Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހަށް ހުށަހެޅި މައްސަލަ

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ މައްސަލައެއް ހުށަހަޅައިފި

އާއިލާގާތަށް ދެވޭނެ އެއްވެސް ފުރުސަތެއް ނެތި ގިނަ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މާރިޗު 2021 | ހޯމަ 08:57
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީ އާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރ ހުސައިން މުހައްމަދު ލަތީފުއެވެ. މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި އެތައް މަހެއް ފާއިތުވަމުންދާތީ އެ މުވައްޒަފުންނާއި އާއިލާތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާތީ އާއި ބައެއް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތްކުރަން ޖެހުނު ކަމުގައިވިޔަސް އާއިލާގާތަށް ދެވޭނެ އެއްވެސް ފުރުސަތެއް ނެތި ގިނަ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސްވެފައިވާކަމަށެވެ. އަދި އާއިލާ ގާތަށް ދިޔަ މުވައްޒަފުން އެނބުރި ރިސޯޓުގެ މަސައްކަތަށް ނުނިކުމެވި އާމްދަނީއެއް ނެތި ތިބޭތާ އެތައް މަހެއްވެފައިވާކަމަށް ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާން އާބާދީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ އާއިލާގާތަށް ދާންޖެހޭނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހުން ކަމަށާއި ބައެއް ރިސޯޓްތަކުން ކަރަންޓީނު މުއްދަތު ނޯޕޭގެ ގޮތުގައި ގުނަމުންދާ މައްސަލަ ކުރިމަތިވެފައިވާކަމަށް ހުސައިން މުހައްމަދު ލަތީފު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

މީގެއިތުރުން ކޮންމެ ހަފްތާއަކުވެސް އޮފް ނަގަން މަޖުބޫރުވެފައިވާއިރު އޮފްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތުމާއި، ބައެއް ރަށްރަށުގައި ކަރަންޓީނުވާނެ ތަނެއް ނެތުމާއި ނުވަތަ ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީނު ވާންޖެހުމާއި މުވައްޒަފުން ޑޮކްޓަރަށް ދައްކަން ދާންވެސް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ފަދަ ގޮތަކަށް ކަންކަން ތަރުތީބުކުރެވިފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

މުވައްޒަފުންނާމެދު އެކި ރިސޯޓްތަކުން އެކި ގޮތަށް އަމަލުކުރުމާއި ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ މިފަދަ ފިޔަވަޅުތަކާ ގުޅިގެން ދިމާވާ ދަތިތަކާ ގުޅޭގޮތުން ރިސޯޓްތަކުގެ މެނޭޖްމަންޓާއި އެޗްޕީއޭއާއި ޓޫރިޒަމް މިނިސްޓްރީއަށް އެތައް ފަހަރެއްގެ މަތިން ޝަކުވާ ހުށަހެޅި މިކަންކަމަށް ހައްލެއް ނުލިބުމުގެ ސަބަބުން އެ މުވައްޒަފުން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށް ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ.

އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ފަހިވާގޮތަށް ސަރުކާރުން މިފަދަ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި އެތައް ހާސް މުވައްޒަފުންގެ ހައްގުތައް ގެއްލިގެން ދިޔުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މައްސަލަ ހުށަހަޅުއްވަމުން ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ.

އެހެންކަމުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ކަމާބެހޭ އިދާރާތަކުން މިކަންކަން ފުރިހަމައަށް ބަލާ މޮނިޓަރކޮށް އެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މިމައްސަލަ ހުށަހަޅުއްވާކަމަށް މެމްބަރ ވިދާޅުވިއެވެ.

މިމައްސަލަ ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން ވަނީ މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 5 މެމްބަރުން ތިއްބެވިއެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު