Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީގެ މޮޅުވުމުގެ ރިކޯޑަށް ނިމުން އައިރު، ލިވަޕޫލް އަނެއްކާވެސް ބަލިވެއްޖެ

ލިވަޕޫލް ބަލިވީ ފުލަމް އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މާރިޗު 2021 | އާދީއްތަ 19:44
ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ން

ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ، މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ރިކޯޑަށް ނިމުން އަތުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ސިޓީ އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕަ އަތުންނެވެ. އަދި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ވެސްޓް ބްރޮމާ އެއްވަރުވި ފަހުން، ހުރިހާ މުބާރާތެއްގައި ކުޅުނު 21 މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ 15 މެޗުވެސް ހިމެނެއެވެ.

ސިތީގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ އެންތަނީ މާޝިއަލަށް ސިޓީގެ ގަބްރިއެލް ޖީސޫސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ދިން ޕާހަކުން ލޫކް ޝޯ ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ޔުނައިޓެޑުން ލީގުގައި ރަށުން ބޭރުގައި ބަލިނުވެ 22 މެޗު ހަމަކުރިއިރު، އެ ޓީމުން ވަނީ ސިޓީގެ ލީޑު 11 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން އެއްވަނައިގައި އޮތް ސިޓީއަށް ކުޅުނު 28 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 28 މެޗުން 54 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވީ ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވިއިރު، މިއީ ލިވަޕޫލުގެ ތާރީޚުގައި ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަ މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ އަމިއްލަ ދަނޑުގައި ލީގުގައި މޮޅެއް ނުލިބި ލިވަޕޫލުން ނިންމާލި އަށްވަނަ މެޗެވެ.

ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން މި މެޗަށް ލިވަޕޫލް ނުކުތްއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާއެކު މި ހާފުގެ ފަހު މިނެޓުގައި މަރިއޯ ލެމީނާ ވަނީ ފުލަމަށް ލީޑު ނަގައިދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ބައެއް ބަދަލުތައް ގެނައިރު، މި ހާފުގެ ކުރީކޮޅު ލިވަޕޫލުގެ ޑިއޯގޯ ޔޮޓާ ފޮނުވާލި ނުރައްކަތެރި ހަމަލާއެއް، ފުލަމުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ލިވަޕޫލުގެ ސަޑިއޯ މާނޭ ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަތްވަނައިގައި 28 މެޗުން 43 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލް ބަލިކުރި ފުލަމް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 28 މެޗުން 26 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު