާތީ މި ފައިސާއިން މިކަންވެސް ނުކުރެވި 2021 ވަނަ އަހަރުގެ ބަޖެޓުން މިކަން ކުރާ ގޮތަށް ނިންމި ކަމަށެވެ.  މިގޮތުން ރުއްގަހަށް ބަދަލުދިނީ 2021 ވަނަ އަހަރުގެ ބަޖެޓުން ކަމަށާއި، ނޭކުރެންދޫ ޖަލު އެޅުމަށް 2021 ގައި ވެސް ލިބުނީ 17 މިލިއަން 4 ލައްކަ ރުފިޔާ ކަމަށެވެ.

ނޭކުރެންދޫމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)މިނިސްޓްރީ އޮފް ހޯމް އެފެއަރޒްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު