Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުރުއާންގެ އާޔަތްތައް ނޭނގިތިބެ ނުކިޔުމަށް އިލްތިމ

ގުރުއާނުގައިވާ ސޫރަތެއްގެ ނަން މޮސްޓާއަށް އޮޅިއްޖެ، ބޭނުންގޮތަކަށް ގުރުއާން ބޭނުންނުކުރުމަށް ނަޝީދުގެ އިލްތިމާސް

ގުރުއާނުގެ އާޔަތްތައް ނުކިޔުމަށް އިލްތިމާސްކުރައްވަނީ ގޯސްކޮށް ކިޔުއްވާތީކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 10:45
ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކީރިތި ގުރުއާނުގައިވާ ސޫރަތެއްގެ ނަން ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ އަށް އޮޅިވަޑައިގަތުމުން ގުރުއާން ބޭނުންގޮތަކަށް ބޭނުންނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މުޚާތަބުކުރައްވައި އިއްޒަތްތެރި ރައީސް ވިދާޅުނުވުމުން މެމްބަރަކު ނިޒާމީ މައްސަލަ ނަންގަވައި އެކަން ވަނީ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައެވެ. އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފުކަމެއްކަމަށް ވިދާޅުވެ ރިޔާސަތުން އެކަން އިސްލާހުކުރަން ޖެހޭކަމަށް މެމްބަރު ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ރައީސާ މުޚާތަބުކުރައްވާއިރު މެމްބަރުން އިއްޒަތްތެރި ރައީސް ބޭނުންކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިއާއެކު ނޮޅިވަރަމް ދާއިރާގެ މެމްބަރ ނަޝީދު ވަނީ ގުރުއާނުގެ އާޔަތެއްގެ މާނަ ވިދާޅުވެފައެވެ.

މިއާއެކު ރައީސް ނަޝީދު ވަނީ ނަޝީދުގެ ވާހަކަފުޅު ހުއްޓުވައި ގުރުއާނުގެ އާޔަތްތައް ބޭނުންނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެގޮތަށް އިލްތިމާސްކުރައްވަނީ ގޯސްކޮށް ކިޔުއްވާތީކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދެއްކެވުމުން ނަޝީދު ވަނީ ގުރުއާނުގެ އަޑު ޖެހުނީމާ ޝައިޠާނާއަށް ވަރަށް ބޮޑަށް އުނދަގޫވާނެކަމަށް ވިދާޅުވެފައެވެ.

"އަޑުއަހަންވެސް އުނދަގޫވާނެ. ގުރުއާނުގެ ވާހަކަ ދެއްކީމާ ބޮލަށް އެނބުރުން އަރާގޮތް ޝައިޠާނާއަށް ވާނެ، އެހެންވީމާ އެކަން ހަޖަމުނުވެގެން ތިއުޅެނީ. އެހެންވީމާ އަދިވެސް އެއްފަހަރު މަޖިލީހުގެ ރައީސަށް". މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މެމްބަރު މި މޭރުމުން ވާހަކަދެއްކެވުމުން މެމްބަރަކު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ބޭއަދަބީކޮށް ވާހަކަދައްކަނީ ކަމަށް ވިދާޅުވެފައެވެ.

އަނެއްކާވެސް މެމްބަރު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން ނަޝީދު ވަނީ އަނެއްކާވެސް އާޔަތް ގޫގުލްކޮށްގެން ބަލައިލެވޭނެ ކަމަށް ވިދާޅުވެ ސޫރަތުގެ ނަން ދެވަނަ ފަހަރަށް ވެސް ގޯސްކޮށް ވިދާޅުވެފައެވެ.

މިއާއެކު އަނެއްކާވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، މެމްބަރު ނަޝީދުގެ ވާހަކަފުޅު ހުއްޓުވާލައްވައި ދައްކަވާ ވާހަކަ ރަނގަޅުކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު މެމްބަރު ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވުމުން ނަޝީދު ވަނީ އެއާޔަތް މަޖިލީހުގައި ޖެއްސެވުމަށް މަސައްކަތްކުރައްވާފައެވެ. ނަމަވެސް އެކަން ނުކުރެއްވި އުޅެނިކޮށް މެމްބަރަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ ސަބަބުން އިށީންދެ ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ.

އެއަށްފަހު އެދަންފަޅިއަށް މަޖިލިސް މެދުކަނޑާލައްވާކަން ހާމަކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މެމްބަރު ގޯސްކޮށް ކިޔުއްވި ސޫރަތް ރަނގަޅުކޮށްދެއްވާފައެވެ. އެގޮތުން އެސޫރަތަށް ކިޔަނީ މުނާފިގް ސޫރަތް ނޫންކަމަށާއި މުނާފިގޫން ސޫރަތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މީގެކުރިން ވެސް މަޖިލީހުގައި ގުރުއާނުގެ އާޔަތްތައް ނުކިޔުމަށް އެދިވަޑައިގަންނަވާފައެވެ. އެކަމާ ގުޅޭގޮތުން މިދިޔަ އަހަރުގެ ޖަލްސާތައް ނިންމާލުމަށްފަހު ބޭއްވި "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ވިދާޅުވާން ފުރުސަތު ނުދެނީ، ގުރުއާނުގެ އާޔަތްތައް ސިޔާސީ ހަތިޔާރަކަށް ހެދުމުގެ ފުރުސަތު އެއްވެސް ގޮތަކުން ދޭން ބޭނުންފުޅު ނުވާތީކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު