Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން

ކުޅިވަރާ ބެހޭ ވުޒާރާއިން މުޅި މާލެ ސަރަޙައްދު ބަދަލުކޮށްލައިފި

އެންމެ ގިނަ މަޝްރޫޢުތަކެއް މިހާތަނަށް ހިންގާފައިވަނީވެސް ކުޅިވަރުގެ ދާއިރާއަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 04:24
މި ސަރުކާރުން ތަރައްޤީކުރި މާލޭ އެކުވެނި ސިންތެޓިކް ޓްރެކް

މި ސަރުކާރުން ތަރައްޤީކުރި މާލޭ އެކުވެނި ސިންތެޓިކް ޓްރެކް

މާލެ ސަރަޙައްދުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ކެމްޕޭން ބައްދަލުވުން "ރަށްވެހިފަތިސް" ގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ މާލެ ސަރަޙައްދުގައި 39 މަޝްރޫޢެއްގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި މި މަސައްކަތްތަކަކީ އެތައް މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫޢުތަކަކަށްވާއިރު، މިއީ މާލެ ސަރަޙައްދަށް ދުވަހަކުވެސް ކުޅިވަރުގެ ދާއިރާއިން އައިސްފައިވާ ކުރިއެރުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށާއި، އެކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރަމުންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއަށްގެންދަން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ ސްވިމިންގ ޕޫލުގެ ކުރެހުން ފައިނަލް ސްޓޭޖުގައި ވާއިރު، އެ ކުރެހުން އެޕްރޫވް ކުރުމަށްޓަކައި މިހާރު ޕްލޭނންގް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި، އެއަށްފަހު ސިޓީ ކައުންސިލުން ހުއްދަ ލިބުމާއެކު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ބޮޑު ކާމިޔާބެއް ހޯދައިދީފައިވާ ޓޭބަލް ޓެނިހަށް ދިމާވެފައިވާ ވަސީލަތުގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޤައުމީ ޓީޓީ ސެންޓަރު މިހާރު ކުރަހާ ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެތަނުގެ މަސައްކަތް ފެށުމަށް ބިން ސާފުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުޓްސަލްގެ ގިނަ މުބާރާތްތަކެއް މާލެ ސަރަޙައްދުގައި އަބަދުވެސް ކުޅެމުންދާއިރު، މިހާތަނަށް ދެ ފުޓްސަލް ދަނޑު ނިންމާފައިވާ ކަމަށާއި، އިތުރު ދަނޑެއްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ހޭންޑްބޯޅަ އާއި ނެޓްބޯޅަ ކޯޓުތަކުގެ މަސައްކަތް ބާރު ސްޕީޑގައި ކުރިއަށްދާއިރު، ބައިނަލްއަގުވާމީ ވޮލީބޯޅަ ސެންޓަރު ކުރަހާ ނިމި، އަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޤައުމީ ބާސްކެޓްބޯޅަ ކޯޓު ކުރެހުމުގެ ފައިނަލްް ސްޓޭޖުގައި ވާއިރު، ޤައުމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، އަދި ފީފާ ފެންވަރުގެ އިތުރު ދެ ދަނޑު ޖުލައި މަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނަ ބެޑްމިންޓަން ކޯޓުތައް 30 އަހަރަށްފަހު މަރާމާތު ކުރެވިފައިވާއިރު، ހުޅުމާލޭގައި 10 ކޯޓުގެ އިތުރު ފެސިލިޓީއެއް ތަރައްޤީކުރުމަށް ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމަށާއި، އެކަމަށް ބަޖެޓުވެސް ކަނޑައެޅިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ނެޝަނަލް ސާފިންގ ސްޓޭޑިއަމުގެ ގޮތުގައި ރާޅުގަނޑު ސަރަޙައްދު ކަނޑައެޅުމަށް މިހާރު މަޝްވަރާތައް ފަށާފައިވާއިރު، އެ ސަރަޙައްދު އަމިއްލަ ފަރާތަކާ ހަވާލުކޮށް ތަރައްޤީ ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމީ ޓީމުތަކުގެ ޖިމުގެ މަސައްކަތް ކުރަމުންދާއިރު، ވަރަށް އަވަހަށް ޖިމް ބޭނުންކުރުމުގެ ފުރުސަތު އެތުލީޓުންނަށް ލިބިގެންދާނެ ކަމަށާއި، އެތައް އަހަރުތަކެއް ވެފައިވާ މާލޭ ފަތާ ޓްރެކަށް ބޮޑު ބަދަލެއް މި ސަރުކާރުން ގެނެސްފައިވާއިރު، އެ ތަނުގެ ހުރިހާ މަސައްކަތް ނިމި، މި ހިނގާ މާޗު މަހުގެ 14 ވަނަ ދުވަހު މުޅި މަސައްކަތް ނިމިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރު ކުޅުންތެރިންނަށް ދިމާވެފައި އެންމެ ބޮޑު އެއް ދަތި ކަމަށްވާ އައިސް ބާތުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ބޮޑެތި މުބާރާތްތައް ބޭއްވޭނެ ބިލްއާޑް ހައުސްއެއް ނިމިފައިވާ ކަމަށާއި، އެހެންކަމުން މި ހުރިހާ ކަމަކާއެކު ކުޅިވަރުގެ 39 މަޝްރޫޢެއް މާލޭ ސަރަޙައްދުގައި ކުރިއަށްދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނައިރު، މީގެ ކުރިން ނިންމި މަސައްކަތްތަކުގެ ތެރޭގައި އެކުވެނި ދުވާ ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނައިރު، އެންމެ ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުގައި މިހާތަނަށް ހިންގާފައިވަނީވެސް ކުޅިވަރުގެ ދާއިރާއަށެވެ. އަދި މި އަހަރުގެ ތެރޭގައިވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރަމުން އަންނައިރު، އެކަން ކުރާނީ ވަކި ޕާޓީއަކަށް ނިސްބަތްވާ ދާއިރާއަކަށް ބަލައިގެން ނޫން ކަމަށާއި، އަދި ކުޅިވަރަށް ސިޔާސީކަންކަން ވައްދައިގެން މަސައްކަތް ނުކުރާ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިހާރު ރޭވިފައިވާ މަޝްރޫޢުތައް ނިމިގެންދާއިރު، ތާރީޚުގައިވެސް ނުލިބޭ ވަރުގެ ބޮޑު އިންޤިލާބެއް ކުޅިވަރަށް އަންނާނެ ކަމަށް ރައީސް ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު